ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ގެ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމައިފިއެވެ.

އާރުސީސީން މިއަދު ބުނީ މުވައްޒަފުންނަށް ބޯނަހެއް ދޭން ނިންމީ ކޮވިޑް19 ގެ ބަލިމަޑިކަމުގައި ދުނިޔެ އާއި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުމުގައި އެ ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވިޔަސް، މުވައްޒަފުން ކުރާ ހިތްވަރުގެ އަގު ވަޒަން ކުރުމަށް ކަމަށެވެ.

އެހެންވެ އެއް މަހުގެ މުސާރަ، މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށް އާރުސީސީން ބުންޏެވެ.

ކުންފުނީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މުހައްމަދު ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުންފުނީގެ އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމަށެވެ.

ބޮޑެތި މާލީ ދަތިތަކާއެކުވެސް، މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި އެއް މަހުގެ މުސާރަ ދޭން ނިންމުމަކީ އުފަލެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

" އާރްސީސީން މުވައްޒަފުންގެ ކަންކަމުގައި އަބަދުވެސް ނަމޫނާ ދައްކާނެ،" ނާޒިމް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ކުންފުނިތަކަށް ބޮޑެތި ލޮޅުންތަކެއް އަރައި ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާ އިން ވަނީ ވަކިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަދީފް

    މަރުހަބާ ނާޒިމް.އާރްސީސީގަ ތިބީ ކިތައް ސްޓާފުންތޯ ލިޔުމުގަ ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް.

  2. Anonymous

    ވިޔަފާރީގައި ބަރަކާތް ލައްވާށި. އާމީން

  3. ޢަޒު

    އުފާވެރި ޚަބަރެއް

  4. އަހުމަދު

    އާރުސީސީ 750 ސްޓާފުން އުޅޭ ކަމަށްވަނީ 650 ފޮރިންސްޓާފް 100 ދިވެހިން

  5. އަހުމަދު

    އާރުސީސީ 750 އުޅޭކަމަށްކަމަށް ވަނީ 650 ފޮރިންސްޓާފް 100 ދިވެހިން