މިސްކިތްތަކަކީ ބިންމަތީގައިވާ ﷲގެ ގެކޮޅެވެ. މިސްކިތްތަކަށް ފުރިހަމަ ކޮންމެ މުސްލިމެއްގެ ހިތުގައި ހާއްސަ ގަދަރަކާއި، އިހްތިރާމެއް ދެވިފައިވެއެވެ. ނަމަވެސް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން މިސްކިތްތަކުގައި ސިޔާސީ ހަރަކާތްތައް ހިންގާތާ މިހާރު ދެތިން އަހަރު ވެއްޖެއެވެ. އެންމެ ފަހުން އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ފިކުރު ހައްދުފަހަނައަޅައި ގޮސް ކައުބަތުﷲ ގެފުޅު ތަޣައްޔަރު ކުރުމުގެ މަސައްކަތް ވެސް މިވަނީ ފަށާފައެވެ.
ރައީސް ޔާމީން އާއި ދެކޮޅަށް ތާނަ އަކުރުން ލިޔުންތައް ލިޔެ މައްކާއަށް ގޮސް އުޅޭ އެހެން ގައުމުތަކުގެ މީހުންގެ އަތައް އެލިޔުންތައް ދީގެން އިދިކޮޅު ފަރާތްތަކުން ގެންދަނީ ފޮޓޯ ނަގާ އެފޮޓޯ މީސް މީޑިއާގައި އާންމު ކުރަމުންނެވެ.
މިއީ ރައީސް ޔާމީނަށް ކުރެވޭ ފުރައްސާރައެއް ނޫނެވެ. މިއީ ރައީސް ޔާމީނަށް އެކަމުގެ ސަބަބުން ދެރައެއް ލިބޭނެ ކަމެއް ވެސް ނޫނެވެ.
މިއީ މުސްލިމުންގެ ކުރިމަތީގައި ދިވެހިންގެ އަގުވައްޓާލާ، ދިވެހިން ތަބާވެގެން ތިބި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލެކެެވެ.
ކައުބަތުﷲ ގެފުޅު ކައިރީގައި ވެސް ރައީސް ޔާމީނާއި ދެކޮޅަށް އަޑުއުފުލަނީ ކަމަށް ބުނެ އިދިކޮޅު އެކްޓިވިސްޓުން އެފޮޓޯތައް މީސް މީޑިއާގައި އާންމު ކުރަމުން ދިއުމުން އެފެންނަނީ އިދިކޮޅު ފަރާތްތަކުގެ މޮޅު ކަމެއް ނޫނެވެ. އެފެންނަނީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުން ހައްދުފަހަނައަޅައި ގޮސްފައިވާ މަންޒަރެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ. "އުޑުތަކާއި ބިން ހެއްދެވި ދުވަހުއްސުރެ މިރަށް (މައްކާ) ވަނީ ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވައިފައެވެ. ޤިޔާމަތް ދުވަހާއި ޖެހެންދެން އެރަށަކީ ﷲ ތަޢާލާގެ ޙުރުމަތުން ޙުރުމަތް ލިބިގެންވާ ޙަރަމެއްކަމުގައި ލެއްވިގެންވެއެވެ."
ދުއާ އަކަށް ހުކުމެއް ނުކުރެވޭނެ. ބަންދެއް ވެސް ނުކުރެވޭނެ. ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ އިރު ލިބޭނެ ބަދު ދުއާ އަދި އާހިރަތުގެ ހިތިކަމަށް ނުވިސްނާތީ މައްސަލައަކީ.
ތިޔަކަމަށް އަތްތިލަބަޑިޖަހާ ތަރުޙީބު ދޭން ދޮންކުދިން ތިބޭނެ. ތިޔަ ދަށު ދަރަޖާގެ ޢަމަލުން އެގެނީ ތިޔައީ ސޭކުން ގެ ތެރެއިންވެސް ބޮޑެތި ސޭކުން އިދިކޮޅު ގައި އެބަ ތިބިކަން.
