އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރު ކަމުގެ ގޮނޑި ރާއްޖެ އަށް ނުލިބުމަކީ ހަޖޫ ޖަހަންޖެހޭ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެ ވާދަ ކުރުމަކީ ރައީސް އަބްދުﷲ ޔާމީން ގައުމާމެދު ދެކެވަޑައިގަންނަވާ ހުވަފެންފުޅު ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އަދި ގޮނޑި ކާމިޔާބު ނުވުމަކީ ހަޖޫ ޖަހަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ރައީސް ޔާމީން އަށް ތައުރީފު ކުރަންޖެހޭ ކަމެއް ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރު ކަމުގެ ގޮނޑި އަށް ރާއްޖެ އާއެކު ވާދަކުރީ އިންޑޮނީޝިޔާއެވެ. މި އިންތިޚާބުގައި އިންޑޮނޭޝިއާއަށް 144 ޤައުމެއްގެ ވޯޓު ލިބުނުއިރު، ރާއްޖެއަށް ލިބުނީ 46 ޤައުމެއްގެ ތާޢީދެވެ. ގޮނޑި ކާމިޔާބުކުރަން ހޯދަން ޖެހެނީ 127 ޤައުމެއްގެ ވޯޓެވެ. މި ވޯޓުގައި ބައިވެރިވެފައި ވަނީ ޖުމްލަ 190 ޤައުމެވެ.

މި އިންތިޚާބުގައި، ރާއްޖެ އާއި އިންޑޮނޭޝިއާ ވާދަކުރި އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައަޅާފައިވާ ގޮނޑި ފިޔަވައި ބާކީ ހަތަރު ގޮނޑިން ކޮންމެ ގޮނޑިއަކަށް ވާދަކޮށްފައި ވަނީ އެއް ޤައުމެވެ. އެހެންކަމުން އެއްވެސް ވާދަވެރިކަމެއް ނެތި އެޤައުމުތަކަށް ވަނީ ގޮނޑި ކާމިޔާބު ވެފައެވެ.

އެގޮތުން ދެކުނު އެފްރިކާ 183 ވޯޓާއި އެކު ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ބެލްޖިއަމް އަށް ގޮނޑި ކާމިޔާބުވީ 181 ވޯޓުންނެވެ. އަދި ޖަރުމަންވިލާތާއި ޑޮމިނިކަން ރިޕަބްލިކަށް ވޯޓު ކާމިޔާބުވީ 184 ވޯޓު ލިބިގެންނެވެ.

އދ. ގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރުގެ ތެރޭގައި، މިއީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޥޯޓު

  ބަލިވީ ހަމަ ޔާމީނު... މޮޅު ކަމެއް ކޮއްފިއްޔާ ޔާމީނު.. ދެރަކަމެއް ވެއްޖެޔާ ރައްޔިތުން.. ބަލަ ކަލޭމެން މޮޔަ ނުގޮވަ ތިބެބަލަ.. ބުރިޖު އެޅީ ޔާމީނުގެ މޮޅު ކަމުން... އައިޖީއެމްއެޗް ގެ އާ އިމާރާތް އެޅީ ޔާމީނު... މަގުތައް ހަދަނީ ޔާމީނު.. އެކަމަކު އ.ދ ގެ ނެގި ވޯޓުން ބަލިވީ ހެޔޮ އެދޭ ރައްޔިތުން... މިވާ ގޮތެއް ނޭންގުނު

  • އެންޓި-ވޯޓު

   ބަލިވުން އެއީ މައްސަލައެއްނޫން، ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ކުރިޔަށްދަނީ ތަރައްޤީގެ މަސައްކަތްތަ، ހަޖަމް ކުރަން ބޭނުން ނުވިޔަސް މި ހަޤީޤަތް ބަދަލެއް ނުކުރެވޭނެ އިންޝާﷲ

 2. އަސޭލާ

  ކޮސްގޮވާ ދެން

 3. 46

  ވޯޓަކުން ކުރާކަމެއް ވިއްޔާ އެސޮރުބަލިވާނެ ވިސްނާ ޥިސްނާ

 4. ނަސަިދު

  ޢަޅުގަނޑައް ފެނޭ ގޮނޑި ނުލިބުނީމަވެސް އެކަމުދެ އުފަލުގައި ލޮރީބުރެއް ޖަހާލަން މީނުންތޯ ދިމުގުރާތީއަކީ

 5. ސަލާމް

  އަދުރޭ.. ސިޔާސީ ކަންކަމާ ނުވިސްނަބަލަ އެންމެ މާތް މަތިވެރި ބިމުގަ ހުރެ ... އަޅުކަމުގަ އިހްލާސްތުރިވޭ... ﷲ އަށް ބިރުވެތިވޭ ...... ބިރުވެތިވޭ

 6. ތިމަންނަ

  އަސްލަށް ބުނާނަމަ މި ލިބުނީވެސް ގައުމަށް ކާމިޔާބެކެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ނުހޮވުނަސް އެއީވެސް ހަމަ ގައުމަށް ލިބޭ ކާމިޔާބެކެވެ.

 7. އަކަތްސުކީ

  ސުކުރިއްޔާ ރައީސް.