"ވަގުތު" އިން މިއަހަރުގެ ވޯލްޑްކަޕަށް ހާއްސަކޮށްގެން ނެރުނު ވޯލް ޗާޓް ވިއްކަން ފަށައިފިއެވެ.

މުބާރާތުގެ މެޗްތައް ކުޅޭ ތާވަލާއި، ސްކޯ ޖެހޭނެ ގޮތައް އަދި ދެވަނަ ބުރާއި ކްއާޓާ ފައިނަލް އަދި ސެމީފައިނަލާއި ފައިނަލް މެޗްގައި ކުޅޭނެ ޓީމްތައް ވެސް ފުރިހަމަ ކުރެވޭ ގޮތައް އޭ2 ސައިޒްގައި ތައްޔާރުކޮށްފައިވާ ވޯލް ޗާޓް ވިއްކުމަށް ހަމަޖެހިފައިވަނީ 50 ރުފިޔާ އަށެވެ.

ވޯލް ޗާޓް ގަންނަން ބޭނުންވާ ފަރާތްތަކުން 9532251 އަށް ގުޅުމުން ވޯލް ޗާޓް ލިބިވަޑައިގަންނަވާނެއެވެ.

މީގެއިތުރުން "ވަގުތު" އިން މިއަހަރުގެ ވޯލްޑްކަޕަށް ހާއްސަކޮށްގެން ނެރުނު މެގަޒިން ބައްލަވައިގަތުމުން ވޯލް ޗާޓެއް ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

ވޯލްޑްކަޕަށް ހާއްސަކޮށްގެން "ވަގުތު" އިން ނެރުނު މެގަޒިން ބައްލަވައި ގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅާފައެވެ. އެއްވަނަ އަށް ހޮވޭ ފަރާތަކަށް ޔޫރަޕްގެ ހަ ޤައުމަކަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބިގެންދާއިރު، ދެވަނަ އިނާމަކަށް އަލްމަނާސިކްގެ ފަރާތުން ދޭ އުމްރާ ދަތުރެއް އަދި ތިންވަނަ އިނާމަކަށް އެވިޑް ކޮލެޖްގެ ފަރާތުން ހިލޭ ކޯހެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިމެގަޒިން ވިއްކުމަށް ހަމަޖެހިފައި ވަނީ 100 ރުފިޔާ އަށެވެ.

"ވަގުތު" އިން ނެރެފައިވާ މެގަޒިންގައި ވޯލްޑްކަޕްގައި ކުޅޭ ޓީމްތަކާއި މުހިންމު ކުޅުންތެރިންގެ މައުލޫމާތު ހިމަނާފައި ވާނެއެވެ.