މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ގޮވާލާ ބިލު ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ. މި ބިލްގެ ފުރަތަމަ ކިއުން މިދިޔަ ހަފްތާގައި އިއްވި އިރު، މި ބިލުގެ ބަހުސް މަރުހަލާ މަޖިލިހުގެ ތަޅުމުގައި ވަނީ ފަށައިފައެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގައި ފުށުއެރުންތަކެއް ހުރުމުންނެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުން ގެންދިޔަ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާ ކަން ވެސް ބިލް ހުށަހެޅި ސަބަބެއްގައި ގޮތުގައި ބުނެފައިވެއެވެ.

މި ބަދަލާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނާއި އެ އޮތޯރިޓީގެ މުދަލާއި ވަސީލަތްތައް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބަދަލުވެގެންދާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވިދާޅުވީ މި ބަދަލާއެކު މިނިސްޓްރީގެ ހިނގުން އަވަސް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ހަމައެއާއެކު، ވެހިކަލް ރަޖިސްޓާ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް ކައުންސިލްތަކަށް ދޫކޮށްލައިފި ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށާއި ސަރުކާރުން އެ ދިމާލަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކިހިނެއްތަ މިވަނީ

    މިނިސްޓްރީތައް އުފައްދާ އުވާލުމަކީވެސް މަޖިލިސްގެ އެޚްތިޞާސްގެ ތެރޭގައި ހިމެނޭ ކަމެއްތަ. ދިވެހި ޤައުމަށް އުނދަގޫކޮށް ރައީސުލް ޖުމްހޫރިއްޔާއަށް ދުއްތުރާ ކުރުމުގެ ބާރު މަޖިލީހަކަށް ލިބިގެނެއްނުވޭ. ތިޔައީ ހުވަފެނުގެ ބޮޑުވަޒީރުގެ ހުށަހެޅުމެއް،

    16
  2. ކޮވިޑް

    އަވަހައް އުވާލާ ، އޭގެ ބަދަލުގަ އެހެން ނަމެއް ކިޔާފަ އިތުރު ފަސް މިނިސްޓްރީ އުފެއްދީމަ ހުންނާނީ ރަށްވެހި ފަތިސް ވެފަ.

    15
  3. އުވާ

    މިއީި މުޅި ތާރީޚްގަވެސް ކަރަޕްޓެޑްތަނެއް.
    މިހާރުވެސްްް ސެޓްފިކެޓް ވިޔަފާރިއާއި ގަރާޖް ރެޖިޝްްް ކުރުން ސިއްްރުން ހިނގާ އުވުންލަސވެއްޖެ

  4. އާދަމުގެދަރި

    އާދެ އާދެ އުވާލާ. ކުޑަކުދިން ރޭޕްކުރާތީ ޖެންޑަރ މިނިސްޓްރީ އުވާލާ. ވަޒީފާ ގެއްލުނު މީހުންގެ ލާރިކޮޅު ނުދެވޭތީ އިކޮނޮމިކް މިނިސްޓްރީ އުވާލާ. ލައިސަންސް ހަދައި ނުދެވޭތީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލާ. އައިޑީ ކާޑު ހަދައި ނުދެވޭތީ ނޭޝަނަލް ރެޖިސްޓްރޭޝަން އުވާލާ. ރިޒޯޓް ބޯއީސްގެ މައްސަލަ ހައްލުނުވާތީ ޓޫރިޒަމް އުވާލާ. އޭރުން އެ ޚިދުމަތް ދޭކަށް ނުޖެހޭނެ. ތަނެއް އެބަހުއްޓޭ ޚިދުމަތް ނުދެއޭ ރައްޔިތުން ނުކިޔާނެ. މިހެން ސަރުކާރު ހިންގައިފިއްޔާ ފިސާރި ޚަރަދު ކުޑަވެފައި ރައްޔިތުންގެ ޝަކުވާ މަދުވެފައި ޖަންގަލީގެ ގާނޫނާ އެއްގޮތަށް އުޅެން އަވަހަށް ދަސްވެ ފަސޭހަވާނެ. މޮޅު އުކުޅެއް. ވަރަށް މޮޅުފުޅު އިނގޭތޯ.

  5. އުޖާލާ

    ތަކަންދޫން މާރަންދޫން މިކަލަލަގެ ތަންދޮރު ނުދަންނަ ގަމާރު މޮޔަ ކުދިން މަޖުލިހަށްލައިގެން މިހާވާހަޑި ރައްޔިތުން ދަނޭ