ތަންދޮރު ނުބަލަ މީހުންގެ މަސް ނުކައި މި ފަހު ދިހަައިގެ ސަވާބު ހޯދިއްޔާ މާރަގަޅެއްނު
ކަލޭމެނަށް ކިހިނެތް އިނގެނީ އިދިކޮޅު މީހުން ކުރި ކަމެއް ކަން؟
އެއްކޮޅުނޫންކަން އެގޭތީ..
ސިޔާސީވެގެން ގޮސް ހައްދުފަހަނަ އެޅީމަ ދެން މިބައިމީހުންނަށް ނޭނގޭ ކުރެވޭ ނުކުރެވޭ ކަމެއް. ދީނުގައި އޮންނަނީ ބަދު ދުއާކުރުމެއް ނޫން. ދީނުގައި އޮންނަނީ ހެޔޮ ދުޢާ ކުރުން.
ބަދުދުޢާވެސް ކުރެވޭނެ ހާލަތް އޮންނަކަން އިގޭތޯ
ވަރަށް ވުރެ އަނިޔާވެރިކަން ބޮޑުވީމާ މިޔަށްވުރެވެސް ގޯސްވާނެ
ސިއްރުގައި ދުޢާކުރާ ކިތައް މީހުން ތިބޭނެބާ
ބަރާ ބަރު ވާހަކއެއް.
ޥެރިން ޖަނަވާރަށް ބަދަލުވީމާ ހުރިހާ މީހުންވެސް ހަޔާތް ކެނޑޭނެ.
. ގާނޫނުއަސާސީއެތްފަރާތްކޮށްބޭއިންސާފުންރައަިތުންނާދޭތެރޭކަންކަންކުރުމުގެނަތީޖާތިފެންނަނީ
ތިޔަބުނާ ރައްޔިތުން ނަކީ ކޮބައިބާ މައުމުމާ އައްނި ޔާ ގާސިމަކީ ރައްޔިތުން ކަމައް ވަނަޔާ ދުވަހަނު އެމީހުން ނެތަސް ހެޔޮ
ކިހިނެތްތޯ އެނގެނީ މީ އިދިކޮޅު ފަރާތްތަކުގެ ޢަމަލެއްކަމެއް؟ މި ވެދާނެ ނޫންތޯ ސަރުކާރުގެ ކަމަކަށްވެސް ރައްޔިތުންގެ ސިންޕަތީ ހޯދުމަށް ކުރާ!
2018 ޔާމީން
2018 ނިމެނީ
ތިއީ ދުއާކުރުމެއް ނޫން.ތިއީ ކަންދެއްކުމުން ފުރިގެންވާ އިޚްލާޞްތެރިކަމެއް ނެތް ވިޔާނުދާ ޢަމަލެއް. ﷲއަކީ ސިއްރާއި ފާޅުގައި ހިނގާ ހުރިހާ ކަމެއް ދެކެދެނެވޮޑިގެންވާ އިލާހު. ﷲއަށް ދުޢާ ކުރަންޖެހޭ ވަކި ހަމަތަކަކާއި އުސޫލުތަކެއް ހުރޭ. ﷲ ގެ ރަޙްމަތާއި ވާއްގަށް އެދޭކަށް ޕޯސްޓަރު ހަދާކަށްނުޖެހޭނެ. ﷲއަކްބަރު
ކަލޭމެނަށް ނުވާނެ ހަޖަމެއް ހެހެހެހ
ކޮންމެ ބަޔަކު ކުރިޔަސް މިއީ ވަރަށް ވިޔާނުދާ ނުބައިކަމެއް!!! ނުބައިކަމެކޭ މި ބުނީ މިއީ ދެއްކުންތެރިކަމުގެ ގޮތުން މި މާތް ބިމުގައި ތަންދޮރު ނުދަންނަ މީަކު ނުވަތަ ބަޔަކު ކޮށްފައިވާކަމަކަށްވާތީ!! ސިޔާސީގޮތުން ކުރި ވިޔާނުދާކަމެއްވެސްމެ!! ކަމަކަށް އެިދި ދުޢާކުރަންވީ ހަމަ ހެޔޮގޮތުގައި!! ކޮންމެހެން ބޯޑުގައި ލިޔެގެން އެހެން މަގުސަދެއްގައި ކުރާކަމެއްނޫން ދުޢާކުރުމަކީ!! ތަންދޮރު ނުދަންނަ ސޭކުން ގިނަވީމަ މިކަހަލަ ކަންތައްތައް ފެންނާނެ!!! މިކަން ކުރި މީހުނަށް ހެޔޮވިސްނުން ދެއްވާށި!! އާމީން!!
