ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ރިޔާސީ އިންތިޚާބުގެ ކެންޕެއިންގައި ބޭނުންކުރާނެ ޕޯސްޓަރު ތައާރަފްކޮށްފިއެވެ.

މި ޕޯސްޓަރު ރަސްމިކޮށް ތައާރަފް ކުރީ ރޭ އެމްޑީޕީން އެޕާޓީގެ ހަރުގޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

ރޭ ބެއްވި ރަސްމިޔާތުގައި ވަނީ އެޕާޓީގެ އިންތިޚާބީ ކެނޑިޑޭޓްގެ ކެމްޕެއިން މެނޭޖަރަކީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްކަމުގައި އިއުލާނުކޮށްފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޑިޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ، މި ޕޯސްޓަރުން ވަރަށް ޖަޒީރާ ވަންތަ ދިވެހިންނާއި ގުޅޭ ވަރަށް މުހިއްމު ކަންކަން ރަމްޒުކޮށްދޭކަމަށެވެ.

ޝިފާޒު ވިދާޅުވީ، އެޕާޓީގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ވަރުގަދައަށް ކުރިއަށް ގެންދާނެކަމަށާއި، ރައީސް މުހައްމަދު ނަޝީދަކީ އެބޭފުޅުންގެ ކެނޑިޑޭޓް ކަމާއި މެދު ޝައްކެއް ނެތްކަމަށެވެ. އަދި ރައީސް ނަޝީދުގެ ނަންފުޅު ވޯޓްކަރުދާސްކޮޅުގައި ޔަގީނުންވެސް އޮންނާނޭކަމަށެވެ.

"ރާއްޖޭގެ ކޮންމެ ގެއަކަށް މީގެ ޕޯސްޓަރެއް ފޮނުވާނެ. މި ޕޯސްޓަރުގައި ހިމެނޭ ގޮތަށް އެމްޑީޕީން ގެންނަ ސަރުކާރު ވެގެންދާނީ އޯގާތެރި ސަރުކާރަކަށް" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ޖަޒީރާ ދިރިއުޅުމަކުން އުޅޭ ފަޚުރުވެރި އާއިލާއެއް ބިނާ ކުރުމަކީ އެބޭފުޅުންގެ ސަރުކާރުގައި އެންމެ އިސްކަން ދޭނެކަންކަންކަމަށެވެ.

"ނޫ އިގްތިސާދު" އެއް ބިނާކޮށް ގައުމުގައި އިންސާފު ގާއިމުވެފައި އޮތުމަކީ އެމްޑިޕީގެ ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭނެ މުހިއްމު ކަމެއްކަމަށް ޝިފާޒު ވިދާޅުވިއެވެ.

ވެރިކަން ބޭނުންވިލެއް ބޮޑުކަމުން ގާނޫނާއި ހިލާފަށް ޕްރައިމަރީ ބާއްވައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައިސް ނަޝީދާ ހަވާލުކުރި ނަމަވެސް އެމަނިކުފާނު ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން ވަނީ އެމްޑީޕީގެ ޕްރައިމަރީ ބަލައިނުގަންނަން ނިންމާފައެވެ.

ކުރިއަށް ރިޔާސީ އިންތިހާބު ގައި ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރި ނަމަވެސް އިންތިހާބުގައި ވާދަ ކުރަވަން ރާއްޖެ ވަޑައިގަންނަވަން ނަޝީދު ޖެހިލުންވެއެވެ. ސަބަބަކީ ރާއްޖެ ވަޑައިގެންފި ނަމަ އެ މަނިކުފާނު ދާން ޖެހޭނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަން ޖަލަށް ކަމަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖިންނި

    ތި ޕޯސްޓަރުގަ ކީއްވެތަ ސޮލީބަކާއި ، އިޒްރޭލްގެ ނިޝާން ޖަހާލަން ނުކެރުނީ !

  2. އަންވޭ

    ހަމަޔަގީން މަނިކުފާނު ރާއްޖެ އައީ ދެންޖެހޭނި ޖަލައްވަންނަން........ބޮޑުޖަރީީމާ ހިންގާފަ.....ތިހުރީ

  3. Anonymous

    ނުދޭނަން ވޯޓެއް

  4. ބަލާމީހާ

    ޕޯސްޓަރުން މަހެއް ސިފަކުރެވޭތޯ. ފުންކޮށް ބައްލަވަންވީ ނޫންތޯ!

