ރ.އަތޮޅު އުނގޫފާރުން ކޮވިޑް-19 އަށް ބަޔަކު ފައްސިވެފައި ވާތީ މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އުނގޫފާރުން ފުރި މީހުން ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި ނަމަވެސް އެ މުއްދަތުގައި އެ ރަށަށް ވަޑައިގަތް ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދު ކަރަންޓީނު ވެފައި ނުވާތީ އެބޭފުޅުން ކަރަންޓީން ވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އުނގޫފާރުން ކޮވިޑަށް ބަޔަކު ފައްސިވުމުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރުކުރި އެންމެން ކަރަންޓީނު ވުމަށް އަންގާފައިވާ ކަމަށާއި، ހެލްތު މިނިސްޓަރު އަހްމަދު ނަސީމާއި މަޖިލިސް ބައެއް މެންބަރުންވެސް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބޭފުޅުން މި މަހުގެ އަށް ވަނަ ދުވަހު އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާ ވެސް ބައްދަލުކޮށް އެރަށުގައި ހަރަކާތްތެރި ވެފައިވާ ކަމަށެވެ.
"އެބޭފުޅުން ކަރަންޓީނު ވާން ނާންގާތީ މި ކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމެވެ. އުނގޫފާރުގައި ކޮވިޑް-19 ފެތުރިގެން ދިއުމަކީ މުޅި އަތޮޅަށްވެސް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަކަށްވެފައި އެހެން އަތޮޅުތަކުންވެސް އުނގޫފާރަށް ދަތުރުކުރި މީހުން ކަރަންޓީނުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން އަންނައިރު ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަ ކަމާއެކު އުސޫލުތައް ތަންފީޒު ކުރުމަށް މިކޯލިޝަނުން ގޮވާލަމެވެ،" އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އުނގޫފާރުން ބަޔަކު ކޮވިޑަށް ފައްސިވެފައި ވާތީ މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އެ އެރަށުން އަތޮޅުތެރެއަށް ދަތުރު ކުރި މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އެންގުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ. އެ މުއްދަތުގައި އުނގޫފާރުން ދަތުރުކޮށް 10 ދުވަސް ހަމަ ނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެހެން ކަމުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތުގެ ބިންގާ އެޅުމަށް މިމަހުގެ އަށް ވަނަ ދުވަހު އެ ރަށަށް ގޮސް ހަމަ އެ ދުވަހު އެ ރަށުން ފޭބި ސަރުކާރުގެ ވަފުދު ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ. ސަބަބަކީ އެ މީހުން އެ ރަށުން ފޭބި ފަހުން 10 ދުވަސް ވެފައިވާތީ އެވެ.
ހާއްސަ ހުއްދައިގެ ދަށުން ކުޅުދުށްފުށްޓަށް ދަތުރުކުރި މީހަކު ފައްސިވުމާއި، ހަމަ އެފަދަ ހުއްދައެއްގެ ދަށުން ދަތުރު ކުރި ފަރާތްތަކެއްގެ ފަރާތުން އައްޑޫ ސިޓީގައި މީގެކުރިން ކޮވިޑް ފެތުރި އެތައް ބަޔަކު ޕޮޒިޓިވް ވެ އެސިޓީއަށް އަރައިފޭބުން މަނާކުރި ކަން އިދިކޮޅުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކަރަންޓީނު ވެވަޑައިގަތުމެއްނެތި ބޮޑު ވަފުދަކާއެކު އައްޑޫސިޓީއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
ކޮވިޑް މައި ކަމަނާ ކޮވިޑް މައިމޫނާ ގެ އެންޓި ކޮވިޑް ހުއްދައިގެ ދަށުން ކުރާ ނުވަތަ ކުރެވޭ ކަމަކުން ކޮވިޑެއް ނުޖެހޭނެ އެހެން ވީމާ ކޮވިޑް ދައިތަ ދެއްވާ ހުއްދައި ލިބިގެން ސަރުކާރު ކޮންމެ މީހަކަށް ވެސް ކޮންމެ ގޮތަކަށް ވެސް އުޅެވޭނެ، " މައިމޫނާ މި ޤައުމުގެ ހަލާކު "
އެމްޑީޕީއަކީ ހެޔޮވެރިކަން ކުރަން ދަންނަ ބައެއްނޫން.
ދެން ނަސީމު ދެން ތިހެން ނަހައްދަވަބަލަ،،، ދެން ދެން ދެން ދެންދޯ... ނަސީމުމެން އަބަދު ދެން ތިހެން އެއްރަށުން އަނެއް ރަށައް، އެއްގަހުން އަނެއް ގަހައް އަރާ އިރު ދެން ދެން ދެން ދެން ކޮންމެސް ވަރަކައް ދޯ،،،،،،، ދެން ދެން ދެން ދެން ދެން....
ސަރުކާރުގެ ޓީމު 10 ދުވަސް ވެފައި ވާތީ ކަރަންޓީން ވާން ނުޖެހުނު ނަމަވެސް އާއްމު ރައްޔިތުން 18 ދުވަސް ވެފައި ވީނަމަވެސް މިތިބީ ކަރަންޓީނުގައި. ސާމްޕަލް ނަގައި ނަތީޖާ ނެގެޓިވް ވުމުން ނޫނީ ރިލީސް ނުކުރާނެ ކަމަށް އެޗްޕީއޭ އިން އަންގަނީ.
ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ތިބޭފުޅުންނަށް މާބޮޑަށް އެނގިގެން ތިއުޅެނީ...ކޮންމެ ކަމެއްވެސް ސިޔާސި ކުރާތި