ނޫން. ދުޢާ ކުރުމުގައި ކޮންމެ ތަނެއްވެސް ހަމަރަގަޅު. އެމީހަކު ކުރަނެ ދުޢާއެއް އެގޭނީ އެމީހަކަށް. ﷲ ތަޢަލާ އަނިޔާލިބޭމީހުންގެ ދުއާ އެންމެ އަވަހަށް މުސްތަޖާބު ކުރައްވަނެކަމަށް ވަނީ އަންގަވާފަ، ދުޢާ ކުރުމުގައި ކަޢޫބާ ޝަރީފް އާ މަސްޖިދުއްނަބަވީ ޚާއްޞަވަނީ އެތަންތަނުގަ ކުރާ ދުޢާ މުސްތަޖާބުކުރެއްވުން އަވަސްވެފައި އެކަން ދައްކަވާނެތީ އަނިޔާލިބޭމީހުން ﷲ ހަޟްރަތުގައި ގިނަގިނައިން ދަންނަވަންވީ. ﷲގެ ރަސޫލާވެސް ވަނީ އަނިޔާވެރިން ހަލާޚު ކުރެއްވުމަށް އެދި ސީދާ އެމީހުންގެ ނަންތަށް ބޭނުންކުރައްވައިގެން ދުޢާ ކުރައްވާފައި
މީދެރަކަމެ މައްކާއަދަނީ އަޅުކަންކުރަން މީހުންނާދިމާކުރާކަނުން.
އެކަން ަެއެކުރަނީ ރަންރީންދުލޭމެން
ﷲ ވޮޑިގެންވާކަން އެމްޑީޕީ މީހުންނަކަށް ނޭގޭނެ ހަމައެކަނި އިސްލާމް ދީނާއި ދެކޮޅު ވިސްނުންތަށް ވިސްނޭނީ މައްކާ ހަރަމްފުޅުގަ ސިޔާސީ މަސައްކަތް ބަޔަކު ލައްވާ ކުރުވަނީ ހަމަ ލާދީނީ ނަޝީދު އެހެން އެއްވެސް ބައެއްނޫން އިޒްރޭލު އެމެރިކާ ފަދަ ގައުމެަްގެ ވެރިޔަކާ ދެކޮޅަށް މިފަދަ ކަމެއް ކުރަން ނުކެރުނީ ކީއްވެބާ
ވަރަށްވުރެ ޖާހިލުވެއްޖެއިއްޔަ ތެދުމަގެއް ނުފެންނާނެ ﷲގެ މާތްވެގެންވާ ހަރަންފުޅު ތެރޭގަވެސް އިދިކޮޅުމީހުން މުޒާރާކިރަނީ ލަދެއްބިރެއްތި ﷲ ހަނދުމަވުމެއްނެތި މާތްކަލާކޮ
އާމީން
ޢުފަވެއްޖެ
އިދެކޮޅު މީހުން ނޫން ކޮންބަޔެއް.ހައްދު ފަހަނައަޅާ ދާބަޔަކީ އެއީ.
