ރައްޔިތުންގެ މަޖިލީހުގެ އިމްތިޒާމު އަދި ސުލޫކު ކޮމިޓީއަށް ހާޒިރުކޮށް އެ ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ނުދެއްވާނެ ކަމަށާއި އެއީ ގާނޫނުއާސީސީއާ ޚިލާފް ކަމެއް ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.
ސުލޫކު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ކުރީކޮޅުގައި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި، ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވެސް ވަނީ ކޮމިޓީގައިވާ މައްސަލައަކީ އެ ކޮމިޓީގެ މެންޑޭޓްގެ ބޭރުގައިވާ ކަމެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ނަމަވެސް ކޮމިޓީގެ މުގައްރިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް އެ ބައްދަލުވުން ކުރިއަށް ގެންދެވިއެވެ. އަދި ކުރިން މިނިސްޓަރު ހާޒިރު ކުރައްވައި ސުވާލު ކުރައްވަން ކޮމިޓީއިން ކުރީ ބައްދަލުވުމުގައި ނިންމި ނިންމުން ތަންފީޒު ކުރައްވަން އޭނާ ނިންމެވިއެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަލީޙް ފުރަތަމަ ވެސް ސުވާލު ކުރެއްވީ އޭނާ ހާޒިރު ކުރެވުނީ ކޮން ގާނޫނެއްގެ ދަށުން މެންބަރުންނަށް ލިބިފައިވާ ކޮން ބާރެއްގެ ދަށުން ކަމުގައެވެ.
އޭގެ ފަހުގައި ގާނޫނުއަސާސީގައިވާ މާއްދާތަކާ ހަވާލާ ދެއްވައި މަލީހް ވާހަކަ ދެއްކެވިއެވެ. މި ގޮތުން މަޖިލީހުގެ ތަޅުމާއި ކޮމިޓީއެއްގައި މަޖިލީހުގެ މެންބަރުންނާއި ދައުލަތުގެ އެހެން މުއައްސަސާއެއްގެ ބޭފުޅުން ވެސް ދައްކަވާ ވާހަކައަކާ ގުޅިގެން، ތަހުގީގުކޮށް ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"ތަޅުމުގައި ދެއްކި ވާހަކައަކާ ގުޅޭ ގޮތުން ސުވާލެއް ނުކުރެވޭނެ. ގާނޫނެއްގައި ނެތް ބާރެއް އެއްވެސް ބަޔަކަށް ނުނެގެވޭނެ. ގާނޫނުއަސާސީއާ ޚިލާފު ކަމެއް މިއީ. ގާނޫނުއަސާސީއާ ޚިލާފު ކަމެއް ނުކުރާނަން އަޅުގަނޑު. އޭގެ ބޭރުން ކުރައްވާ ކޮންމެ ސުވާލަކަށް ޖަވާބު ދޭނަން، މަޝްވަރާގައި ބައިވެރިވާނަން،" މަލީހް ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރު ޔާސިރު ވެސް ގާނޫނުއަސާސީއާ މަޖިލީހުގެ ގަވާއިދަށް ހަވާލާ ދެއްވައި އެއީ މަޖިލީހަށް ލިބިފައިވާ ބާރެއް ކަމަށް ވިދާޅުވިއެވެ. މި ގޮތުން މަޖިލީހަށް ހާޒިރުވެ ތެދު މައުލޫމާތު ދެއްވުމާއި، މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހޭނެ ކަން ޔާސިރު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް މަލީހް ޖަވާބު ނުދެއްވުމުން ކޮމިޓީ ބައްދަލުވުން ދެން ނިންމަވައިލެއްވިއެވެ. މި މައްސަލައިގައި ކޮމިޓީން އަމަލު ކުރާނެ ގޮތެއް އަދި ނުނިންމަވައެވެ.
😀😀😀
ކޮމިޓީގެ މުގައްރިރު ޔާސިރު ވިދާޅުވަނީ މަލީހާއި ސުވާލުމިކުރަނީ ގާނޫނުއަސާސީއާ މަޖިލީހުގެ ގަވާއިދުގެ ތެރެއިން މަޖިލީހަށް ލިބިފައިވާ ބާރުގެދަށުން ކަމަށް. ވީމާ، މަލީހުވެސް މަޖިލީހަށް ހާޒިރުވެ ތެދު މައުލޫމާތު ދެއްވުމާއި، މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހޭނެ ކަމަށް. ތެދުވާހަކަ އެއް ޔާސިރު ތިޔަ ބުނީ. އެކަމަކު، ޔާސިރުމެން ސުވާލުކުރަންވާނީ ގާނޫނުނު އަސާސީ އިން، މަޖިލީހުގެ ގަވައިދުގެ ތެރެއިން. ޔާސިރުމެންނަށް ނުލިބޭ ބާރެއް ނުހޯދޭނެ. މަލީހު އެހުރީ، ގާނޫނުގެ ތެރެއިން މަޖިލީހުގެ ގަވައިދުގެ ތެރެއިން ކުރާ ސުވާލަށް ޖަވާބުދޭން ތައްޔާރަށް.
