ގޭސް ހޮޅިއެއް ފަޅައިގެން ގޮސް ހ. ޕާކް ސައިޑްގޭގެ އިމާރާތަށް ގެއްލުންތަކެއްވެ ތިން މީހަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހ.ޕާކް ސައިޑްގޭގެ އިމާރާތެއް ގެއްލުންތަކެއް ލިބިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:18 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ފަޔަރ ފައިޓަރުންގެ ޓީމެއް ވަނީ ހާދިސާ ހިންގި ސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

ކާބޯތަކެތީގެ ވިޔަފާރިކުރާ ޝެލްބީންސްގެ ބޭކަރީއެއްގެ ގޮތުގައި ބޭނުންކުރާ މިތަނުގައި ހިނގި މިހާދިސާގައި އިމާރާތުގެ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯގައި ހުރި ބައެއް ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިގޮތުން އިމާރާތުގެ ދޮރުތަކުގައި ހުރި ބިއްލޫރިތައް ތަޅައިގެންގޮސް އެތެރޭގައި ހުރި ބައެއް މުދާތައް ވަނީ މަގުމައްޗަށް ބުރައިގެންގޮސްފައެވެ.

މިހާދިސާގައި ޒަހަމްވި ދިވެއްސަކާއި ދެ ބިދޭސީއަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާއިރު އިތުރު، ޒަހަމްވި ބިދޭސީއެއްގެ ހަށިގަނޑުގެ 30 އިންސައްތަ ވަނީ ފިހިފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިހާތަނަށް ބެލިބެލުމުން މިހާދިސާ ހިނގަން މެދުވެރިވީ ގޭސް ހޮޅިއެއް ފަޅައިގެން ގޮސްގެންކަމަށްވަނީ ބެލެވިފައެވެ.

މި ހާދިސާ ފުލުހުން މިހާރު ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. 3ނިރު

    އަންނި އެޅިތަނުން ހޮޅިއެއްތަ

  2. އޯއްޔޭއް

    ގޭސް ހޮޅިއެއް ފަޅައިގެން ގޮސް މާލެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ ނަމަ ތީ މަމެން ކަންބޮޑުވާ ކަމެކޭ. މާލޭގައި ސައި ހޮޓާ ބޭކަރީ ފަދަ ތަންތަން އެބަޖެހޭ ރެސިޑެންޝަލް އޭރިޔާ އިން ދުރަށް ލާން. އެގޮތުން އެކަން ކުރުމަށް ޓަކައި މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑުއޮޅި އެބަޖެހޭ ހިއްކަން މަޖީދީމަގުން ފެށިގެން އުތުރަށް ގޮސް 2 ކިލޯ މީޓަރު ދިގު 2 ކިލޯ މީޓަރު ފުޅާ ތަނެއް ޗައިނާގެ ބޭންކް އަކުން ލޯނެއް ނަގައިގެން. އެއިރުން މާލޭގައި މިބާވަތުގެ ނުރައްކާތެރި ކަންކަން އެކުލެވޭ ކަންކަން އެތަނަށް ބަދަލު ކޮށްލެވޭނެ ނޫންތޭ. އޯއް ޔޭއް. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ..

  3. މެހިި

    ގޭސްފުޅިއެއް ނޫން. ޖިހާދަށް ދާން އުޅުނީމާ ޖިހާދަށް ނުދެވިގެން ރުޅިއައިސްގެން ގޮއްވާލީ.

  4. Anonymous

    ވަގުތުން ބަންދު ކުރޭ