ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ އިއުލާނު ކޮށްފައިވާ ރީނދޫ ސަމާލުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން މީގެ ކުރިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށެވެ. އެހެން ނަމަވެސް މުއްދަތު އިތުރުކޮށް ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ ރީނދޫ ސަމާލުގެ މުއްދަތު އިތުރު ކޮށްފައިވަނީ ށ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ކަމަށެވެ.

އެގޮތުން 17:00 އިން ފެށިގެން 21:00 އަށް ބާރަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ބުނެފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

އަދި ދެކުނު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ރީދޫ ކުލަޔަކީ ސަމާލުކަން ދޭންޖެހޭ ނުރައްކާތެރި ކުލައެއް! މޫސުމާބެހޭ ކަންކަމުގައި ނުރައްކާ ވީމާ އެކުލަ ހިމަނާފައިވަނީ!