އިއްޔެ އދ. ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ރާއްޖެއަށް ގޮޑި ކާމިޔާބުވެފައި ނުވާ އިރު މި ފަދަ ބޮޑު "ފަލީހަތެއް" ލިބުނީ ދުނިޔެއާ ގުޅުން ކެނޑުމުގެ ދޯހަޅި ސިޔާސަތު ގެންގުޅުމުގެ ސަބަބުން ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ފަދަ ބޮޑު "ފަލީހަތެއް" ލިބުނީ ދުނިޔެއާ ގުޅުން ކެނޑުމުގެ ދޯހަޅި ސިޔާސަތު ގެންގުޅުމުގެ ސަބަބުން ކަމަށާއި އަދި ސަރުކާރުން އަންނަނީ އިންޑިއާ ކަނޑުގެ ހަމަނުޖެހުން ނަގާލުމުގެ އަމަލުތައް ހިންގުމުން ކަމަށެވެ.
" ރާއްޖެއަށް ގޮޑި ކާމިޔާބު ނުވީ އދ.ގެ މުއާހަދާތަކާއި ގަރާރުތަކަށް ސަރުކާރުން ބޯނުލަނބައި، ބައިނަލްއަގްވާމީ ހަމަތަކާއި މިންގަނޑުތަކުން ނެއްޓެމުން " އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ބަޔާނުގައި އިތުރަށް ވަނީ ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް، އދ.ގެ ކޮމިޓީތަކުން ނިންމާފައިވާ ނިންމުންތަކަށް އިހުތިރާމް ނުކުރާއި ދިވެހިންގެ އިންސާނީ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުން ދިއުމަކީ ވެސް ނާކާމިޔާބީއާ ކުރިމަތިވި ސަބަބެއް ކަމަށެވެ.
މި ބަޔާނުގައި އެމްޑީޕީން ވަނީ އެ ޕާޓީ ވެރިކަމުގައި އޮތް އިރު، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ރާއްޖެ ވާދަކޮށް ހޯދި ކާމިޔާބީ، ފާހަގަކޮށްފަ އެވެ. އަދި ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް އޭރުއްސުރެ ކުރަމުން އައި މަސައްކަތާއި ފަހި ފުރުސަތު ނަގާލީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އދގެ ސެކިއުރިޓީ ކައުންސިލުގެ ގޮނޑި އަށް ވާދަކޮށްފައިވަނީ ރާއްޖެ އާއި އިންޑޮނޭޝިޔާއެވެ. އދ. ގެ އާންމު މަޖިލީހުގައި އިއްޔެ ނެގި ސިއްރު ވޯޓުގައި ރާއްޖެއަށް ލިބިފައިވަނީ އެންމެ 46 ވޯޓެވެ. އިންޑޮނޭޝިޔާ ކުރިއަށް އޮތް ދެ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ 144 ވޯޓު ހޯދައިގެންނެވެ.
ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އެއީ އދ. ގައި ހިމެނޭ 193 މެމްބަރު ގައުމުގެ ތެރެއިން އެންމެ މަދުވެގެން 120 ގައުމުގެ ވޯޓު ލިބިގެންނެވެ.
ރާއްޖެ ފަލީހަތް އެމްޑީޕީގެ ޖައްބާރުކަމާއި ޖާހިލުކަމުން
ޢެމްޑީޕީ އަދި ރާއްޖެއަށް ހެޔޮނޭދޭ އިދިކޮޅު ބައިގަނޑު ރާއްޖެއާ ދެކޮޅްށް ކުރެވުނުހާ ކަމެއް ކޮށްކޮށް ތިއްބާ 46ވޯޓް އެއީ ކާމިޔާބީއެއް ލަދެއްނޫން މޮޅެއް އަދި 'ކުޑަކުޑަ' ރާއްޖޭގެ ހިތްވަރާއިކެރުން
ޢިދިކޮޅުގެ ގޮތްކުޑަ ކަމުގެ މިސާލެއް
ފަޟީހަތް ވީމީހުން އެތިބީނު ރާއްޖެ އަންނަން ނުކެރިފަ ފިލާ.
100% މުސްޅިމް ވީމަ
ގުރުޑު އަންނިގެ ރިޝްވަތުގެ ސަބަބުން.........
ރާއްޖެ ފަލީޙަތެއް ނުވޭ. ކަލޭމެންގެ ތިލާދީނީ ބައިގަނޑުގެ ޤައްދާރުކަން އަނެއްކާވެސް ސާބިތުވީ. މި ދިވެހިރާއްޖެ ހަލާކުކުރަން ކުރެވުނު ކޮންމެކަމެއް ކުރާ ބައިގަނޑެއް ތީ
ބަލަ އެއްވެސް ބައެއްގެ އަތުން އެއްޗެއް ލިބޭނީ އެބަޔަކު ބުނަގޮތަށް ހަދާބަޔަކަށް ނޫންތަ؟ މިސަރުކާރުން ދުނިޔޭގެ ގައުމުތަކާ ދިމާ އިދިކީލަވެ އޮވެ އެގައުމުތަކުން ދޭ ވޯތެއްގަ ބައިވެރި ވުމަކީވެސް ކުރި ކޮސްކަމެއް. އަހަރުމެން ބުނާ ގޮތަސް ނަހަދާ ބައެއް އަހަރުމެންގެ އަތުން އެއްޗެއްހޯދަން އައިނަމަ އެއްމެ ވޯޓެއްވެސް ނުދޭނަން. ދެންވެސް ތިކަމންވެސް އިބުރަސް ހާސިލް ކުރުން ރަގަޅީ. އަދުރެމެން މާކަ އަގަތަޅާނެ ކަމެއްނެތް.
