އެއްމާބަނޑު ވުމަކުން ހުރިހާ ކަމެއްގައި ދެކޭގޮތް އެއްގޮތް ނުވެދާނެ ކަމަށާއި ނަމަވެސް ދައްތަ ދުންޔާ މައުމޫނާއި އޮތް ގުޅުން ވަރަށް ވަރުގަދަ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ ދުންޔާ އަށް އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ދުންޔާ އާއި ޔުމްނާ އުފަންވެ ވަޑައިގެންނެވީ 1970 ވަނަ އަހަރުގެ މާޗް 20 ވަނަ ދުވަހުއެވެ. އެހެންކަމުން ދެކަނބަލުން ވަނީ އިއްޔެ 51 ވަނަ އުފަން ދުވަސް ފާހަގަ ކުރައްވާފައެވެ.

ދުންޔާގެ ޓްވީޓްގައި ވަނީ އެދެބޭފުޅުން ތުއްޕުޅުއިރު އެއްކުލައެއްގެ ހެދުން ދެކަނބަލުން ތުރުކުރައްވަވާފައި މަންމަ، އެދެކަނބަލުން ބޭތިއްބެވި ހަނދާން އާވޭތޯ ސުވާލު ކުރައްވާފައެވެ. "އެއްމާބަނޑު މީހުންނަކީ ހުރިހާ ކަމެއްގައި ޚިޔާލު އެއްގޮތް މީހުން ކަމަށް ނުވެދާނެ. ނަމަވެސް ގުޅުން ވަރަށް ވަރުގަދަ. އުފާވެރި އުފަންދުވަހަކަށް އެދެން އަހަރެންގެ އެއްމާބަނޑު ދައްތަ ދުންޔާ." ޔުމްނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ޔާމީނާއި ރައީސް މައުމޫންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުނު ހިސާބުން ޔުމްނާ ވަނީ ރައީސް ޔާމީންގެ ފަޅި ދޫކޮށްލާފައެވެ. ރައީސް ޞާލިހް ވެރިކަމަށް ގެންނަން ވެސް އެންމެ ގިނަ މަސައްކަތްތައް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޔުމްނާ ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން ދުންޔާ އަށް ވަނީ ރައީސް ޞާލިހްގެ ވެރިކަމުގައި މިނިސްޓަރުކަން ލިބިވަޑައިގެންފައެވެ.

ދުންޔާ އާއި ޔުމްނާ އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވާ ހަމައެކަނި އެއްމާބަނޑު ދެބޭފުޅުންނެވެ. އެބޭފުޅުންގެ އިތުރުން އެއްމާބަނޑު ދެބޭފުޅަކަށް ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ސިޔާސީ މައިދާނުގައި މިހައި މައްޗަށް ވަޑައިގެންނެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢހު

    ދުންޔާ އަކީ ގައުމަށް ވަފާތްތެރި ތެދުވެރި ބޭފުޅެއް ފޮެިން މިނިސްޓަރަކަށް ހުންނެވި އިރު ކުޅަދާނަކަން ވަނީ ދައްކާފަ މިގައުމު ފަޚުރުވެރިވި ދަރިއެއް ލާދީނީންނާއި ބައިއަތު ނުހިއްޕަބާކަން އެއީ ފެންނަން ހުރި ޙަގީގަތެއް

    20
    1
  2. އެމަންޖެ

    އެކަކު ދިޔައީ ލާދީނިއްޔަތައް ވެރިކަން ހޯދައިދޭން މިވަރަކައް ދެބޭފުޅުން ތަފާތު ނުވާނީ.

    15
    1
  3. ކޮވިޑް

    ގެންލި ފަ ތިއްބަސް ތާއީދެއް ނެތަސް އިންތިހާބެއް ކަިރިވާއިރަށް މި މޫނު ތައް ފައުޅުވާނެ . އަޅެފަހެ މީ އަޖައިބެއްނު.