1600 ގައި އިނގިރޭސި ވިލާތުގެ ކޯޓުތަކުން، ހިބިއަސް ކޯޕަސް (ޕްރެޒެންޓް ދަ ބޮޑީ ޑެޑް އޯ އަލައިވް) ނެރެން ފެށީ އެތާނގެ ވެރިން ރައްޔިތުންނަށް އަނިޔާވެރި ހިތުހުރި ގޮތަކަށް އެމީހުން ބަންދުކޮށް ހާޟިރުކޮށް ބޭރުކޮށްލާ ނެތިކޮށްލަމުންދާތީ... މިއީ ޤާނޫނުގެ ބާރުވެރިކަންނެތި ގައުމުގައި ގޮށްމުށުގެ ބާރުވެރިކަން އޮތްކަން ދައްކުވާދޭ ކަންކަން.
އިލްމީ ތަޖްރިބާހުރި އަޚްލާޤު ރަނގަޅު މީހުން ނޫނީ މަޖްލިހަށް ހޮވަން ހެޔޮނުވާނެ. މުޅި ގައުމާ ރައްޔިތުންގެ ހަލާކަށް ހޮވާފައޮތް މަޖްލިހެއް މިހާރު އެއޮތީ. އެކަމަކު އަނިޔާވެރިންގެ ނިމުން ނިކަން ހިތިވާނެ..
ކަތިލާފަ ރިހަކައްކައިގެން ކާންވެސް ޖެހޭނެތާ މީވާ ސަރުކާރެއް އަމާޒެއް ނެތް ސަރިކާރެއް މަޖިލިސްވަނީ ތަޣައްޔަރުވެ ކިލާވެފަ ޕަންޕެއް ހޯދާފަ ފެން ހުސްކޮށްފަ ސާފް ކިރަން ޖެހެނީ ކެނެރީހެއިން ވަޅު ދިޔަ ހިއްކަދޭނެ ނަޝީދު
މޮޔަގޮލައެއްދޯމީ.. ދެން ކީއްވެ ވަގުތު ބޭކާރުކުރަން މަޖިލިސްއަށް އައީ..
ކީއްކުރަން މޮޔަކަންބޮލަށްއަރައިގެން ޤާބިލްކަމެއް ނެތްހިނދުވެސް މެއިފުއްޕާފަ ޙާޟިރުވާންއެންގީ. މުޤައްރިރު ފުޓްބޯޅަ ދަނޑަށް އަރައި ދަގަޑޭ ކައިރީ އެއަށްވުރެން މޮޅަށްކުޅޭނެކަމަށް ހީކޮށްފައްޓާފިނަމަ ވާނެގޮތަކީ ދެކަމުއެކީ ހާޖަތައްދެވޭނީ.
މީވެސް ބޮށްޅަބޭގެބާރުބޭނުންކުރައްވައިގެން ހިންގާޖަރީމާތަކެއް މަޖިލީހަކީ ގާނޫނުހަދާ މަޖިލިސް ތަހްގީގުކުރާމަޖިލީހެއްނޫން އާއްމުރައްޔިތުން ގެންގޮސްގެން ތިހެންބޭނުންހާސުވާލެއްނުކުރެވޭނެ ތިކަމުގެހިތިރަހަ ވަރައްގިނަމީހުންގެ އަރުތެރޭގައިލާންފަށައިފާނެ
މަރުމޯލުން ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގެ ބޭނުމެއް ނެތް. މަލީހު ތިހެދީ ރަނގަޅަށް.
ތިމުޤައްރިރު ގަރުދިޔައާއި،ފިޔަޔާއި،މިރުހާއި، ޗުކިޗުކު މޮޑެގެން ކައިލާހާ ޤާބިލްކަން މަލީހުގެ ހުރިކަންއެގިއްޖެ. އެހެންވެ މަބުނަނީ މަޤާމެއްލިބުނަކަސް މީހާ ގައިގަ ނެތްފެންވަރެއް ނުގެނެވޭނޭ. މަލީހުގެ ކިހިލަފަތްދަށުން އުފުރާލި އިސްތައްޓަކަށްވުރެ ދައްކަން އެގިގެން މިއަދު އެދިޔައީ.