އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ވިސާ ކާޑުތަކުން ރާއްޖޭގައި ޑޮލަރުގެ މުއާމަލާތް ނުކުރެވޭނެ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން ނެރުނު ބަޔާނެއްގައި ވަނީ، އަލަށް ތައާރަފްކުރާ ނެޝަނަލް ނެޓް ސެޓަލްމަންޓް ސާވިސްއާ އެކު ދިވެހި ބޭންކުތަކުން ދޫކުރާ ވިސާ ކާޑުތަކުން ރާއްޖޭގައި ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ ދިވެހި ރުފިޔާއިން ކަމަށެވެ.

މީގެ ކުރިން އެމްއެމްއޭ އިން ވަނީ މިކަން ބޭންކުތަކަށް އަންގައިފައެވެ. ނަމަވެސް މިފަދަ އެއްވެސް ވާހަކައެއް ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ވިސާ ކާޑުތަކުން ހިންގާ ހުރިހާ މުއާމަލާތެއް ހިންގަން ވާނީ ދިވެހި ރުފިޔާއިން ކަމަށެވެ. ރިިސޯޓުތަކާއި ގެސްޓުހައުސް ފަދަ ފަތުރުވެެރިންނަށް ހާއްސަ ތަންތަނުގައިވެސް ދިވެހި ބޭންކަކުން ދޫކޮށްފައިވާ ކާޑެއް ބޭނުންކުރާ ނަމަ މުއާމަލާތު ކުރަން ވާނީ ދިވެހި ރުފިޔާއިން ކަމަށް އެމްއެމްއޭ އިން ވަނީ އަންގައިފައެވެ.

ޑޮލަރު ހޭދަކުރާ މިންވަރު ކޮންޓްްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކާޑުން ކުރެވޭ ރާއްޖެ އިން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓާ ކުރަމުންދާނެ ކަމަށާއި އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި އެފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށް މީގެ ކުރިން ބީއެމްއެލް އިން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަނާޒާ

    ސަޅި އެމްޑީޕީ ކޮށްލާ ވެރިކަން

    16
  2. ދަރަނި ދަންތުރަ

    އައްސަރި ބަހާ ސާބަސް އިބޫ ސޯލި ، އެމް ޑީ ޕީ ގެ ނޫ އިގުތިސޯދު ދޮންވެފައްކާވެ ދިޔާވެގެން އެކޮޅުކޮޅުން ގަސްދޮށަށް ތިޔަވެއްޓުނީ ރީނދޫގުރޫޕު ބާރަށް އަތްޖަހާ ، ﷲ ގަންދީ ހުވާކޮށްފަ މިބުނަނީ ތިލަފަތަށް ހޯ ހޯ ޙޯ ހޯ ހޯ

    22
  3. ޚާރު

    ޙީ ހީ ހަލާކު ... ކޮބާ ޑޮލަރު ތިޔާގި ކުރި ރައީސް

    18
  4. ރޭދުވާ

    ތިހިރައަންނަނީ ތަރްއްޤީއަކީ... ސާބަހޭ އަދިވެސް މިމީހުންހޮވާ ދެންދުވަސްކޮޅަކުން ދިވެހިރުފިޔާގެ ބަދަލުގައި އިންޑިޔާރުފިޔާ ބޭނުންކުރަންކަންނޭގެ އަންގާނީ

    22
    1
  5. ބޯޖަލީލު

    ކޮންކުރީޓަކީ ތަރައްގީއެއްނޫން ، ތަރައްގީޔަކީ ރައްޔިތުމީހާގެ ޖީބުން ރައީސް މީހާ ފޭރުން ރީނދު ގުރޫޕު ބާރަށް އަތްޖަހާ ތިލަފަތަށް ވަރަށް ވެދުން ރަސްގެ ރަސްގެ ރަސްގެ

  6. އާދަމުގެދަރި

    އާދެ އާދެ ވައުދު ފުދި މަސްވެރިޔާ ޖީބަށް ސީދާ ވަންނަ ޑޮލަރުބޮޑި ބޮޑުވެ ވިސާކާޑުން ޑޮލަރު ބޮޑި ކަނޑާލީ. ވަރަށް އުފާވެރި. ވަރަށް ފުރިހަމައަށް ވައުދު ފުއްދަވައިދެއްވައިފީމު. އައްސަރިބަހާއި ސާބަސްފުޅު އިނގޭތޯ.

  7. ޙހހ

    ޓުއަރިސްޓުން ހަބޭހަށް އަންނަކަމަށް އިސްތިހާރުކުރެއެވެ. އެކަމަކު ޑޮލަރެއް ނުލިބެ.

  8. ޙުސޭން

    ކިހިނެއްތަ މިމީހުން ރައީސް މައުމޫން މެން ކުރިކަހަލަ ވެރިކަމެއް ކުރާނީ؟ ތިޔަބުނާ ކާރޑްތައް މިރާއްޖެއަށް ތައާރަފުކޮށްދިނީ ރައީސް މައުމޫންގެ ވެރިކަމުގައި، އޭރު ކާރޑް ދޫކޮށްލީ އާއްމު ކޮށް އެންމެނަށް. ކާރޑްގަ ކްރެޑިޓް ހުރިއްޔާ ހުރިވަރަކަށް ބޭނުންކުރެވޭ. ޑެބިޓް ކާރޑްގަ ވެސް އެކައުންޓްގަ ލާރިހުރިއްޔާ ރާއްޖެއިން ބޭރުގަ ހުރެގެންވެސް ވަކި ލިމިޓެއްނެތި ކާރޑް ބޭނުންކުރެވޭ. މިހާރު މިއޮތީ މިކާރޑް ފޯން ކާޑަކަށް ވުރެންވެސް ދަށަށް ވެއްޓިފައި. މަހަކު 200 ޑޮލަރު ރާއްޖޭގެ ގައުމީ ބޭންކުން ދޫކުރާ ކާރޑުން ބޭނުން ނުކުރެވޭ ހާލަތައް ދިޔައިމާ އެއޮތީ ނަތީޖާ ފެނިފައި.