ފަތަހަ ސްޓަރ ޕްރައިވެޓް ލިމިޓެޑުގެ އެންމެ ބޮޑު ފިހާރަކަމަށްވާ ފަތަހަ މޯލް އިން ދިވެހި ޒުވާން އަންހެން ކުދިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފަތަހަ މޯލްއިން ކުރި އިއުލާނެއްގައި ބުނީ، އެ ފިހާރައިގައި ސޭލްސް އެސިސްޓެންޓްގެ ގޮތުގައި މަސައްކަތް ކުރާނެ ދިވެހި ޒުވާން އަންހެން ކުދިންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ފަތަހަ މޯލްއަށް ހޯދަމުން ދަނީ 30 މުވައްޒަފުންނެވެ. މި ވަޒީފާއަށް އުމުރުން 20 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ކުރިމަތިލެވޭނެކަމަށް ފަތަހައިން ބުންޏެވެ. އަދި ކޮންމެ މުވައްޒަފަކުވެސް މަސައްކަތް ކުރަން ޖެހޭނީ އަށް ގަޑިއިރު ހަމަވަންދެން ކަމަށް ފަތަހައިން ބުންޏެވެ.

ފަތަހައިން ބުނީ އެ ފިހާރައިގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ކަމުގެ ފޯމް ފުރުމަށްފަހު ހުށަހެޅުމަށް ވަނީ އެދިފައެވެ. އެގޮތުން އެ އެޕްލިކޭޝަން ފޯމު ފަތަހައިގެ ކޮންމެ ފިހާރައެއްގެ ކައުންޓަރުންވެސް ލިބޭނެ ކަމަށާއި، އޮންލައިން ކޮށް ވެސް މި ވަޒީފާތަކަށް ފޯމު ހުށައެޅޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.

މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް 4000 އާއި 5000 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެެެއެވެ. އަދި މީގެ އިތުރުން އެހެން އަހަރުަތަކޭ އެއްފަދައިން މި އަހަރުވެސް ރޯދަ އިނާުޔަތުގެ ގޮތުގައި 3000 ރުފިޔާ ކޮންމެ މުވައްޒަފަކަށްވެސް ލިބޭނެ އެވެ.

🔴 We are looking for enthusiastic and energetic staff to join our team as
Sales Assistants

ONLY MALDIVIAN GIRLS

🔴 Jobs...

Posted by Fathaha Mall on Sunday, March 21, 2021

ފަތަހަ ކުންފިނީގެ ފިހާރަތަކުގައި މިހާރުވެސް 60 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ. އެ ފިހާރައަށް އިތުރު މުވައްޒަފުން ބޭނުންވަނީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު