ފ. ނިލަންދޫގައި ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ނިލަންދޫގައި ހޯމް ކަަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ އެމީހާ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ހެދި ޓެސްޓްގެ ނަތީޖާ އިންނެވެ. އެމީހާ ބައްޔަށް ފައްސިވި ކަން އެނގުނީ އިއްޔެގައެވެ.

އެމީހާއާ ރަށުން ކޮންޓެކްޓްވެފައި ވަނީ އެންމެ މީހަކާ ކަމަށްވެއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 22،000 އަށް ވުރެ ގިނަ މީހުން ފައްސިވެ 66 މީހުން ވަނީ ނިޔާވެފައެވެ. އަދި ރާއްޖެ އިން މިހާތަނަށް ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ވެކްސިން ވަނީ ދީފައެވެ.

ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް އަދިވެސް ބަލި ފެތުރުން ކޮންޓްރޯލެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަކު ނުދޭ

    ކަރަންޓީންގަ ހު އްޓާ ކީ އްވެ ކޮންޓެކްޓް ވާންވީ. އުސޫލުތަ އް ހެދިފަ އިހުރީ އެއންމެންގެ ރަ އްކަލަކަށް. ކޮންޓެކްޓްވި މީހާ ޕޮޒިޓިވް ވީމާ ކޮމި އުނިޓީ ސްޕްރެޑް އަކަށް ދިޔައ އީ...

  2. ބުރަކިބެ

    ފ ނިލަންދޫއަށް ބޭސް ވެރިކަމެއްގަ ދިޔުމުން ރަށުން ބޭރުކުރީ ވައިރަސް ރަށައް އަރާފާނެތީ އޭ ކިޔާފަ އަހަރުމެން ރަށުގަ އެއްވެސް ވަރަކައް ތިޔަ ވައިރަސް ނެތަސް އަމަލުކުރީ އެހެން ، ތިނަދޫ އިންޓަލް އަބުޅޯއައް ސަލާމް