ނ. ލަންދޫ ބަނދަރަށް އަލަށް އިތުރު ކުރެވޭ ސަރަހައްދު ފުންކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ ދަށުން އަލަށް އިތުރުކުރެވޭ ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ނިމި، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތެރުމުގެ މަސައްކަތް މިިދިޔަ ހޯމަ ދުވަހު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އަދި މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 32.4 މިލިއަން ރުފިޔާއަށެވެ.