  5. އޯލްރައިޓް

    ތޮށި ގަނޑު ފަޅާލައި އިބޫ ނިކުންނަން ޖެހޭ ވަގުތު މިހާރު މިއޮތީ އައިސް ޖެހިފައޭ އިބޫ އަށް ކެރެންވީއޭ މަމެންނަށް ޔަގީނޭ ކެނެރީގެ ނަޝީދުގެ ނަމެއް ނޯންނާނެ ކަން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަދި ތަމެންނަށް އެކަން ކަށަވަރުވާނެ ވަރަށް ގިނަ ކަންކަން މަޖްލީސް ހުޅުވުމުން އިންތިޚާބު ތަކާއި ބެހޭ ގާނޫނަށް ގެނެސް ގެން މަމެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ދައްކާނަމޭ ތަމެން އިބޫ ނެރެނުދޭން ވެގެން ޖައްސާ ފޭކް ގޭމްސް ތައް މާލެ އަށް ނުހިނގާނެއޭ އެހުރިހާ ފޭކް ގޭމްސް ތައް ތަމެން ޖެހޭނީ އޮޮޅާލަންއޭ. އިބޫ މެން އެތިބެނީ އެމްޑީޕީގެ އެތެރޭގެ ކޮއިލް އާއި މާ ބޮޑަށް ދުރުގައޭ އެއީއޭ މީގެ މައްސަލަ އަކީ އެމްޑީޕީގެ ޕީޖީ ގްރޫޕް ގެތެރޭން އައްޑޫ ހިތަދޫ އެމްޕީން ފިޔަވައި ދެން ތިބި އެމްޕީން އަތުއަޅުވާލައިގެން އިބޫ ނިކުންނަންވީއޭ ނައު ހިއަރ އައި އޭމް އެގެއިން ވޮޗިންގްޓު ސީ ޔޫ ޑާންސިންގް އޮން ދަ ސްޓޭޖް ނައުވެއަރ އާރ ޔޫ ވެން އެވްރީވަން އިޒް އިން ނީޑް އޮފް ޔޫ ޔޫއާރ ސޯފާރ އަވޭ ފްރޮމް އަސް ސޯފާރ އަވޭ އައިޖަސްޓް ކާންޓް ސީ ޔޫއާ ސޯފާރ އަވޭ ފްރޮމް މީ އޯލް ރައިޓް..

  6. ފުތާބެއްޔާ

    ތީީ ސިހުރު ހާހޫރަ ރައީސް ދޯ. އެހެންވެތާ އިހު ޒަމާނުގަ މަސްވެރިކަން ރަނގަޅުކުރަން ހަދާ ސިހުރު އަކަ ތި ޕޯސްޓަރުގަ ޖަހައިގެން އުޅެނީީ. ދިވެހިން އަލުން ބޭނުމެއްނުވޭ ތި ބިދުއަތަކާ ސިހުރުގެ ތެރެޔަށްދާކަށް. ފަންޑިތަ ސިހުރު ނެހެދިޔަސް މިހާރުވެސް ދިވެހިން މަސްބާނާދޯ. ތި ޕޯސްޓަރު ހެޔޮނުވާނެ ގޭގޭގަ ތަތްކުރަން.

