ރައްޔިތުން މަޖިލީހުގެ މެންބަރުކަމާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވާފައިވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާގު މުފީދު (ހިސްޓޯ) ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓަރު ކައުންސިލަރުގެ މަގާމަށް ބަދަލުކޮށްފި އެވެ.

ހިސްޓޯ ލަންކާ އެމްބަސީގެ މިނިސްޓަރު ކައުންސިލަރުގެ މަގާމަށް އައްޔަންކުރީ މިދިޔަ ހަފުތާގައެވެ. ހިސްޓޯގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ނިމާލް ވެސް ވަނީ ލަންކާގައި ހުންނަ އެމްބަސީގެ މަގާމަކަށް މިދިޔަ ހަފްތާގައި އައްޔަން ކުރައްވާފައެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފުންނާބުއުސް ދެބޭފުޅަކު ކުއްލިގޮތަކަށް އައްޔަން ކުރީ ކީއްވެ ކަމެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ލަންކާ އަކީ މިހާރު ފަނަރަހާހަށް ވުރެ ގިނަ ދިވެހިން އުޅެމުން އަންނަ ގައުމެކެވެ. ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ސަރުކާރުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. އޭގެތެރޭގައި ކުޅިވަރު ކުޅުމުގެ ފުރުސަތާއި ދިވެހި އިސްލާމް ކިޔެވުމުގެ ފުރުސަތު ވެސް ހިމެނެއެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޖަގަހައެއް ވެސް ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުރެއެވެ. އެޖަގަހައިގައި މިހާރު ވެސް ގަވައިދުން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްލުހާލަތު

    ލަންކާ އެންބަސީ މީ ބޭނުންނެތިގެން އުކާލާ ކުނި އެއްކުރާތަނެއް ދޯ މިހާރު ނޫނީ އެއްފަރާތްކުރާ މީހުން ބައިތިއްބާ ކަރަންޓީނު ފެސިލިޓީއެއްތަ؟....

  2. ނަޒީބު

    ތެދެއް ވަރަށް ފޯރިއާއެކު މީރު ކެއުންތަކާއެކު ހަރަކާތް ހިންގޭތޯ އުޅޭ. އެކަމަކު އެތަނަށް ދަނީ ހަމަ އެއްބައެއް. އަދި ދަނީވެސް ހައެއްކަ ކެނަ. މީހުން ފިސާރި ގިނައިން ދެޔޭ ކިޔައިގެން މޮންދުމެން އެ ހަދަނީ ޝައިނީ ހަދާކަހަލަ ހުސް ދޮގު.

  3. މޮއްބެ

    ބަދަލު ކުރި ކުރުން ވަރަށް ސާފް.. ކެމްޕެއިން ކުރަން ލަންކާގަ.. އޭރުންތާ ސަރުކާފުގެ ޙަރަދުގަ ހުރުމާއި ކެއުން ދަތުފު ފްރީވާނީ.. ރައްޔިތުންނޭ .. ބްރިޖަކާއި ބިލްޑިން ދެއްކިޔަސް ތިމާގެ ބުއްދިން ވިސްނަވަ ބައްލަވާ