ކުރީގެ ސަރުކާރުގައި ހިންގި ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މަރިޔަމް ޝިއުނާއާ ހަވާލުކުރި ޒިންމާ އަދާ ނުކުރެއްވުނު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮމިޝަން އުފެއްދެވީ ނޮވެމްބަރު 2018، ގައެވެ. އެ ކޮމިޝަނާ ރައީސް ހަވާލުކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 ވަނަ ދުވަހާ ހިނގާފައިވާ ކަންކަން ބެލުމަށެވެ.
ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރުމުގެ ބާރު ގާނޫނަކުން އެ ކޮމިޝަނަށް ދިން ނަމަވެސް މައްސަލަތައް އެކަށީގެންވާ ގޮތެއްގައި އެ ކޮމިޝަނަށް ތަހުގީގު ކުރެވެމުން ނުދާ ކަމަށް ބުނެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އެ ކޮމިޝަނަށް އަބަދުވެސް އަމާޒުވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެސެޓް ރިކަވަރީ ކޮމިޝަނަށް ނަތީޖާ ނުނެރެވި އެތައް ފާޑުކިއުންތަކެއް އަމާޒުވެފައިވާ އިރު، ރިޔާސީ ކޮމިޝަންތަކަކީ "ބޭކާރު" ކޮމިޝަންތަކެއް ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ވެސް ސިފަ ކުރެއެވެ.
މީގެއިތުރުން އޭސީސީގެ މައްސަލަތައް ވެސް ހިނގަމުންދާ ގޮތުން އެމްޑީޕީގެ މެމްބަރުންގެ ހިތްހަމަނުޖެހުން އަބަދުވެސް އޮވެއެވެ. އެ ކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރުމުގައި ލަސްތަކެއް އުޅޭތީ އާންމުންގެ ގިނަ ބަޔަކު ވެސް ކޮމިޝަނާ މެދު ހިތްހަމައެއް ނުޖެހެއެވެ.
މި ކަންބޮޑުވުންތަކުގެ އަޑުތައް އިތުރަށް ގަދަވީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ދެ ވަނަ ފަހަރަށް ނިންމެވުމާ ގުޅިގެންނެވެ. ޝަމީމް އެގޮތަށް ނިންމެވުމާ ގުޅިގެން މިފަހަރު އެންމެ ބޮޑަށް ފާޑު ކިއުން އަމާޒުވެފައި ވަނީ ވެސް އޭސީސީއަށެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި ކޮރަޕްޝަން ހިންގި ކަމަށް ބުނެ މި މައްސަލަ އެންމެ ވަރުގަދަ އަށް ތަހުގީގު ކުރީ ވެސް އޭސީސީންނެވެ.
Assad menakah nuvi! ACC Raeesaa akah nuvi! Sarukaarah jehsun kuran nuthibe isthiufaa dhee???
— Feydhoo Meehaa (Mohamed Nihad) (@nihad_m) March 26, 2021
މިކަމާ ގުޅިގެން ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދަށާއި އޭސީސީގެ ރައީސް ޝިއުނާއަކަށް އެކަން ނުވި ކަމަށެވެ. އަދި ސަރުކާރަށް ޖެއްސުން ކުރަން ނުތިއްބަވާ އިސްތިއުފާ ދެއްވުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރެއްވުމަށް މީސް މީޑިއާގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވާ ނިހާދު މީގެކުރިން މިނިވަން މުއައްސަސާތަކުގެ ބައެއް ވެރިންނަށް ފާޑު ވިދާޅުވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ނިހާދު ކުރެއްވި ޓުވީޓެއްގައި ވަނީ ސަރުކާރު ބަދުނާމް ކުރަން މިނިވަން މުއައްސަސާތަކުގެ ވެރިން ނޫޅުއްވުމަށް އެދިވަޑައިގެންފައެވެ.
Sarukaaru badhunaam kuran nuthibey! Qaanoonee zinmaa adhaa Kurey! Miniwan kamaai Qaanoonee baaru Vanee dhevifa! Maru thakaai Vahkamuge mahsala thah Avahah ninmavai dhehvaa! @DdcomMdv @PComCAR @ACC_Maldives @hrcmv @PoliceMv @PGO_MV @AGOmv @AuditMV
— Feydhoo Meehaa (Mohamed Nihad) (@nihad_m) September 19, 2020
"ސަރުކާރު ބަދުނާމް ކުރަން ނުތިބޭ. ގާނޫނީ ޒިންމާ އަދާކުރޭ. މިނިވަން ކަމާއި ގާނޫނީ ބާރު ވަނީ ދެވިފައި. މަރުތަކާއި ވައްކަމުގެ މައްސަލަތައް އަވަހަށް ނިންމަވައި ދެއްވާ،" އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނާއި ފުލުހުންނާއި އެޗްއާރުސީއެމް ފަދަ މުއައްސަސާތައް ޓެގް ކުރައްވައި ނިހާދު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި އެއް ބަޔަކީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަށް އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ތުހުމަތުކޮށްފައެވެ. އޭސީސީ އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ.