  7. ގިވްއިން

    ކެނެރީގެ ނަޝީދަށް ރިޔާސީ އިންތިޚާބަށް ކުރިމަތި ނުލެވޭ އިރު ވެސް އޭނާ އަށް ހީވަނީ އޭނާ އަށް އެކަނި އޮންނަ ކަމެއް ކަމަށް ކާމިޔާބު ވުމަކީ އޭނާ ޖެހޭނީ މަހަށް ދާން މިފަަހަރު މަމެން ޕިންކީން ނާއި ނެކް ޓު ނެކް ޖައްސައިގެން ކެނެރީގެ ނަޝީދަށް ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި ބައިވެރި ނުވެވޭނެއޭ ސްޕްރީމް ކޯޓުން އަދިވެސް އެފަދަ އަމުރެއް ކުރި ނަމަވެސް ދައުލަތުގެ އެންމެ މަތީ ވެރިއެއްގެ ހައިސިއްޔަތުން އެކަން މަމެން ބަލައެއް ނުގަންނާނަމޭ ސްޕްރީމް ކޯޓު ގެ ފަނޑިޔާރުން ވެސް ތިބެން ޖެހޭނީ ގާނޫނުގެ ތެރޭގައޭ އަދި އެމެން ހުކުމް ވެސް ކުރަން ޖެހޭނީ ގާނޫނު ތަކާއި އެއްގޮތަަށޭ ކަން މިހެން ހުރުމުން މިހާރު އިލެކްޝަންސް ކަމިޝަން އިން މަޖްލީހަށް ހުށައަޅާފައިވާ އިންތިޚާބު ތަކާއި ބެހޭ ބިލް ތަކުން މިކަން ކަށަވަރު ކުރާށޭ އަދި އެބިލް ގައި ކުށުގެ ހުކުމް ތަންފީޒު ކުރަމުން ދާ އެއްވެސް މީހަކަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ސިޔާސީ ޕާރޓީ އަކުން ނިންމައިފިނަމަ އެފަދަ ޕާރޓީ އެއް އުވާލެވެން ޖެހޭނެއޭ. މިހާރުވެސް ކެނެރީގެ ނަޝީދުގެ ކެމްޕެއިން ޕޯސްޓަރު ރާއްޖޭގެ އެއްވެސް ރަޖިސްޓަރޑް މީޑިއާ އަކުން ވެސް އިޝްތިހާރު ނުކުރެވޭނެއޭ އަދި އެފަދަ ޚަބަރެއް ވެސް ގެނެސް ނުދެވޭނެއޭ ބިކޮޒް ހޯމް މިނިސްޓްރީގެ އިއުލާން ގައި މިކަން ވަރަށް ރަނގަޅަށް ބަޔާން ކުރެވިފައި އެބައޮތޭ މިކަން މިގޮތަށް ކުރޭތޯ ކަށަވަރު ކުރުމަކީ އެއީ ޕޮލިހުގެ ޒިންމާ އެކޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓުމީ ގިވް އިން ގިވް އިން ގިވް އިން ގިވް އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާްންސް ޑާންސް ޑާްންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  8. ގޮނާނީޑް

    އެމްޑީޕީގެ ޒަމީރު އެއީ ކެނެރީގެ ނަޝީދެއް ނޫނެވެ. ސަބަބަކީ އެއީ އެމްޑީޕީ އަށް ކެނެރީގެ ނަޝީދު ކުރާ ޚަރަދެއް ނޯވެއެވެ އަދި އޭނާގެ ކެރެފާ އާއިލާ އިން ކުރާ ޚަރަދެއް ނޯވެއެވެ. އެމްޑީޕީ އަށް ކުރާ ބޮޑު ޚަރަދު އަދިވެސް ކުރަނީ އެއީ ސީދާ އިބޫގެ އަންހެނުންގެ ބައްޕަގެ ފަރާތުންނެވެ. މީ އެންމެން ދަންނަ ބޮޑު ސިއްރެކޭ. ކަން މިހެން ހުރުމުން އެބަޖެހޭ އެމްޑީޕީ ވެސް ރިފޯމް ވާން ކެނެރީގެ ނަޝީދުގެ ބަލާ އާއި އުނދަގުލާއި ހެދި އެމްޑީޕީ އަށް ނޭވާ ނުލެވިގެން އުޅެނީ އޭނާ ގެ ނަން މިފަހަރު ރިޔާސީ އިންތިޚާބުގައި ނޯންނާނެއޭ އޭނާ ކަރުގެ ނާރުތަކަށް ފުއްޕާ ފައި އެހެން ބުނި ނަމަވެސް އެކަމެއް އެހެން ނުހިނގާނެއޭ. ކަން މިހެން ހުރުމުން ޖޭޕީ އާއި އަދާލަތުން އެބަޖެހޭ އިކޮޅު ކޯލިޝަން އިން ނިކުންނަ ކެންޑިޑޭޓަކީ އެއީ ގާނޫނީ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތި ލެވޭނެ ކެންޑިޑޭޓަކަށް ހަދާ އެއީ ކޮމަން ކެންޑިޑޭޓް އަކަށް ހަދާ އެކޮމަން ކެންޑިޑޭޓް އަކީ އެއީ އިބޫ ކަމަށް ހަދަން. އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް އަ ގުޑް ސައިން ފޯރ ދިސް

