އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ މިތަކެތި ނައްތާލާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި ކަމަށެވެ.

އެގޮތުން ނައްތާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 19 އިން ފެށިގެން މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހުގެ ނިޔަލަށް ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ، އެކި ބްރޭންޑްތަކުގެ 47 ބަނގުރާ ފުޅިއާއި 11 ބިޔަރު ދަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިދިޔަ އޮކްޓޯބަރު 11 ވަނަ ދުވަހުން ފެށިގެން މާރިޗު 11 ވަނަ ދުވަހުގެ ނިޔަލަށް މާވަރުލު އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 17 ފުޅި ބަނގުރަލެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ީގ

    މުލިއާގެއިން ނެރުނު ފުޅިތަކާ ހާދަ ވައްތަރޭ... ރާގޮނޑިރާޖާ މިކަމާ އެއްޗެއް ނުބުނޭބާ ގިސްލަމުން

  2. ލލ

    سبحان الله ! މިތަކެތި އެތެރެވަނީ ކިހިނެއްބާ !