މަސްވެރިކަމަށް ގޮސް އުޅެނިކޮށް ހާލު ދެރަވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސަޕިޓަލްގައި ފަރުވާދެމުންދިޔަ މީހާ ނިޔާވެއްޖެ އެވެ.

ނިޔާވެފައި ވަނީ ކުޅުދުއްފުށި މީހެކެވެ.

އެ މީހާ ނިޔާވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

އިތުރު ބަޔަކާއެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް އޭނާގެ ހާލު ދެރަވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ އެ މީހާ ނިޔާވީ މިއަދު ހަވީރު 16:40 ހާއިރު ކަމަށެވެ.