އަންނަ އަހަރު އައްޑޫ ސިޓީގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިއަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް ޕްލޭންގައި އޮތްތޯ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދު މަޖިލިހުގައި ކުރެއްވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ މި އަހަރު ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް އައްޑޫގައި ނުފެށޭނެ ކަމަށެވެ.

ނަމަވެސް އަންނަ އަހަރު ޕީއެސްއައިޕީގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫއެއް އެ އަތޮޅުގައި ހިންގަން ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

"މި އަންނަ އަހަރު ފޭށޭ ތަނުން ހަމަ އެ މަސައްކަތް ފަށާނަން. މިއީ ޕީއެސްއައިޕީގެ ދަށުން ހިންގާ ކަމަކަށްވާތީ މިއީ ދިވެހި ލޯކަލް ކޮންޓްރެކްޓަރުންނަށް ޓާގެޓް ކޮށްގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ސްޓިމިއުލޭޓް ކުރުމަށްޓަކައި އެކީގައި އަޅުގަނޑުމެން ނިންމާފައި އޮތް މަސައްކަތެއް." ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގައި އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިއަދު މަޖިލިހަށް ހާޒިރު ކުރީ ތ. ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށޭނެ ދުވަހަކާ ބެހޭގޮތުން އެ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލިހަށް ހުށަހެޅުއްވި ސުވާލަކާ ގުޅިގެންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އައްޑު އަށް މި ވެރިކަމުގައި ކޮށްދޭން ވެފައިވާ ވައުދުތަކުގެ މައްޗަށް ކަނޑައެޅި ގިނަ މަޝްރޫއުތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެގޮތުން އައްޑޫ މަގުތައް ފެންވަރު ރަނގަޅަށް ހެދުމަށްޓަކައި މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ.

އައްޑޫ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން ކަަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމުގެ މައްސަލަ ހައްލުކޮށް އެއާޕޯޓު އިތުރަށް ތަރައްގީކޮށް، ޓޫރިޒަމް ކުރިއެރުވޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދުތަކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަޙްމަދު

    މީސްމީހުން ވޯޓް ހޯދަން ބޭނުންވީމާ ހާދަވަރަށް އައްޑޫވެގެން މިއުޅެނީ!!!

    10
    1
  2. މުބާރިކު

    ޥޯޓް.....ވޯޓް..... 😀 ފެށެން އުޅޭތީދޯ މިވާގޮތަކީ..... ނުވާނެ ތިކަމެއް... މިހާރު ޓީޥީ ތަކުން ގަޑަ ޖެހާތަން ފެންނީ.....👎ކަމެއް ކުރަންޏާ 7000 ފްލެޓް އޭގެ ހައްގުރެވިންނަށް ދީބަލަ....1 އަހަރުތެރޭގައި ނިންމަން ބުނި އެމް.އެން.ޑީ.އެފް ޕޮލިސް ޕްލެޓްތައް ނިންމާފާ އޭގެ ހައްގުވެރިންނަށް ދީބަލަ.....😁😀😁😀 އަޅާނަމޭ.... ކުރާނަމޭ ނުކިޔާ ކޮށްފާ ޥޯޓް ހޯދަން އާދޭ.... 🙏

    9
    1
  3. މާމީ

    އައްޑޫމީހުން ގިނައިން ރައްވެހިފަތިސް އިން މައުލޫމާތު ހޯދާގެން ބާރައް ކެކޭ.....

    11
    1
  4. ހައިޖަންޕު

    ކުރިންފަށާފަނުނިމިހުރި އެހެންމަޝްރޫއު ކުރިންނިންމަބަލަ

    10
    1
  5. އަހްމަދު

    ސާބަހޭ އަސްލަމް އައްޑޫރައްޔިތުންނައްތިޔަދެއްވީ ވަރައްރަނގަޅުޖަވާބެއް އަންނައަހަރު އެވެދާނެ 2030 ވަނައަހަރައްވެސް އޮތަ އެކަމުބުނަން އައްޑޫރައްޔިތުންނަކީ ރީދޫހުމުގެއަސަކޮށްފަތިބަބައެއް ނަމަވެސް އެހެންރައްރަށުގެމީހުން ތިޔަމަޅީގަނުޖެއްސޭނެ އެކަންހަދާންކުރާތި ވެރިކަމައްގެންނައް އެންމެގިނަވޯޓުލިބުނީއައްޑޫއިން ދެއަހަރުބައިވިއިރުއަދި އައްޑޫރައްޔިތުންނައްނޭގޭ ވެރިކަންބަދަލުވިކަންވެސް އެކަމުއަނެއްފަހަރުވޯޓުލާދުވަސް މިއަންނަނީ ގާތްވަމުން އައްޑޫރައްޔިތުން ހޭލާކަށްނުވޭބާ

    12
    1
  6. ss

    Addu meehun adhives hedhigen thibey baarah aiy jahan