ކޮވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާ އިން އުފައްދާފައިވާ ވެކްސިންތައް ރާއްޖެ ގެނައުމަށް ފްލައިޓެއް ޗާޓަރު ކުރަން ޖެހޭތީ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

ޗައިނާ އިން ރާއްޖެ އަށް 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް މިވަގުތު ރާއްޖޭގައި ހުރީ ޗައިނާ ވެކްސިންގެ 18،000 ޑޯޒެވެ. ޗައިނާ އިން ހަދިޔާ ކުރި ވެކްސިންތައް ރާއްޖެ ގެނެވޭނެ ވަކި ދުވަހެއް އަދި ނޭނގެއެވެ.

ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކަން ކުރައްވާ އަނދުން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗައިނާގެ ވެކްސިންތައް ގެނައުމަށް 100،000 ޑޮލަރު ދީފައި ފްލައިޓެއް ޗާޓަރު ކުރަން ޖެހޭ ކަމަށެވެ. އަދި ފްލައިޓެއް ޗާޓަރުކޮށްގެން ޗައިނާގެ ވެކްސިންތައް ގެންނަން ޖެހޭތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ފްލައިޓެއް ޗާޓަރުކޮށްގެން 100،000 ޑޮލަރު ދީފައި ރާއްޖެ އަށް ހަދިޔާ ކުރި ވެކްސިންތައް ގެންނަން ޖެހުމަކީ ހިތާމަ ކުރާ ކަމެއް،" ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ޓެގް ކުރައްވައި އަނދުން ހުސެއިން ވިދާޅުވިއެވެ.

ޗައިނާ އިން އުފެއްދި ސިނޮފާމް ވެކްސިން އިއްޔެ ޖަހަން ފެށި އިރު، ވެކްސިން ޖަހައި ދެނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް އެކަންޏެވެ. މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި މި ވެކްސިން ޖެހުން ކުރިއަށް ދާނެއެވެ.

ސިނޮފާމް ވެކްސިނަކީ 80 އިންސައްތަ ރައްކާތެރިކަން ލިބޭ ވެކްސިނެކެވެ. މި ވެކްސިން ޓެސްޓުކުރަން ކުރިއަށް ގެންދިޔަ ޓްރައަލްތަކުން އެފިކަސީ ރޭޓު ހުރީ 79-85 ޕަސެންޓާ ދެމެދުގައެވެ. މި ވެކްސިން އުފައްދާފައި ވަނީ ބަލި ނުޖެހޭ ގޮތަށް ނުވަތަ އެ ބައްޔާ ދެކޮޅަށް ދިފާއީ ނިޒާމު ރައްކާތެރިކޮށްދޭ ގޮތަށެވެ. ވެކްސިން ހަދަން ބޭނުންކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހައިޑްރޮޖެން ފޮސްޕޭޓާއި އަލުމިނިއަމް ފޮސްފޭޓައި ސޯޑިއަމް ކްލޮރައިޑް (ލޮނު) ހިމެނޭ އިރު އޭގެ އެއްވެސް ބާވަތަކަށް އެލާޖިކް ނަމަ، ޗައިނާ ވެކްސިން ބޭނުން ނުކުރެވޭނެއެވެ.

ރާއްޖެ އިން މިހާތަނަށް ޖަހަމުން އައީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. އެވެކްސިންގެ ދެލައްކައަށްވުރެ ގިނަ ޑޯޒް މިހާރު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ބުޝްރީ

    ޕެޑުމޭންސަރު ކާރުންޗައިނާވެ ކުސިންނިހޯދި
    މެއިއެއްލައް ކަޑޮލަރހަރަދަނިވޭހެއް

    25
    1
  2. ކޮތަރު

    އިންޑިއާގަބުނެލަނިކޮށް އެމީހުންތިކަން ކޮށްދީފާނެ. އެއިރުން ބަދަލެއްގެގޮތުގަ އިތުރު ދިހަވަރަށްސިފައިންގެނެސް ބައިތިއްބަންއެއްބަަސްވީމަނިމުނީ!! ހާސަކަނޑާލާ

    48
    2
  3. އައްލާ

    ޕެޑުމޭން ކކތީ އިލްމެއްނެތްތާހިލްމެއްވެސް
    ނެތްމީހެއް

    48
    2
  4. ކޮމެންޓު

    ބަޔަކު ހެޔޮކަމެއް ކޮއްދިނީމަވެސް ނުފުދޭ. ޔަހޫދީންގެ ސުޓައިލް ތިޔައީ. އަމިއްލައަށް އެއްކަމެއްވެސް ނުކުރާތި ސަލާން ޖެހޭތޯ ބަލާ. މޯލްޑިވިއަންގެ ފުލައިޓެއްގަ ގެނައީމަ ނިމުނީ. ދައުލަތަށް ލިބެހޭ ލާރީ ދިރުވާލާފަ ކަމެއް ކުރަން ޖެހުނީމަ ސަލާން ޖެހުން ކަމަކީ