ރާއްޖެއަށް ބައިނަލްއަޤްވާމީ މަޝްރަޙުގައި ކުރިމަތިވާ ކޮންމެ ނާކާމިޔާބެއްގެ ޒިންމާ އުފުލަން ޖެހޭނީ ޅިނދުބިނދިފަ ކަމަށް ބުނެ ފިލައިގެންގޮސް ޔަހޫދީންނާ ނަޞާރާއިންގެ ފަސްބައިގަ އެލިގެންއުޅޭ ކެނެރީގޭ ގަމާރާ ކެރަފާ ނަސީމާ ޖަނާޒާކުޑޭ އާ (އެއްފަހަރު ބޮނޑިބަތް އަނެއްފަހަރު ޑޮކްޓަރ) ޖަމީލު.
ގުޅުން ކަނޑާލުން ރަގަޅު ޕްރިޑިކްޝަނަކަށް ދެކޭނަމަ ނިކަން ކިއުއްވާ: 2009 އަދި 2013 ގައި ޔޫއެންގެ ކާމިޔާބު ކުރި ގޮޑި ކާމިޔާބުވި އިރު ދިވެހިންގެ ތޮފި އެޅި ބަޔަކު އެންޓި ކެމްޕޭނެއް ނުކުރޭ. ޢެކަމަކު އޭރުވެސް އިދިކޮޅު ޕާޓީ ތަކާއި ސިޔާސީ ފަރާތްތައްވެސް ތިބި. ޙަޤީގަތް.
2010 ގަ މިގޮޑިއަށް ރާއްޖެ ވާދަ ކުރުމުގެ ޝައުގު ފާޅުކުރީ މިގައުމުން. ގައުމުގެ ގުޅުމަށް ބަދަލެއް އައީ ވެރިކަމުގަ ހެދި ގޯސްތައް ހެންޑްލް ނުކުރެވިގެން އިސްތިއުފާ ދިނުމަށްފަހު 300 އެތައް މިލިއަން ރުފިޔާގެ ގެއްލުމުގެ ބޮޑުހުޅު ގެނެސް ގައުމަށް ސިޔާސީ ތާފާނެއް އައި ހިސާބުން. މިކަމުގަ އުޅުނީ ޢައްދާރުންތޯ، އިޚްލާސްތެރި ގައުމަށް ވަފާތެރި ރައްޔިތުންދެކެ ލޯބިވާ މީހުންތޯ އަމިއްލައަށް ނިންމަވާ.
މި ގޮޑި ހޯދުމަށް މި ގައުމުން ކުރަމުން ދިޔަ މަސައްކަތުގެ ޚަބރުތައް އަދި ހަދާނުގއި ހުންނާނެ. ލޯމަތިން ފެނި އަތުން ހިފާފަ ވާނީ. ޔޫއެންގަ ގައުމުން ކެމްޕޭނުތައް ކުރަމުން ދިޔައިރު މި ގައުމަށް ނިސްބަތްވާ ބަޔަކު ދިޔައީ އިދިކޮޅަށް ކެމްޕޭނު ކުރަމުން. ގުޅުން ކެޑުވާލަން ގަސްތުގަ މަންތިރި ހަދަމުން ދިޔަ. ފާޅުގަ ހިގާދިޔަ މިކަމުގައި އެގިތިބެ ހުރިހާ ތައްޗެއް އެޅުވި. ގައުމީ ކަމަކަށްވުރެ ޒާތީ ހަސަދަވެރިކަން ހާމަވިތަން ލޯމަތީ ފާޅުކަންބޮޑުކޮށް އެގިގެންދިޔަ. އަމިއްލަ އެދުމަށް، ވެރިކަން ހޯދުމަށް ފަރަންޖީންގެ އެހީގައި ގައުމު ޚަރާބު ކުރި. އެމީހުންނަށް ޙަޤީގަތް އޮޅުވާލީ ތެލާފެނާ އެއްކޮށްފަ.
މިއަދު ޚާރިޖީ ގުޅުމާ، ގައުމީ ވަންތަކަމާ، މިނިވަންކަމާ ސިޔާދަތުގެ ވާހަކަ އިދިކޮޅު ފަރާތްތަކުގެ ކަރުބުޑުން ނެރުނަކަސް، މިނިވަން އިންސާފުވެރި ލޮލަކާ ކަންފަތުން އަދި އަމިއްލަ ސިކުޑިން މިނެ ކިރާ މީހަކަށް އެމްޑީޕީ މީހުން މިދައްކާ ވާހަކަ ގަބޫލެއް ނުކުރާނެ.
ތިމީހުންނައް ކޯއްތޯލިބުނީ ޅަދުހަޔާތްކޮބާތަ ކިތައްރޭ މުޒާހަރާއައްކނުކުމެވެއްޓިއްޖެތަ އެއީކާމިޔާބު އެމްޑީބީކޮސްގޮވާ
ތިކަހަލަ ތަންދޮރު ނުފިލާ މީހުން ހިންގާ ޕާޓީތަކާހެދި