އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް އިން ޔޫރަޕް (އޭސީއާރްއީ) ގެ މެމްބަރުކަން ޕީޕީއެމަށް ލިބިއްޖެއެވެ.

އޭސީއާރްއީގެ މެމްބަރުކަން ޕީޕީއެމް އަށް ލިބުނުކަން ހާމަކުރެއްވީ ސައިޕްރަސްގައި މިވަގުތު ހުންނެވި ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލެވެ.

އޭސީއާރްއީ އަކީ ޔޫރަޕްގެ ސިޔާސީ އަދި އިގްތިސާދީ ވިސްނުމުގެ އެންމެ ވަރުގަދަ އެއް ޖަމާއަތެވެ. މި ޖަމާއަތް އުފައްދާފައިވަނީ 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

މި ޖަމާއަތުގައި އެކި ގައުމުތަކުން 24 މެމްބަރުން ތިބެއެވެ. އޭގެތެރޭގައި އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީ އާއި އެމެރިކާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ

    ދެން ...؟

  2. ޙަމެ

    މަރުހަބާ ޕޕމ ކިދިންނައް

  3. އަޙްމަދް

    ހެހޭ ކޮބާ އެމްޑީޕީ!؟

  4. އަހުމަދު

    ކީއްވެތޯ އެ ޖަމިޔާގެ ލާދީނީ ވާހަކަ މި ހަބަރުގަ ނުގެނެސްދިނީ... އެ ޖަމިޔާ އަކީ ދީނީ މިނިވަން ކަމަށް ވަކާލާތު ކޮށް އެކަން ކުރިއަރުވާ ބަޔެއް ނޫންތޯ..