އިއްޔެ އދ. ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި އިންޑިއާއިން ރާއްޖެއަށް ގޮނޑި ކާމިޔާބު ކޮށްދިނުމުގައި އެހީތެރިވި ކަމަށް ރާއްޖެއިން އިންޑިއާއަަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ގޮނޑި ކާމިޔާބު ކޮއްދުނުމުގައި އިންޑިއާއިން ވޯޓް ނުދޭކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް ސަފީރު އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެއިން ގޮނޑި ހޯދުމަށް ކުރި މަސައްކަތުގައި އިންޑިއާއިން ވެދިން އެހީތެރި ކަމަށް އެ ގައުމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ސަފީރު އަހުމަދު މުހައްމަދު ވަނީ އިންޑިއާއިން ދިން އެއްބާރުލުމަށް ވެސް ސަފީރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އިއްޔެގެ އދ ގެ ސަލާމަތީ މަޖިލީހުގައި ވޯޓުގައި ރާއްޖެއާ އެއްކޮޅަށް ދިން ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަން ސާފެއް ނުވެ އެވެ. ވޯޓަކީ ސިއްރު ވޯޓެއް ކަމުން އެކަމުގައި އިންޑިއާ އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. އިންޑިއާއިން ވޯޓު ދީފައިވަނީ ރާއްޖެއާ އެއްކޮޅަށް ކަން އެ ގައުމުންވެސް ކަށަވަރެއް ވެސް ނުކޮށްދެ އެވެ.

އދގެ ސެކިއުރިޓީ ކައުންސިލުގެ ގޮނޑި އަށް ވާދަކޮށްފައިވަނީ ރާއްޖެ އާއި އިންޑޮނޭޝިޔާއެވެ. އދ. ގެ އާންމު މަޖިލީހުގައި އިއްޔެ ނެގި ސިއްރު ވޯޓުގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ 46 ވޯޓެވެ. އިންޑޮނޭޝިޔާ ކުރިއަށް އޮތް ދެ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ 144 ވޯޓު ހޯދައިގެންނެވެ.

މި ވޯޓާއި ގުޅެން އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ނުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ދޯހަޅި ކަމުން ކަމަށެވެ. އަދި މިއީ ވަކިވެގަތުމާއި އަދި އިސްލާމީ ދުނިޔޭގެ ގައުމުތަކާ އެކު އޮތް ޒަމާންވީ ގުޅުންތައް ހަމައެއް ލަމައެއް ނެތި ކަނޑާލުމުގެ ނަތީޖާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    އަނެއްކާ ކިނެއްވީ ؟ ނިހާނު ބޭރުކޮށްލީމަ ވައިޖަހާލީ އުތަ ؟

  2. ޖައްސަބަލަ

    އދ. ގެ ސަލާމަތީ މަޖްލީހުގެ ވޯޓް ނާކާމިޔާބު ވުމުން މަމެންނަށް ކަހިރުވަކެކޭ ވެސް ހީނުވެއޭ އެ ގޮނޑި ލިބުނަސް އަދި ނުލިބުނު ނަމަވެސް މަމެން ޕިންކީންގެ ވެރިކަމުގައި އދ. އަށް މަމެންނަށް އދ. ގެތެރޭން ކުރެވޭނެ ކުރާނެ އެއް ކަމެއްވެސް ނޯންނާނެއޭ މަމެންނާއި އެކު އޭ ޗައިނާ އޮތީ. ދެން އދ. މަހަށް ދާންވީއެއް ނޫންދޯ. އދ. އޮޅާލަބަލަ ދެން އޮޅާލާ އޮޅާލާ އޮޅާލާ. އދ. އޮޅާލާ ދެން އަވަހަށް ސެޕް 23 އަށް ތައްޔާރު ވާންވީއޭ އެގޮތުން ތައްޔާރުވާއިރު މިރާއްޖޭގައި ގަވާއިދާއި ޚިލާފަށް ފިލައިގެން އުޅޭ ބިދޭސީން ހޯދާ އެމެން ރަށަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ގެންދަންވީއޭ މިކަމުގައި ޕޮލިހަށް ގުޅުމުން ޕޮލިހުން ބުނަނީ އެއީ ތިމަންނާ މެން ކުރަން ޖެހެ ކަމެއް ނޫނޭ އެއީ ޖިނާއީ ކަމަކަށް ނުވާތީވެ އެއީ އެމެން ބަލަން ޖެހޭނެ ކަމެއް ނޫނޭ އެކަން ބަލާނީ އިމިގްރޭޝަން އިންނޭ އިމިގްރޭޝަން އަށް ދިއުމުން އެމެން ބުނަނީ އެއީ ޕޮލިހުންގެ ކަމެކޭ މިކަން ހަވާލުކޮށްބަލަ ސަރުކާރުން ޕޮލިހާއި އިމިގްރޭޝަން އަށް މިކަން ނުވިއެއް ނޫންތޭ އެއީ ހަގީގަތް