2012 ވަނަ އަހަރުން ފެށިގެން އެމްޑީޕީ މެންބަރުން ތިބެނީ މަގުމަތީގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރޭ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކުޑަ ޕާޓީ ބޮޑު ޕާޓީގެ ބަހުސް ކުރާއިރު، ހުރިހާ ޕާޓީތަކުން ވެސް ގުރުބާންވެއްޖެ ކަމަށެވެ. ވީ ގުރުބާނީތަކަށް ބަލާއިރު ޖުމްހޫރީ ޕާޓީއާއި އެ ޕާޓީގެ ލީޑަރު ގާސިމް ވަމުންދާ ގުރުބާނީ ވަކި ކުޑަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އިދިކޮޅު ކޯލިޝަނުގެ ފަރާތުން ނެރޭ ކެންޑިޑޭޓަކީ ބޮޑު ޕާޓީން ކަނޑައަޅާ ކެންޑިޑޭޓްތޯ ނުވަތަ ނޫންތޯ ބަހުސް ކުރުމަށް ވުރެ، މި ފަހަރަކީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތް ގޮތަކަށް އެކަން ކުރަންވީ" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ މެންބަރުން ތިބެނީ މަގުމަތީގައި ކަމަށާއި އެ ޕާޓީގެ މެންބަރުން ވެސް މިހާރު ބޭނުންވަނީ ކުރެވެން އޮތް ގޮތަކަށް މިކަން ކުރުމަށްފަހު ހިތަށް ތަސައްލީއެއް ލިބުން ކަމަށެވެ.

ޖުމްހޫރީ ޕާޓީން ގަބޫލުކުރާ ގޮތުގައި އެއް ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނިކުންނަވަން އެންމެ ގާބިލު ބޭފުޅަކީ ގާސިމް ކަމަށާއި އެހެންނަމަވެސް ފަހަތަށް ޖެހެން ޖެހިއްޖެނަމަ ގުޅިފައިވާ އެހެން ޕާޓީތަކުގެ ނިންމުމަށް ތާއީދުކޮށް ޖުމްހޫރީ ޕާޓީން ފަހަތަށް ޖެހެން ތައްޔާރު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

" މިއީ ގައުމު ސަލާމަތް ކުރަން ލިބޭ ފުރުސަތެއް. މި ދަނޑިވަޅުގައި ވަކި ބޭފުޅެއްގެ ވެރިކަމަކަށް ވުރެ ގައުމު އިސްކުރަންޖެހޭ. ރައްޔިތުން ބޮޑެތި ގުރުބާނީތަކެއް ވެއްޖެ. މިއީ ގައުމު އިސްކޮށް ލީޑަރުން ގުރުބާންވާންވީ ވަގުތު" އަލީ ވަހީދު ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ އެންމެ ބޮޑު ދެޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޖޭޕީގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދި އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ދަނީ ބަދަލު ކުރަމުން ނެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދަނީ ވަކިވަކި ޕާޓީތަކުން ޕްރަމައިރީ ބާއްވާ ކެންޑިޑޭޓު ކަނޑައެޅިނަމަވެސް ރިޔާސީ އިންތިޚާބުގައި ޕާޓީތައް ތަމްސީލްކުރާނީ އެއް ކެންޑިޑޭޓުކަމަށެވެ.

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ޕާޓީތަކަށް އެއް ކެންޑިޑޭޓަކު ނުނެރެވޭނެކަމަށް ބުނަމުންނެވެ. އަދި ޕާޓީތަކުގެ މެދުގައި އޮތް އެކުވެރިކަން ގެއްލި، ވަކިވަކިން އިންތިޚާބުގައި ވާދަކުރަން މަސައްކަތްކުރަމުންދާކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    އަލީ ވަހީދު 2012 ފެށިގެން މަގުމަތީ އުޅެ ވީކޮންކަމެއް؟

  2. މޮޅުމީހާ

    މީނާއަށް ވީވަރު މިވީ ދޯ.

  3. އިބްރާ

    އައްޔާ ބުނަންތަވާހަކައެއް. ދެން އަންނަވެރިއެއްގެ ކިބައިން ގައުމު ސަލާމަތްކުރަން ކަލޭމެން ނުކުންނާނެ މާއަވަހަށް. މިގޮތށް މިކަންހިނގާނީ ކަލެއަށް ވެރިކަން ލިބުމާހަމައަށް. އޭރުން ދެންތިބީން ނުކުންނާނެ

  4. ދުރުބަލާ

    ތިޔަހެން ކަމަށް ވާއިރު ޕާޓީ މަގުމަތީގައި ތިބެން ޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ ނަޝީދާ ޢަލީ ވަޙީދުު

  5. ގޮނާނީޑް

    އެމްޑީޕީގެ ޒަމީރު އެއީ ކެނެރީގެ ނަޝީދެއް ނޫނެވެ. ސަބަބަކީ އެއީ އެމްޑީޕީ އަށް ކެނެރީގެ ނަޝީދު ކުރާ ޚަރަދެއް ނޯވެއެވެ އަދި އޭނާގެ ކެރެފާ އާއިލާ އިން ކުރާ ޚަރަދެއް ނޯވެއެވެ. އެމްޑީޕީ އަށް ކުރާ ބޮޑު ޚަރަދު އަދިވެސް ކުރަނީ އެއީ ސީދާ އިބޫގެ އަންހެނުންގެ ބައްޕަގެ ފަރާތުންނެވެ. މީ އެންމެން ދަންނަ ބޮޑު ސިއްރެކޭ. ކަން މިހެން ހުރުމުން އެބަޖެހޭ އެމްޑީޕީ ވެސް ރިފޯމް ވާން ކެނެރީގެ ނަޝީދުގެ ބަލާ އާއި އުނދަގުލާއި ހެދި އެމްޑީޕީ އަށް ނޭވާ ނުލެވިގެން އުޅެނީ އޭނާ ގެ ނަން މިފަހަރު ރިޔާސީ އިންތިޚާބުގައި ނޯންނާނެއޭ އޭނާ ކަރުގެ ނާރުތަކަށް ފުއްޕާ ފައި އެހެން ބުނި ނަމަވެސް އެކަމެއް އެހެން ނުހިނގާނެއޭ. ކަން މިހެން ހުރުމުން ޖޭޕީ އާއި އަދާލަތުން އެބަޖެހޭ އިކޮޅު ކޯލިޝަން އިން ނިކުންނަ ކެންޑިޑޭޓަކީ އެއީ ގާނޫނީ ގޮތުން ރިޔާސީ އިންތިޚާބަށް ކުރިމަތި ލެވޭނެ ކެންޑިޑޭޓަކަށް ހަދާ އެއީ ކޮމަން ކެންޑިޑޭޓް އަކަށް ހަދާ އެކޮމަން ކެންޑިޑޭޓް އަކީ އެއީ އިބޫ ކަމަށް ހަދަން. އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް އަ ގުޑް ސައިން ފޯރ ދިސް

  6. ދީދީ

    ޢަލީ ވަހީދު މެންނަށް ހެޔޮވިސްނުން ދެއްވާށި.. އާމީން

    މިދަނޑިވަޅު ދިވެހިރާއްޖެ އަށް އެންމެ ރަގަޅު ހެޔޮ ގޮތަކީ މިހާރުގެ ސަރުކާރާއެކު ކުރިޔަށް ދިޔުން، ޢަލީ ވަހީދަށް ވެސް އެފުރުޞަތު ވަރަށް ފުޅާކޮށް އެބައޮތް އަވަހަށް ވަޑައިގަންނަވާ