ރެއިންބޯ އަކީ އަބަދުވެސް ދިވެހިންނަށް އެންމެ ޒަމާނީ ފަރުނީޗަރު ފޯރުކޮށްދިނުމުގައި އިތުބާރު ހޯދާފައިވާ ޒަމާންވީ ކުންފުންޏެކެވެ. ކޮންމެ ފަރުނީޗަރެއް ގަންނަންވި ނަމަވެސް އެންމެ ފަސޭހައިން ދެވޭ ތަނަކަށް ރެއިންބޯ ވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރެއިންބޯ އިން ދީފައިވާ ޚިދުމަތްތަކުގެ ސަބަބުންނެވެ.
ރެއިންބޯ ލިވިންމޯލްގެ ފުރަތަމަ ފަންގިފިލާގައި ގާއިމް ކޮށްފއިވާ ލިވިންގްޑިޒައިން ސުޓޫޑިޔޯއިން ތިޔަބޭފުޅުން ބޭނުންވާ ގޮތަށް ކިޗަން، ބިލްޓްއިން އާއި ވޯކިން ވާރޑްރޮބް އަދި ކަސްޓަމައިޒް ފަރުނީޗަރު ޑިޒައިންކޮށް ތައްޔާރުކޮށް ސަޕްލައިކޮށް ރާވާދިނުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.
އެންމެ ފުރިހަމަ ބަދިގެ ސެޓްތައް ދިވެހިންގެ ބަދިގެތަކާއި ހަމައަށް ގެނެސްދިނުމަށް ރެއިންބޯ އިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެކުންފުނިން ވަނީ ރާއްޖެ އަށް ޖަރުމަންވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ނޮބީލިއާ ކިޗަން ތަޢާރަފް ކޮށްފައެވެ.
ނޮބީލިއާ އަކީ ރެއިންބޯއިން ސީދާ ޖަރުމަންވިލާތުން ރާއްޖެއަށް އެތެރެކުރާ ބްރޭންޑެކެވެ. ނޮބީލިއާ އަކީ ދުނިޔޭގެ 09 ގައުމެއްގައި އުފެއްދުންތައް ވިއްކަމުން އަންނަ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ބްރޭންޑެކެވެ. ނޮބީލިއާގެ އުފެއްދުންތަކަކީ ޖަރުމަންވިލާތުގެ ކުއަލިޓީ ކޮންޓްރޯލް އެސޯސިއޭޝަން ފާސްކޮށްފައިވާ ބްރޭންޑެކެވެ. ނޮބީލިއާ އަކީ ޖަރުމަނުގެ ކިޗަން ފަރުނީޗަރު އުފައްދާ އެންމެބޮޑު ކުންފުންޏެވެ.
ނޮބީލިއާގެ މަޤުޞަދަކީ ކަސްޓަމަރުން އެދޭ އަދި އެންމެ ބޭނުން ބަދިގޭ ސެޓްތައް ރަނގަޅު ފެންވަރުގައި ރަނގަޅު އަގެއްގައި ފޯރުކޮށްދިނުމެވެ. ކަސްޓަމަރުން ބޭނުންވާ ސައިޒަކަށް ބޭނުން ކުލައެއްގައި އަދި ބޭނުން ޑިޒައިނަކުން ނޮބީލިއާގެ ބަދިގެ ސެޓް ލިބެން ހުންނާނެއެވެ.
ނޮބިލިއާ ބަދިގެ ސެޓް އެކްސްކުލޫސިވް ކޮށް ރެއިންބޯ ލިވިންމޯލުން ލިބެން ހުންނާނެއެވެ.
ކިހާވަރަކަށްތަ ތީގެ ބަދިގެ ސެޓެއް ލިބެނީ؟
ހާދަ ވަރަކަށް ތި ބްރޭންޑް ބަދަލުވަނީ . ވަގުތުން ތޯ ނުވަތަ އޯޑަރުދިނުމުން ގެންނަނީ ކިހާދުވަހަކުންތޯ.