    60
    2
  5. ރޯދަ މުބާރިކް

    ފައިސާއަށް ވުރެން އިންސާނުންގެ ފުރާނަ މުހިއްމު ނުވަނީ ތޯ؟ ޕެޑްމޭން..!! ޢަނެއްކޮޅުން ތި ބޭފުޅުން ގަބޫލު ވެސް ނުކުރާ ބައެއް ނޫން ތޯ ތި ގައުމަކީ..!! ދެން ކީއްކުރަން ތޯ ތި އާދޭސް ކުރަނީ...!!

    51
    2
  6. އިޒުރޭލްމީހާ

    ޕެޑްމޭން ގޮސް ވެކްސިން ހިފައިގެން އާދޭ. ރަނގަޅު ޗުއްޓީ ދަތުރެއް އަޅާލެވޭނެ އެއްނު

    50
    2
  7. ކޮވިޑް

    ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ( އެމް ޑީޕީ ޕެޑް ހުސެއިން) 100،000 ޑޮލަރު މާ ބޮޑަށް ވެސް އޯކޭ މި ޤައުމުގެ ބަޔެއް އިންޑިޔާ އަށް ދިނުމަށް ވުރެ.

    54
    2
  8. ރ

    ޕެޑު ހުސެން ކަންބޮޑުވަނީ އެއްލައްކަ ވެކުސިނަށް އޭނާއަށް ގަރާޖު ސިޓީ ނުވިއްކޭނެތީ... ކޮންއިރަކުންތަ މީނާއަށް ދައުވާކުރަނީ

    47
    2
  9. އބ

    ހިލޭ ލިބިފައި ހުރިއެއްޗެއް ފްރެއިޓް ދައްކާފައި ގެންނަން، ގަނެގެން ގެނައުމަށްވުރެ ޚަރަދު ކުޑަވާނެ. އެއްލައްކަ ޑޮލަރުދީފައި ނުގެނެސްގެން ތިއުޅެނީ ކީއްވެ. އެވަރަށް ފައިސާ ނެތީތަ؟

    49
    2
  10. ހަސަނުގެ ދަރި

    ޕެޑް ހަސަނާ ކަލޭމެން ނުޖެހޭނެ ޗައިނާގެ ވެކްސިން ލިބިގަންނާކަށް. އިންޑިއާއިން ބޭނުންވާ ހުރިހާ ވެކްސިނެއް ފޯރުކޮށްދޭ ނޫންތޯ ؟ ރަމްޒީ ކަމެއްގެ ގޮތުގައި އެކަން ބާއްވާ . ސަފިރު ޓެގްކޮށް ޕެޑްމެން ވާހަކަ ދެއްކީމަ ހަމަ ހިނި އަންނަނީ. އިންސާނުން ވިއްޔާ ކޮންމެވެސް ވަރެއްގެ ލަދުހަޔާތެއްވެސް ހުންނަން ޖެހޭނެހެން ހީވަނީ. އެމީހުން އެއޮތީ އަތް ނުލާ އައްދޮ ކިޔުއްވާފަ. ބެނުމިއްޔާ ބަލާދޭ އެއްލައްކަ ޑޮލަރެކޭ ޕެޑެކޭ ކިޔާނެ ކަމެއްނެތް . ނޫނީ އިންޑިއާއިން ވެކްސިންހޯދާ . އިންޑިއާއަށް ގައުމު ވިއްކާލައިގެން ތިތިބީ އެމީހުން ގެނެސްދޭނެ އެއަފޯސް ފްލަްޓްތަކުގަ ވެކްސިން.

    38
    2
  11. ޙާލަތު

    ޕެޑަށް ވީވަރު ނުވާނެބާ އަނެއްކާ!!! ޕެޑް މޭން

    38
    2
  12. ދިލްބަހާރު

    ތިއުޅެނީ 100000 ޑޮލަރު ކާލާނެ ގޮތެއް ނޭންގިގެން. ވައްކަން ކުރުން ނޫން ކަމެއް ނޭންގޭނެ ކުރާކަށް

    44
    2
  13. ބުއްދި

    ވިޔަފާރިވެރިން އަދުން އެތެރެކުރަނީ ކިތައް ޑޮލަރު ދައްކައިގެންތޯ؟ ޗައިނާއިން ހަދިޔާކުރި ވެކްސިންވެސް ފޮނުވާނީ ޗައިނާ ސަރުކާރުން. އިންޑީޔާއިން ވެކްސިން ގެނައީ އަދުންވިއްައިގެން ލިބުނު ޑޮލަރުންތޯ އަޅުގަނޑު އަހާލަން.

