ހއ.އަތޮޅުގެ ރަށްތަކަށް މަސްތުވާތަކެތި ލައްގާތީ ސިފައިންނާއި ފުލުހުން ސާޗް އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ މިމައްސަލަ އާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

މީގެ އިތުރުން މިމައްސަލައިގެ ތަހްގީގަށް މާލެ އިން ފުލުހުންގެ ހާއްސަ ޓީމެއް މާދަމާ ހއ.އަތޮޅަށް ދާގޮތައް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހއ.އަތޮޅު ފިއްލަދޫންނާއި ވަށަފަރަށް ވަނީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޕެކެޓްތަކެއް ލައްވެފައެވެ. ފިއްލަދޫ ބަނދަރު ކައިރިން ވަނީ ގާތްގަނޑަކަށް 25 ކިލޯގެ މަސްތުވާތަކެތި ފެނިފައެވެ.

ލައްވަމުންދާ މަސްތުވާތަކެއްޗަކީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

މައްތުވާތަކެތި ލައްގަމުން ދާތީ ފުލުހުންނާއި ސިފައިން ސާޗް އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އޮޕަރޭޝަންގެ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. އެހެންކަމުން އޮޕަރޭޝަން ކުރިއަށް ގެންދަނީ ކޮންތަނެއްގައި ކިހިނެއްކަމެއް އަދި ސާފެއް ނުވެއެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ ކަނޑުމަތިން އެކިފަހަރު މަތިން މަސްތުވާތަކެތި ފެނިފައި ވެއެވެ. ނަމަވެސް މިހައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފަހުގެ ތާރީޚެއްގައި ކަނޑުމަތިން ފެނިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    އެމްޑީޕީ ވެރިކަމުގައި އަބަދުވެސް މިކަހަލަ މާވަހަރު ލައްގާ

    10
  2. ޒުވާން މަސްވެރިޔާ

    ފެންނަ ކަންނެލި މާބޮޑީދޯ އެއްޗެކޭ ކިޔާގެން މަސްވެރިކަމަށް 🤭

    10
  3. ޖަމީލު

    އެންމެފަހުން ކުރި ވިއްސާރާގައި އެއަތޮޅަށް ވާރޭގެގޮތުގައި ވެހުނީ އެއެއްޗެތިކަންނޭގެ!

  4. ކާފަބޭ2020

    ކޮޗިންފެރީގެ ފުރިހަމަކަންތިޔަފެންނަނީތޯއްޗެ😄😄😄😄😄 ތިޔައީ ރައްވެހިނަޖިހުން އުފެދޭތަކެއްޗަށް ޕޮޒިޓިވްތޯބަލަން ހޮނޑާދޫ ރަށްވެރިންކައިރިއަށްފޮނުވާ އިތުރުޓެސްޓުކިޓެއްބޭނުމެއްނުވާނެ!

  5. އަނެއް ދިވެހި ރާޖެ

    ކިހާ ހެޔޮ ވެރިކަމެއް ؟ ދެ ހައްދުފަހަނަ އެޅިއޭ ކިޔާފަ މިގައުމުން ދީން ފުހެލީމަ އެންމެ ބޮޑު ނުރައްކަލުން ސަލާމަތްވެ އާސުމާނުގަ ފިޔަޖަހާނެ.