ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެ މުސާރަ ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އޭގެ ތަފްސީލް ހޯއްދަވަން ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފިއެވެ.

ނަޝީދަށް ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ މުސާރައިގެ އިތުރުން ކުރީގެ ރައީސުންނަށް ދައުލަތުން ދޭ މުސާރަ އާއި އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސްއެއްގެ ހައިސިއްޔަތުން އޮފީސް ހިންގަވަން ދައުލަތުން ނަންގަވާ ހަރަދުތައް ވެސް ހިމެނެއެވެ.

ކުރީގެ ރައީސުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވައެވެ. މަޖިލިހުގެ ރައީސަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،000ރ. ލިބިވަޑައިގަންނަވާތީ ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގަންނަވާނެއެވެ.

ނަމަވެސް އޭގެ ތެރެއިން ނަޝީދު ހަމައެކަނި ބޭނުންފުޅުވަނީ އޮފީސް ހިންގުމުގެ ހަރަދާއި ސެކިއުރިޓީގެ ގޮތުގައި ދައުލަތުން ދޭ އިނާޔަތް ކަމަށް އެމަނިކުފާނު އެންގެވި ކަމަށް 2019 ގައި ރައްޔިތުންގެ މަޖިލިހުން ހާމަކޮށްފައިވެއެވެ.

އެކަމަކު މަލީހު މަޖިލިހަށް ހުށަހެޅުއްވި ލިޔުމުގައި ނަޝީދު ސިފަ ކުރެއްވީ "ދެ މުސާރަ ތަކުރު" ގެ ގޮތުގައެވެ. އަދި "ރައްޔިތުންގެ އަތުން" ނަޝީދު މަހަކު 265،000 އަށް ވުރެ ގިނަ ރުފިޔާ ނަންގަވާ ކަމަށް ވިދާޅުވެ، މީގެ ތަފްސީލަށް މަލީހު އެދިވަޑައިގެންނެވިއެވެ. މިއީ މަހަކު 17 މީހުން ފަގީރުކަމުން މިންޖުވާހާ ފައިސާ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކަސްމީރު

  މޮޅު މީހަކަށް މޮޅު ގޮތް އޮންނާނީ އަބަދުވެސް.

  31
 2. މާސްޓަރ

  ހަހަހަ. ކަމެއް ނުކޮށް ދެއަހަރު ވަންދެން މަހަކު 100000ރ ދައުލަތުން ނެގި މީހަކު ތިވާހަކަ ދައްކަން ކަމަކު ނުދޭ!

  18
  29
 3. ކީކޭ ބުނާނީ...

  އަހެރެން މިހިރީ މަލީހް އާއިއެކު. ތިކަންތަައް ވާނެ ރނގަޅަށް ބަލާ ހޯދަން.!

  9
  1
 4. ނޯމޯ

  މިސޮރަށް ގެއްލުނު އެއްޗެއްގެ ބޮޑުކަމާއެވެ.. މީހާ މޮޔަވެ ބީތާވެ ޕާޓީވެސް ދޫކޮށްލައިފި..

  3
  8
 5. ޒިމްޒިމް

  ރައީސް ނަޝީދަށް ތި އިނާޔަތްތައް ނުލިބެންވީ ސަބަބެއްވެެސް ނެތް... ރައީސްލްޖޫމްހޫރިއްުޔާކަމާއި ރައްޔިތުންގެ މަޖިލީސްގެ ރައީސްކަމަކީ އެމަނިކުފާނު އަދާކުރެއްވި އަދި އަދާކުރައްވާ މަޤާމް.. ތިދެ މަޤާމްވެސް ލިބިވަޑައިގަތީ ރައްޔިތުންގެ ވޯޓުން.. މީހަކު ދިން ވަޒީފާއެއްނޫން.. ތިމާމެންނަށް ކަމެއް ނުލިބުމަކީ އަނެކާއި ޒާތީ ހަސަދަވާންޖެހޭ ކަމެއްނޫން..

  7
  8
 6. ޒިމްޒިމް

  ދެރަވެޔެ ރައީސްނަޝީދު މުސާރަ ފެނިފަ ނުލިބުމުން އަދު މަލީޙް. ދެރަ މަ ވެދާނެ މިތާ..ހޫމް..ހޫން

  11
  19
 7. ކޮރަލް

  ހައްދު ފަހަނަ އަޅާފަ އެވެ.

  14
  2
 8. ޥަގުފައިބާކޭބަލް

  މަ ދެރަވަނީ އޮޑީގަ ހުރިހާ ހިނދަކު ކަނުވެ ގާވެފަހުރެ އޮޑިން ބޭރުކޮށްލާއިރަށް އޮޑީގެ ވަތު ސަރަކަ ނަގާފަ ތެޔޮލީކެއް އިންވާހަކަ ބުނާ މީހާޔަށް ވުރެ ވަކީން އައްދާރު މީހަކު ހުންނާނެތޯއެވެ. ކާންދޭހާހިދަކު އެމުދާހޯދިގޮތާއި ކަރަށް އެޅޭގޮތް އެހެޔޮ ޢަލިފާންވިޔަސް ކަމުންދަނީ، ކާއެތިކޮޅު ދިނުން ހުއްޓާލީމަ ދެން މިބުނަނީ މިއޮށްހާދުހު ކެވުނީ އަލިފާންތާއޭ. މިއީ ދިވެހިނގެ ގޮތަކީ. ތިވާހަކަ އެންމެކުރީން އެންގިނަމަ މިއޮއްހާދުހު ނަސީދަށް ދެވުނު ފައިސާއިން 70 ފަގީރުންނަށް 2 ކޮޓަރިން ބޯހިޔާވަހިކަންވެސް ހޯދާދެވުނީހެވެ.

  9
  1
 9. ޙހ

  ޢެހެނވެގެންނު އޭނަވެރިކަމާ އެބައްދަނީ ލައްކައިން މަހުމޫސާރަނަގަމުން ސިވިލްސާވެންޓުންގެ މުސާރަ ކުޑަކުރަމުން އިނާޔަތެއްލިބެންޏާ އެއެއް ގަޑަމުން އެތެޅެނީ . މުޅި އެއާއިލާއަށް ރައްޔިތުންގެ ފައިސާ . ޢެފައިސާގެބާރުގަ އުދުހިނަގަނީ . ޢަދިވެސް އޭނަޔަށް ވޯޓް ދީ

  6
  1
 10. Happy

  މަލީޙު ބޭނުންތަ.... ލިބިދާނެ!

  1
  1
 11. ހިތްތިރި

  ހިތްތިރިވީމަ ލިބޭވަރުވެސް ބޮޑުވޭ. މިއީ އާދައާއި ޚިލާފަށް ބޮޑު ޢަދަދެއް. މަހަކަށް ބައެއް މީހުންނަށް 5000 - 60000 ލިބޭއިރު މިވަރަށް އަމިއްލައަށް މުސާރަހަދައިގެން ނެގުން ހުއްދަވާނެތޯ؟

  އަދި ކޮބާ މަޖިލިސް ކައިރީގައި ހަދާފައިވާ އެތައްބުރީގެ އުސް ޢިމާރާތް. ގަނޑުވަރެއްފަދަ ޢިމާރާތް ހަދައިގެން ބޮޑެތި ކޮޓަރީގައި 82 މެމްބަރުން އުޅޭއިރު ވަރަށްދަތިކޮށް ޢާންމުން އުޅެނީ. ތިހުރިހާ ފައިސާއަކީ ރައްޔިތުންގެ ފައިސާ.

  އަހަރަކަށް: 3،180،000 = 5 * 265،000

  5 އަހަރަށް: 15،900،000 = 12 * 5 * 265،000