ޗައިނާގެ ހުނާން ޕްރޮވިންސަށް އުފަން އުމުރުން 30 އަހަރުގެ ޗެންގް ކެކޭ އާއި ޒަންގް ލީ އަކީ އެޑޮޕްޓް ކޮށްފައިވާ ދެ މީހުންކަން އެނގުނީ ޓިކްޓޮކްއިންނެވެ. އެ މީހުން ގަބޫލު ކުރާ ގޮތުގައި، އެ މީހުންނަކީ ގެއްލިފައި ތިބި އެއްމާބަނޑު ދެ މީހުންނެވެ.

މި ދެ މީހުންނަކީ މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ޓިކްޓޮކްއިން ދިމާވި ދެ މީހެކެވެ.

މި ދެ މީހުން ވަނީ އާއިލާއަށް އެކަން ހާމަކޮށްފައެވެ. އަދި އެނގުނު ގޮތުގައި ދެ މީހުންނަކީވެސް ގޮންގްޔީ އިން ވަރަށް ތުއްތުއިރު އެޑޮޕްޓް ކުރި ދެ ކުއްޖެކެވެ. މިހާރު މި ދެ މީހުން މިހާރު ބޭނުންވަނީ އެ މީހުންނަކީ އެއްމާބަނޑު މީހުންތޯ ބެލުމަށް ޑީއެންއޭ ޓެސްޓު ހެދުމަށެވެ. ނަމަވެސް އާއިލާއިން އެ މީހުންގެ ގާތުގަައި އެ ޓެސްޓު ނުހެދުމަށް އެދިއްޖެނަމަ އެކަން ނުކުރާނެ ކަމަށް ބުނެފައި ވެއެވެ.

މި ދެ މީހުންގެ އުފަން ދުވަހަކީވެސް އެއް ދުވަހެކެވެ. ގައިގައި އުފަން ލަށް ވެސް އިނީ އެއްތަނެއްގައެވެ.

ކެކޭ ބުނީ ދެ މީހުން ފުރަތަމަ ބައްދަލުވީ ވީޑިއޯ ކޯލަކުން ކަމަށެވެ.

ފަހުން މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ކެކޭ ވަނީ ލީ އާ ބައްދަލު ކުރަން ޑެންގްފެންގްއަށް ދަތުރު ކޮށްފައެވެ.

އަދި ދެ މީހުންވެސް ވަނީ ދެ މީހުން އެޑޮޕްޓް ކުރި މައިންބަފައިންނާ ދުރަށް ނުދާނެ ކަމުގެ ޔަގީންކަން ދީފައެވެ.

އަދި މިހާރު ދެ މީހުން ވެސް ވަނީ އެ ދެ މީހުންނަކީ އެއްމާބަނޑު ދެ މީހުންކަން ވަރަށް ބޮޑަށް ބެލެވޭ ކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އުއު

    މއަކު ނެތެއްނު ސިއްރެއް

    • އޫއޫ

      މީގައި އެވާ ދެމީހުންނަށް ކަމެއް ސިއްރު ވެފައިވާކަން ފަހުނުވޭބާ؟