މިޔަރުގެ މަސްވެރިކަމަކީވެސް އެއިން އިޤްތިސާދަށް ފައިދާކުރާނެ ކަމެއް ކަމަށާއި، މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިޤްތިސާދީ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ފެށީ 1970 ގެ އަހަރުތަކުތެރޭގައެވެ. މިޔަރުގެ މަސްވެރިކަން މަނާކޮށް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން މިޔަރު ހިފުން މަނާކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ.
އިއްޔެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، ދުނިޔޭގައި މިޔަރު ހިމާޔަތްކޮށްފައިވަނީ މަދު ޤައުމުތަކެއްގައި ކަމަށެވެ. މިޔަރު ހިމާޔަތް ކޮށްފައިވާ ގައުމުތަކުގެ ތެރެއިން މިސާލެއްގެ ގޮތުގައި މިނިސްޓަރ ޒަހާ ނެންގެވީ ޕަލާއޯއެވެ. އޭނާ ވިދާޅުވީ ޕަލާއޯ އަކީ މަސްވެރިކަން ކުރާ ގައުމެއް ނޫން ކަމަށެވެ.
ޒަހާ ވިދާޅުވީ މިޔަރަކީ ވެސް "ރިސޯސެއް ވީމަ ބޭނުން ނުކޮށް ތިބެންވީ ސަބަބެއް ނެތް" ކަމަށެވެ.
"މެނޭޖް ފިޝަރީއެއްގެ ގޮތަށް، ކުރަން ވިސްނަނީ، އިޤްތިސާދީ މަންފާއެއް ލިބޭ އެއްޗެއް އަޅުގަނޑުމެން އެކަނި އިޤްތިސާދީ ހުދޫދެއްގެ ތެރޭގައި ތިބޭކަށް ނުޖެހޭ، މެނޭޖް ފިޝަރީއަކީ ވަކި މުއްދަތަކަށް ހުޅުވާލާފައި، އާބާދީއަށް ގެއްލުން ނުވާ ގޮތަށް އޭގެ މަންފާ ހޯދުން،" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށް ވިދާޅުވި ނަމަވެސް އެމަޝްވަރާތައް ކުރިއަށް ދަނީ ކޮން ފަރާތްތަކަކާއިއެކު ކަމެއް މިނިސްޓަރ ޒަހާ ވިދާޅެއް ނުވެއެވެ. އަދި މަޝްވަރާތަކަށް ފަހު މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމާއިމެދު ގޮތެއް ނިންމޭނީ ކިހައިތާކު ކަމެއް ވެސް މިނިސްޓަރ ވިދާޅެއް ނުވެއެވެ.
މިޔަރު ގިނަވުމުގެ ސަބަބުން ހާއްސަކޮށް ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ގެންދަނީ މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ވެސް ގޮވާލަމުންނެވެ. ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގެންދަނީ މިޔަރުގެ މަސްވެރިކަން އަލުން ހުޅުވާލުމާއި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.
ދެދުވަހަު އެކައްޗެއް އެބަކިޔާތަ؟ މާދަމާ އަރާ ބުނާނެ އޮޅިގެން ދެއްކުނު ވާހަކައެކޭ، މީ މުޅިންވެސް އޮޅިފައި އޮންނަ ސަރުކާރެއް '
ނުޖެހޭ ތިޔަ ހުއްދަ ހޯދާކަށް ތީ އަހަރުންނަށް ދެއްވި
ރިޒްގެއް ބާނާ ވަރަކައް ބާނަން ވީ
މުޅިންވެސް އެކހަލަ ވާހަކަ މިސަރުކާރުގަ އިވޭނެ . ކުރެވޭނެ ވާހަކަޔާއި ކުރަންއުޅޭވާހަކަ ، ކުރަން މުހިނމު ކަމެއް . ކުރާތަނެއް ދުވަހަކު ނުފެންނާނެ . އާ އެެހެންތާވާނީ ގަބޫލު ކުރާ ބަޔަކު އެބައުޅޭ ވިއްޔާ
ވަރަށް ރަނގަޅު.
ތިޔަ ހުއްދަ ތުންފަތް މަތީ ގެންގުޅޭނެ އިންތިހާބު ނިމެންދެން. އަޅެ ކެރެންޏާ ހުއްދަ ދީބަލަ.