ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މާދަމާ ހުޅުވާލަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ގޮވާމުގެ ބާވަތްތަކުން ޒަކާތްދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ޒަކާތް ދައްކަން ޖެހޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން މީހަކަށް 2.4 ކިލޯ ކަމަށް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.

ޒަކާތް ބަލައިގަންނާނީ، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ހޯލުގައެވެ. ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތައް ބަހަން ފަށާނީ އަންނަ ބުދަ ދުވަހުއެވެ.

ޒަކާތް ބަލައިގަންނަ ވަގުތުތަކާއި ބެހުމަށް ހަމަޖެހިފައިވާ ވަގުތުތައް ތިރީގައި މިވަނީއެވެ:

ބަލައިގަންނަ ގަޑިތައް: (26 ރަމަޟާން 1439ހ - 29ރަމަޟާން 1439 )

ހެނދުނު 10:30 އިން މެންދުރު 12:00 އަށް

މެންދުރު 13:00 އިން ހަވީރު 14:30އަށް

ރޭގަނޑު 20:30 އިން 22:30 އަށް

ބަހަން ހަމަޖެހިފައިވާ ގަޑިތައް: (29 ރަމަޟާން 1439 )

ހެންދުނު10:30 އިން ހަވީރު 5:00 އަށް

ރޭގަނޑު 9:00 އިން 10:30 އަށް