މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަލަހައްޓަމުން އަންނަ އައްސޭރި ޖަލު ފުރިފައިވާ ކަމަށާއި އެ ތަނުގައި ގައިދީން މަސްތުވާތަކެތި ބޭނުން ކުރުން އާންމުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޕެޓިޝަން ކޮމިޓީން ތައްޔާރު ކުރި ރިޕޯޓެއްގައި ބުނެފިއެވެ.

އައްސޭރި ޖަލުގައި ތިބި ގައިދީންތަކެއް ކަންބޮޑުވުން ފާޅުކޮށް، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ޕެޓިޝަނަކާ ގުޅިގެން އެ މައްސަލަ ދިރާސާކޮށް ޕެޓިޝަން ކޮމިޓީން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އައްސޭރި ޖަލުގެ ކެޕޭސިޓީއަކީ 320 ކަމަށްވާ އިރު މިހާރު ވެސް އެ އަދަދަށް ގައިދީން ބަންދުގައި ތިބި ކަމަށެވެ. މީގެ ސަބަބުން ކުރިމަގުގައި ޖަލުގެ ޖާގައިގެ ދަތިކަން އިތުރަށް ބޮޑުވެގެން ދާނެ ކަމަށާއި މިއީ ޖަލުގައި އަހުލާގީ މައްސަލަތައް އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކޮމިޓީ މެމްބަރުން ޖަލަށް ކުރި ޒިޔާރަތަށް ފަހު ފާހަގަ ކުރި ކަންކަމުގެ ތެރޭގައި ހިންމަފުށީ ޖަލު ފުރިފައިވުމާ އެކު ޖުމްލަ ގޮތެއްގައި ގައިދީން ޖަލުގައި ދިރިއުޅުމުގެ ފެންވަރު ދަށްވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މިކަމުގެ ސަބަބުން ކުރިމަގުގައި ސިއްހީ އެތައް ކަންކަމާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ޕެރޯލް ބޯޑުގެ މެމްބަރުންނާ ހަވާލާދީ ބުނެފައި ވަނީ ޖަލުގައި މަސްތުވާތަކެއްޗާއި މަސްތުވުމަށް ބޭނުން ކުރާ ބޭހާއި ދުންފަތުގެ ބާވަތްތައް އާންމުވެފައިވާ ކަމަށެވެ. އެގޮތުން ކުޑަކަމުދާ ތަކެތި ޓެސްޓް ކުރާ އިރު، ކޮންމެވެސް ބާވަތެއްގެ މަސްތުވާތަކެއްޗަކަށް ގައިދީން ޕޮޒިޓިވްވަމުންދާ ކަމަށާއި ޖަލުގައި މަސްތުވާތަކެތި ލިބޭ ކަން ގައިދީން ވެސް ފާޙަގަ ކުރާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން ޖަލުގައި އެކަށީގެންވާ ގޮތެއްގައި ރިހިބިލިޓޭޝަން ޕްރޮގްރާމް ނުހިންގާ އިރު، ޖަލުގައި ބޭސް ސިޓީއެއް ނެތި ގައިދީންނަށް ބައެއް ބޭސް ދެމުން އަންނަ ކަމަށް ވެސް ޕެޓިޝަން ކޮމިޓީގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ހިންމަފުށީ އަސޭރި ޖަލަށް ޒިޔާރަތްކޮށް ޖަލުގެ އިސްވެރިންނާއި ޕެޓިޝަންގައި ސޮއިކޮށްފައިވާ ގައިދީންނާ ބައްދަލުކޮށް ލިބިފައިވާ މައުލޫމާތާއި ޕެރޯލް ބޯޑާާއި ކްލެމެންސީ ބޯޑުން ދީފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ޕެޓިޝަން ކޮމިޓީން ވަނީ ގިނަ ކަންތައްތަކެއް ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި ހިންމަފުށި ޖަލު ފުރިފައިވުމުން ބަޖެޓުގެ ތެރެއިން ހައްލެއް ގެނެވެން އޮތް ނަމަ އެ ހައްލު ގެނައުމަށް ކަމާ ގުޅޭ އިދާރާތަކުން މަސައްކަތް ކުރުމާއި ޖަލުތައް ފުރޭ މައްސަލަ ހައްލު ކުރަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖަލުތައް އަޅަން ކޮމިޓީން ލަފާދީފައިވެއެވެ. ކޮމިޓީން ފާހަގަ ކުރި ގޮތުގައި މިއީ ޖަލުތަކުގެ ދިރިއުޅުމުގެ ފެންވަރު އެކަށީގެންވާ މިންވަރަށް ހިފެހެއްޓުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