  9. ޖައްސާތި

    ރާއްޖޭގެ ސިޔާސީ މައިދާނަށް އެބަޖެހޭ އާ މޫނު ތަކަށް ޖާގަ ދޭން. އެގޮތުން ރައީސް ޔާމީން އަށް ޖާގަ ދިނުމުން ނޭ މާލެ އާއި ހުޅުލެ އާއި ދެމެދު ބްރިޖް އެޅުނީ ރައީސް ވަހީދު މެންނަށް ވެރިކަން ދިން ނަމަ މިގައުމުގެ އިގްތިސާދު ފުނޑު ފުނޑުވީސްއޭ. ކެނެރީގެ ނަޝީދަށް ވެރިކަން ދިން ނަމަ ރާއްޖޭގެ މިނިވަން ކަން އޭނާ އޮންނާނީ އިންޑިއާ އަށް ވިއްކާލާފައޭ. ކަން މިހެން ހުރުމުން އެބަޖެހޭ އިދިކޮޅު ކޯލިޝަންގެ ކޮމަން ކެންޑިޑޭޓް އަކީ އެއީ އިބޫ ކަމަށް ހަދާ އިބޫ އަށް މިފަހަރު ފުރުސަތު ދޭން. ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަން އިން ބައިވެރިވެ އަދި އިންތިޚާބުން މޮޅު ނުވި ނަމަވެސް ސިޔާސީ ގޮތުން ހަމަޖެހޭ މާހައުލަކަށް ރާއްޖެ ގެންގޮސް 2019 ގައި އޮންނަ މަޖްލީހުގެ އިންތިޚާބުގައި އިދިކޮޅު ކޯލިޝަން އިން ވެސް ސަރުކާރާއި ގުޅިގެން މަޖްލީހުގެ ގޮނޑި ތަކެއް ނަގާ އެބަޖެހޭ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރަން. ކެނެރީގެ ނަޝީދަކީ އެއީ ވެރިކަން ކުރުމުގެ ގާބިލް ކަން އެއްގޮތަކަށް ވެސް ހުރި މީހެއް ނޫނޭ އެނާ ޖެހޭނީ ފައްސާލަންއޭ ރާއްޖޭގެ ސިޔާސީ މައިދާނުން. ކެނެެރީގެ ނަޝީދު ޖެހޭނީ ފައްސާލަންއޭ ފައްސާލާ ފައްސާލާ ފައްސާލާ އަދި އޭނާ އަށް ރާއްޖެ އަށް ވެސް އެރިޔަ ދީގެން ނުވާނެއޭ ވެލާނާގެ އިބްރާހިމް ދީދީ އަށް ހެދި ގޮތަށް އޭނާ އަށް ހަދާލާ އެނާ ލަންކާ ގައި ބަހައްޓާ އޭނާގެ އުމުރު ލަންކާ ގައި ހޭދަ ކޮށްލުމުން ހުންނާނީ ރަނގަޅަށޭ. އިބޫ އޭ ދެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހަދަންވީ ކެނެެރީގެ ނަޝީދެއް ނޫނޭ ހަދަންވީ ނޫނޭ ހަދަންވީ. އައި ކާންޓް ޑޫ އިޓް ބައި މައިސެލްފް އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް އަ ގުޑް ސައިން ފޯރ ދިސް ރެސްޕެކްޓް ޓު ބިލީވް އިން އަވަރ ޑްރީމްސް...

  10. ހުސޭނުބެ

    ކަލެއަށްވުރެ މަތީ ފަރާތެއް ވޮޑިގެންވާކަން ހަނދުމަކުރޭ.ތިމާއަށްވުރެ ގަދަމީހަކުނެތް ކަމަށްހެދިގެން ތި ދައްޖާލުގޮތް ދޫކޮއްލާ، މީނަގެހުރި ނުލަފާ ޖައްބާރުކަމުން ހަމަ އަންތަރީސް ވެއްޖެ.