    16
  4. ނަބީހާ

    ޔުމްނާ ބޭނުންވަނީ ޢަބުރު ކަތިވިޔަސް މަޤާމެވެ. ތިމާގެނަން ހުތުރުކޮށް ތާރީޚުގައި ލިޔެވި އެފަތްފުށްތައް މުސްތަޤުބަލްގެދަރިން ކިޔާއިރު ވެރިކަންކުރި ޢިއްޒަތްތެރިއެއްގެ އަންހެންދަރިޔަކު ޖާހާ ޢިއްޒަތަށްޓަކައި ، އިސްލާމްދީނަށް މަލަމަތްކުރާ ޤަވްމަށް ޣައްދާރުވީބަޔަކަށް އެހީތެރިވެދިން ވާހަކަ ކިޔާނެއެވެ. މިކަން މިހެންވިޔަސް މިނިސްޓަރުކަން ދިފާޢުކުރަންވާނެއެވެ. އަނަސްއަށް ތާއިދުކުރާކަން ހާމަކުރުމަކީ ޔުމްނާއަށް މަޖުބޫރުކަމެކެވެ. ނޫންނަމަ މަޤާމް ގެއްލޭނެއެވެ. މައުމޫނުވެސް އެހުރީ ރަގަޅަށް ބަނެދެފައެވެ. ސަރުކާރާ ދެކޮޅަށް ކުޑަކޮށް ފުޅާކޮށްލިޔަސް ބޭރުކޮށްލާނެއެވެ. އެހާހިސާބުން ސިޔާސީ ކެރިއަރ ނިމުނީއެވެ. އެހެންވެ މައުމޫނުގެ މޮޓޯއަކީ ޤަވްމަކާ ޤަވްމެކެވެ. ދީނަކާ ދީނެކެވެ. މަށާ މަށެވެ.

    16
    1
  5. ސުވާލު

    ހިޔާލު އެއްގޮތް. ބުރުގާ ނާޅާ އައުރަނިވާ ނުކުރާ ފިކުރުގެ މީހުން.

    11
    4
  6. މުފައްކިރު.

    ރައީސް ޔާމީން އާއި މައުމޫނު އަކީ ދެބެއިން. ރައީސްގެ ހައިސިއްޔަތުން ގައުމަށް އެންމެ ރަގަނޅު ކަންކަން ކުރު މުއްދަތެއްގައި ކޮށް ދެވިފައިވަނީ. ރައީސް ޔާމީން އަށް. ޔާމީން މިއަދު އެހުންނެވީ ޖަލުގަ. ކުށް ހޯދުމުގަ ނިސްބަތްވާ ވެރިކަމުގެ ވަޒީރަކަށް ޔުމްނާ އިންނެވީ. ބައްޕާ ފުޅަކީ ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް. ވެރިކަމުން ލިބޭ އެއްޗެއްނެތް. އިންޑިއާ ކާރިކުރިވަރުން މިނިވަން ކަމަށް ބުރޫ އަރާ ހިސާބުގަ ހުރި ކަމަށް ދެކުން ތެރިން ވިސްނުން ތެރިން ބުނޭ. ގައުމު ހިންގަން ނޭގޭ. މަޖީދީ މަގުގެ ސިންގަޕޫރު ބާޒާރު ފެއިލް ވެއްޖެ. މިހެންގޮސް ކިތައްމެ ކަމެއް ބޮއްސުން ލައިފި. އަޚުވަންތަ ކަމުގެ ގުޅުން ދެމެހެއްޓުމަށް ވުރެ ގައުމަށް އިސްކަން ދިނުން މުހިއްމު ނޫންތޯ؟ ބައްޕާ ފުޅަށް ފިރުއައުނު ހާމާނު ، އަދި އަވަގުރާނަ ނަމުން ގޮވި މީހުން މިތުރަކަށް ހަދާގެން ތިބުމަށް ވުރެ ކުށެއްނެތް އަޚު ޖަލުން ނެރުން މުހިއްމު ނުވޭތޯ؟ ކާމިނީގެ ޢާއިލާ ގައުމަށް ޚިދުމަތް ކުރުމުގެ ސިލްސިލާ ނުނިންމާ ގައުމަށް ޚިދުމަތް ކުރުންމުހިއްމު ނޫންތޯ؟ މަޢާފު ކުރުމާ ދީލަތި ކަމާއެކު ކޮނޑާ ކޮނޑު ޖައްސާ ސަލާމް ކުރުމާއެކު ވާދަވެރި ހަސަދަވެރި ކަން ނިމުން މުހިއްމު ނުވޭތޯ؟

    16
    3
    • Anonymous

      ރައީސް ޔާމީން ޖަލަށްލާން ނުވަތަ ޖަލުގައި ބެހެއްޓުމަކީ އިލްޔާސް އިބްރާހީމް އާއި ނަސްރީނާ އިބުރާހިމް އަޑީގައި ތިބެގެން ލާދީނީ ބައިގަޑާއި ގުޅިގެން ކުރާކަމެއް، ނަސްރީނާ އިބުރާހިމް ކުރާކަމަކާ ދެކޮޅަށް އެއްވެސް އެއްޗެއް ރައީސް މައުމޫނަށް ވިދާޅުވާން ކެރިވަޑައި ނުގަންނަވާ ނެ.

  7. އައްޑޫ ކަލޯ

    2 ކުދިން ވެސް ވަރަށް ލޯ ބި