މިހާރު ވެރިކަން އަވަހަށް ނެތިފަނާކުރައްވައިފާނދޭވެ. އަދި ވަގަށްނަގާފައިވާ ފައިސާ އޭގެ ހައްގުވެރިންނަށް ދެއްވައިފާދޭވެ.
އެއީ އެންމެ ފުރަތަމަ ފިކުރެއްތޯ؟ އަިލފާންޖެހުމާ ގަތުލްހިންގުމާ ރާބުއިމާ ޑްރަގު ނެގުމާ އެތަކެތިން ވިޔަފާރިކުރުމާ މުޖއތަމައުގެ އިޖްތިމާއީފޭރާން ވީދައި ސުންނާފަތިކޮށް މަގުމަތީގެއަމާންކަން ނަގާލައި ޖަންގަލީގެ ގާނޫަނާ އެއްގޮތަށް ވެރިއަކަށް އިމާމަކަށް އިލުމވެރިއަކަށް ނުބަލައި ހިރުހުރިގޮތަކަށް އުޅުން އެއީ ފިކުރެއްކަމަށް ވަންޏާ ތިޔައީ ހަމަ ނުބައިކަމުގެ 1 ވަނަ ދަރަޖައިގެ ފިކުރެވެ.
ތިޔައީ ޤާސިމް އިބްރާހިމް ލާރި ހަރަދުކޮށްގެން ހިންގާ ބޮޑެތިވިހާ ޖަރީމާކަމަށް އަޑުއެހިން.. ކިހިނެއް މުދަލުގަ ބަރަކާތްލައްވާނީވެސް
ޤާސިމޫ މިދެން ބޮޑުވަރު... ތިހެން އަދި އުޅުނަސް ވެރިކަމަކަށް ނާދެވޭނެ..
ޤާސިމާ ޖޭޕީ އަމީނުމެން މިހާރު ކެނެރީގޭ މޮޔަ ސޮރާ ބޮޑު ހުޅު ޕާޓީއަށް ވުރެއް ވެސް ކުރީގަ ދެއްތޯ ތިޔަ އުޅުއްވަނީ ޖަރީމާ ހިންގުމުގަ
ސިޔާދު ޤާސިމް ދޫވެފައޭ ތިޔަހަރީ... މިހާރު ޖަރީމާ ޕާޓީއަކީ ޖޭޕީ އެމްޑީޕީވެސް ނުވޭ އެއްޗަކަށް..
ޖޭޕީ ސަމީރު މެން އަމީނުމެންނަށް ހީވަނީ ދޯ ލައްކައެކޭ..ރީނދޫބައިގަނޑުވެސް ނުޖައްސާވައްތަރެއް ތިޔަފެށީ ޖައްސައްން
މިއީ ވަގުތު ނޫސްމީހުން އަޑީގަ ތިބެގެން ކުރިކަމެކޭ ކިޔާތީ އަޑު އަހައިފިއްޔަ އެވާހަކަވެސް ލިޔެވޭނެތަ؟ ސާބިތު ނުހިފޭ ދޮގޮ ހަބަރު ލިޔެގެން އަތް ވާވެދާނެތީ ބިރު ނުގަނޭތަ.
އަނިޔާލިބޭ މީހާ ބަދު ދުވާވެސްކުރާނެ
ޔާ ﷲ ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސްދެއްވާ، އޭނާ މިގައުމާ މިގައުމުގެ ރައްޔިތުންނަށް ކުރި އަނިޔާގެ ބަދަލު އޭނާއަށް ދައްކަވާފާންދޭވެ
އެވެސް ޕީޕީ ގެ ތަނެއްދޯ ހަހަހަ
ގޮތް ހުސްވީމަ ހުރިހާކަމެއްވެސް ކުރާނެ. މިކަން ކުރިބަޔަކީ ދީން ގަބޫލުކުރާ ބައެއްކަމަކަށް ގަބޫލެއް ނުކުރެވެ
ީދިކޮލުފަރަތ