މީގެއިތުރުން އައްސޭރި ޖަލުގައި ބަންދު ކުރާ ގައިދީން މަދު ކުރުމުގެ ގޮތުން ޖަލުގައި އަހުލާގު ރަނގަޅަށް އުޅޭ މީހުންނާއި ކުށް ކުރުން މަދު މީހުން ފާހަގަކޮށް އެފަދަ މީހުންނަށް މާފު ދިނުމުގެ ހާއްސަ އުސޫލެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާ، އެފަދަ މީހުންގެ އަދަދު މާފުކޮށްދޭން އިލްތިމާސް ކުރުމަށް ވެސް ކޮމިޓީން ނިންމާފައިވެއެވެ.

ހަމައެއާ އެކު ޖަލުގައި މަސްތުވާތަކެތި ގެންގުޅޭ ކަން ފާހަގަވެފައިވާތީ ކުރިމަގުގައި އެކަން ތަކުރާރުވިޔަ ނުދިނުމަށް ކަރެކްޝަނަލް ސާވިސް އިން ޒިންމާދާރުކަމާއެކު ޖަލުތައް މޮނިޓަ ކުރުން މުހިންމު ކަން ކޮމިޓީ ރިޕޯޓުގައި ފާހަގަ ކުރިއެވެ.

އައްސޭރި ޖަލުގައި އާންމުކޮށް ތިބެނީ ކުދި ކުށްތަކާއި މެދުފަންތީގެ ކުށް ކޮށްފައި ތިބޭ މީހުންނެވެ. އޭގެ އިތުރުން ބޮޑެތި ކުށްތައް ކޮށްފައި ތިބޭ 18 އަހަރުން ދަށުގެ ކުޑަ ކުދިން ވެސް އައްސޭރި ޖަލުގައި ގެންގުޅެއެވެ.

އައްސޭރި ޖަލުގައި މަސްތުވާތަކެތި އާންމު ވެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވާއިރު މީގެ ކުރިން އެތައް ފަހަރަކު އެ ޖަލަަށް މަސްތުވާތަކެތި ވައްދަން އުޅެނިކޮށް އަތުލައިގަނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނަބީޙް

    " ޗޮކުންފެރީ " އޭ ކިޔައިގެން އިންޑިޔާގެ ޓޮޓިކޯރިންއާ ރާއްޖެއާދެެމެދު ދަތުރުތަކެއް ކުރަންފެށީ ސީދާ މިކަމަށް އަމާޒުކޮށްގެންނެވެ. ސަރުކާރުން ބޭނުންވި ނަތީޖާ އެކަމުގައި ނެރެވިއްޖެއެވެ.

    24
    2
  2. ިމުހައްމަދު

    ޖަލު ބަލަހައްޓާ މީހުންގެ ޒިންމާ އަދާނުކުރާތީ ތި ރިޕޯޓުގައި އެއްވެސް އެއްޗެއް ނުބުނޭތަ!؟ ޖަލަށް މަސްތުވާތަކެތި ވަންނަ ގޮތާމެދު އެއްވެސް އެއްޗެއް ތި ރިޕޯޓުގައި ބުނެފައެއް ނެތްތަ!؟ ތިވަރަށް ތިރިޕޯޓް ލިޔުނު ބަޔަކަށް މިކަންކަން ހިނގާގޮތަކާމެދު އެއްޗެއް ބުނެލަން ނުކެރުނީ ކީއްވެ!؟

