މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި މީހުންނަށް އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) ގެ ފަރާތުން ފެން ހަދިޔާ ކޮށްފިއެވެ.

އައިބީއެމްގެ ފަރާތުން އެ ކުދިންނަށް ފެން ހަދިޔާ ކޮށްފައިވަނީ ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ. މިއަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ ފެނުގެ އަގު ވަޒަން ކުރުމެވެ.

އެގޮތުން މިއަދު ފެން ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި ހަދިޔާއާއި ހަވާލުވެވަޑައިގަތީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަނެވެ.

މި ރަސްމިއްޔާތުގައި އައިބީއެމްގެ އެމްބެސެޑަރުންނާއި ޖެނެރަލް މެނޭޖަރު އަލީ އާޒިމް އަދި ޗެއާމަން ހަސަން ޝާހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ކީއްވެ މާސްކުނާޅަނީ ....

  • ދޯ

   އިސްކުރު ފެން ބޯން ރަނގަޅުކަން އިނގޭނެ ...ފަތިހު އިސްކުރު ދޫކުރީމަ ދަބަރު ފެން އަން ނަނީ ގިނަ ދުވަހު

 2. މަލް

  އަސްފާޤް ހާދަ ރީއްޗޭ މިހާރު

  6
  1
 3. ބޮކަރު

  ހަމަ އެހާ ފެން ގިނައީތަ؟؟