    34
    1
  14. ހަގީގަތް

    އިންޑިޔާ ވެކްސިން އަންނަނީ އޭގެ އަމިއްލަ ޒާތުގައި ރަށްރަށަށް މަސްތުވާތަކެތި ލައްގާހެންތަ؟

  15. ޖަޒީރާ 07

    ޕެޑްމޭން މިއަދު ހެނދުނު ކީއްތޯ ކުރީ އަމިން އެވެނިއު ދޮރުމަތީ؟ ވަރަށް ކޮޅުކޮޅު ބެލި....🤣

    34
    1
  16. ހެހެ

    ޕެޑް މޭން ގެނެސްދޭންވީނު

    29
    1
  17. ަސދަސ

    ޗައިނާ ސިފައިން ރާއްޖޭގައި ނުތިބޭނެ ގޮތަށް އެއްމިލޔަން ޑޮލަރު ހަރަދުކޮށްގެންވެސް ގެްންނަންވީ.
    ހިލޭ ދިންމީހުން މަޖްބޫރުކުރީ އެމީހުން މިތާ ގާއިމުވެތިބެން. އެއީ މިލިޔަނުން ގުނައި އަދަދު ނުކުރެވޭ ވަރުގެ ގެއްލުމެއް.

  18. ފިދަނަ

    ހަހަހަ ޕެޑް މޭން ކަޑުކޮސް ވާހަކަ މާގިނައިން ދައްކަނީ

  19. ޢަލިބެ

    ޕެޑުމޭނަށް ބޮޑުމުސާރައެއް ދޭތީ ކަންބޮޑުވޭ

    7
    1
  20. ހުސެން ޕެޑް

    ޕެޑް ހުސެން

  21. ލޮލް

    ޕެޑްމޭން ޓު ދަ ރެސްކިއު

  22. ކަންބަލާމީހާ

    ރާއްޖެއިން ޗައިނާއަށް ފްލައިޓު ޝެޑިއުލްތައް ހަމަޖެއްސީމަ ތިކަން ތިނިމުނީނު މިސަރުކާރުން ޗައިނާއަށް ފްލައިޓް ދަތުރު ކުރަން ބޭނުންނުވާތީދޯ ތިކަންތައް ދިމާވެގެން ތިއުޅެނީ

    6
    1
  23. ކުޑަކާށި

    ޕެޓްމޭން ކާރުޚާނާއިން އުފަދަންވީނު ، ޗައިނާބާކީކޮށްފަ އޯކޭވާނެ ....

  24. ފޫހިވޭ

    ކަލޭމެން ދެއިރު ދެދަޅަޔަށް ބަވާ އަޅައިރު އެހެން މީހުން ކަމެއް ކޮށްފާނެ ކަމަށް ހީނުވަނީތަ؟! ޗައިނާއިން އެހެދީ ހަމަ ރަނގަޅަށް. ހުންނާނެ ރާކަނިމަސް ކެވިފަ. ދެން ގެރި މޯދީ ކައިރީ ބުނޭ ވެކްސިން ކޮޅު ގެނެސް ދޭށޭ. ނޫނީ ކުރިން "ހިލޭ" ދިން ބައިގެ އަގުވެސް ހިމެނޭ ގޮތަށް އަގުބޮޑުކޮށް ގެރިގރު ވެކްސިން ގަނެގެން ގެނޭ. އެ ގެންނަން 100 އިންޑިޔާ ސިފައިން، ބަލަހައްޓަން 200 އިންޑިޔާ ސިފައިންނާ އެކު.

  25. ކިނބޫ

    ދެން ކީއްތަވީ! ގޮސް ގެނެބަލަ ކަލަ ނުގޮވާ. އެވަރު ކަމެއްތަ އެއީ.

  26. ދޮން އަނދުނޭ

    ކޮބާ އަހަރުމެންގެ އިންޑިއާ. ސަންގޯރު ކައިރީ ބުނެލަނިކޮށް ތިކަން ހަމަޖެހިދާނެ. އަނދުންޕެޑޭ ހާސްނުވެބަލަ. ކަލޭގެ 25 ކާރު ވައްދާ ކޯސްޓުދަޅު ގަރާޖުން ޚަރަދު ކުރާނެ ކަމެއް ނެތޭ.