    8
    1
  3. މަންޑޭ

    މިއޮއޮއް ކުޑަ ކުޑަ ގައުމަށް ތި އެތެރެވުން ހުއްޓުވޭނެ އެއްވެސް ގޮތެއް ހަމަނެތީތޯ ކޮންމެވެރިޔަކުހުއްޓަސް މީއީ ވާވަރުގެ ކަމެއްހެންނެއްހިޔެއްނުވޭ

  4. ޒާ

    ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ކުށްކުރުން ބަންޑުންވެ ފެއިލްވެފާވާތަން. ސަރުކާރު ފެއިލްވެއް ބޮޑުތަނުން.

    10
    1
  5. އޮފިސަރ

    މިހާރު ހުރި ސީޕީއަށް ހެޔޮ ކޮންމެގޮތެއްވެސް އޭނާއަށް މުސާރަޖަމާވައްޏާ ނިމުނީ.. މިތައް ހިންގުމަށް އެއްވެސް ކަމެއްނުކުރޭ ޖަލުތަކަގެ ހާލާތު ދުވަހުން ދުވަހަށް ދަނީ ދަށަށް...

    5
    1
  6. ބަރުގޮނު

    ރަޢިއްޔަތުން ގޯތި ކުދިންނަކަށް މިކަން މާ ބޮޑުކަމަކަށް ނުވާނެ. އެގޯތީ ބޮޑުކުޑަ ކުއްޖާއަށްވެސް މުހިންމުވަނީ ލޮކްޑައުން ނެތުން. ޖާގަ ނެތިގެން ވަގުތީގޮތުން ގޭގައި ތިބި ކުދިންނަށްވެސް ލޮކްޑައުން ނެތިއްޔާ ފަސޭހަވާނެ. ކެންޕޭނު ޢީދުގައި ހަދިޔާވެސް ލިބޭނެ.

  7. ނޯ

    ގައުމުފަނާވަނީ މަސްތުވާތަކެތީގައި އެންމެންވިއްކަމުންދަނީ ފާޅުގައި އެންމެންގެ ކުރިމަތީގައި ކުރެވޭނެކަމެއްނެތިދަނީ. ދެވޭނެއަދަބެއް ކުރެވޭނެކަމެއްނެތިފައި. އެމީހުންނަަންދޭންއެންމެ ރަގަޅުއަދަބަކީ ދުއްރައިންތަޅާފައި ގެއަށްފޮނުވާލުން. ކޭއްވެބާ މިހާރުހައްދު ނުޖަހަނީ . އޭރުންނުޖެހޭނެ ހައްޔަރުކުރާކަށް . ޖަލުނެތިގެންއުޅޭކަށް. ވަރަށްއަވަހައް އެންމެން އެކީ އިސްލާހުކުރެވިދާނެ

    3
    1
  8. ހުސެންބެ232323

    ތިއީ ގޭންގަކުން ބަލަހައްޓަމުން ދާތަނަކާ ވައްތަރީ؟ ކޮން ކަރެކްޝަނެއް އަނެކެއްޗެއް؟

    5
    1
  9. ހުސޭނުބޭ

    ތަނުގެ ބޮޑުމީހާއަކީ ވަގަށް ފޯނު އެތެރެކުރި މީހެއް! ވީމާ އޭނާ ދަންނަ ފެންވަރަށް އައްސޭރި ޖަލުގެ ޚިދުމަތްތައްވެސް ތިހުރީ

    3
    1
  10. ސޫކުރޭ

    ޢެއީ ދޮގެކެވެ.

  11. ސަޓޯ

    ކަލޯ މެނަށް ކުރެވުނު ކަމެއް ބުނެބަލަ.. ތިއީ އިމުރާނު ބުރުއަޅުވާލަން ޖަހާ ރޮކެޓެއް ކަން ޔަގީން