އަލުން މައްސަލަ މުރާޖާ ކުރުމަށް ފަހު ޕީޖީ ހުސެއިން ޝަމީމްގެ ނިންމުން ބަދަލެއް ނުކުރެއްވިއެވެ. އާއްމުންގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތް ބޮޑު މައްސަލައިގައި ޝަމީމް އިއްޔެ އޭސީސީ އަށް އަންގަވާފައި ވަނީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ދެން އެތަނަށް ލާނެ މީހަކު ކަލެ އަށް ހޯދިދާނެރަަ
ކަންތަކާޖެހުނީ.. އެމީހުންނާއަވަލައިގަތީ.. ޒަމާންތިދަނީ އަވަހަށްފޮށިތަންމަތިތައްޔާރުކޮށްގެން ބޮޑުވަޒީރުކުރިމައްޗަށް މަޖިލީހަށްދާން ތައްޔާރުވާންތިޖެހުނީ ، މަޖިލީހަށްއެހުރީ ރަންނަމާރިއަރާފަ !!
ކީއްވެބާ ޝަމީމުއަށްނުވިއޭނުބުނަނީ ؟؟
ކަމެއް ކުރެވޭނެ ގާބިލު އަދިހީވާގި ބަޔަކު ލެވިގެންނޫންތޯ ކަމެއް ކުރެވޭނީ.
މިކަލޭގެއަށް ކޮންކަމެއް ކުރެވެނީ؟
މިދެކޮމިޝަންގެ މަސައްކަތް ބަލަން އިތުރު ކޮމިޝަނެއް ހަދަން ފެނޭ
ނިހާދު! ބަލަ ނުވާނެއެއްނު. ކިހިނެއްވާނީ. އެ މައްސަލަ ބަލާފައި ނިންމަން ޖެހެނީ ކަންކުރި މީހުން ފިޔަވައި އެހެން މީހެއްގެ ބޮލަށް ކެނޑޭގޮތަށް. ލިޔެކިޔުން ތަކަުން އެކަން ފެންނާކަށް ނެތް.
އައްސަދަކީ ފެށުނީއްސުރެ ކޮރަޕްޓް މީހެެއް. މާ ތައުލީމީ މީހެއްވެސްނޫން. ވަރަށް ނާގާބިލް މަކަރުވެރިއެއް. އޭނަ ގެ ބޭބެ މިނިސްޓަރ އަސްލަމުގެ ތައްޕާހުން ތި ކޮމިޝަނުގެ ވެރިއަކަށް އައްޔަން ކޮށްފަ ތިހިރީ. ތިއީ އަންނި ފެކްޝަން މީހެއް. އެހެންވީމަ ރައީސް އިބޫ އާއި އޭނަގެ ފެކްޝަން އަށް ވީވަރަކުން ޖެއްސުންކުރާނެ.
ތިޔަ ޕާޓީގައި ކަމެއްކުރަން ދަންނަ ހަމައިގައި ތިބޭ ބަޔަކު ނުތިބޭނެ. ތިޔަ ޕާޓީގެ މީހުން ރަނގަޅުވާނީ މަގުމަތީގައި ހަޅޭއްލަވަން. ކަމުދާ އެކަކުވެސް އުޅޭ ޕާޓީއެއް ނޫން. ދެން ކަލޭމެން ކަލޭމެންގެ މީހުންގެ އިސްތިއުފާއަށް ގޮވާފައި ހަޅޭއްލަވާފައި މުޒާހަރާއަށް ނުކުމޭ. އެއީ ކަލޭމެން ދަންނަ ކަމަކީ.
ނިހާދު ކަލޭ ފޭދޫގެ ނިކަމެތި ރައްޔިތުންގެ ތެރެއިން ފުރައްސާރަކުރީ ކިތައް މީހުންނައްތޯއާއި އަދި ކިތައް ގޭގެ ފުރާޅަށް ގާއުކިތޯއާއި ކިތައް ބައެއްގެ ރޭގަނޑުގެ ނިދިން މަހުރޫމު ކުރިންތޯ ކިތައްގެއިންތޯ ކުކުޅު ވަގައް ނަގައިގެން ކެއީ! މިކަންވެސް އޮޑިޓްކޮށް ބެލޭނެ ދުވަހެއް އެބައޮތްކަން ހަނދާންކުރޭ ފަސްގަނޑު ދަށަށް ދިޔާމަ ކުރި ހުރިހާކަމެއް އޮޑިޓްކޮށް ދޭންޖެހޭ ހައްގު އަދަބު ކަލެއަށްވެސް ލިބޭނެ މިހާރު ތިޔަހެން އުޅެވިދާނެ މިހާރުވެސް ކަލޭމެންގެ ބާރުގައި ފެދޫގައި ހަރަކާތްތެރިވާ ގުރޫޕް ތަކުގެ އުނދަގުލާހެދި ރައްޔިތުންނަށް ރަށުގައި މިނިވަން ކަމާއެކު އުޅެވޭކަށެއްނެތް މިހުރިހާ ކަމެއް މަހުށަރުގެ މައިދާނުން ސާބިތުވެ ބޯދަމައިގަނެވޭކަށް އެދުވަހަކުން ލާހިކައެއްނޫން ނޯޗާންސް އޯކޭ
ކަލޭނިހާދު ބުނެބަލަ އަޅެ ކަލެޔައް ފޭދުއައްކޮއްދެވުނީ ކޮންކަމެއްތަ.