ފުލުހުންގެ ހިދުމަތުގެ ގާނޫނާއެކު ދިވެހި ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ އާ ގާނޫނަށް ގާނޫނަށް އަމަލުކުރަން ފެށުމުގެގޮތުން އިސްކަންދަރު ބިލްޑިންގައި ބޭއްވި ފުލުހުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ހަމައެކަނި ފުރިހަމަ ގާނޫނެއް އޮތުމަކުން އަޅުގަނޑުމެން އެ ބޭނުންވާ މަގުސަދު ހާސިލެއް ނުކުރެވޭނެ ކަމަށެވެ.

އަދި ގާނޫނުގައި ބުނާ ގޮތަށް، ގާނޫނުން އަންގާ ގޮތަށް ކަންތައްތައްކޮށް އަމަލުތައް ބެހެއްޓުމަކީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށާއި ފުލުހުންގެ އެންމެ އިސް ވާޖިބަކަށްވަނީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓައި، ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، މަސްލަހަތު ރައްކާތެރި ކުރުމާއި އިންސާނީ ހައްގުތައް ހިމާޔަތްކޮށް، އަމާން ވެށްޓެއް އެންމެހައި ރައްޔިތުންނަށް ގާއިމުކޮށްދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުލުހުންނަކީ ރެޔާއި ދުވާލު ރައްޔިތުންގެ ހިމާޔަތުގައި، ރައްޔިތުން ސަލާމަތްކުރުމަށް އުޅޭ ބައެއް ކަން ފައިސަލް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކުވެސް އަޑުއިވިގެން މިދަނީ މަސްތުވާތަކެތީގެ ތަފާތު އެކި މައްސަލަތަކާއި، ކުޑަކުދިންނަށް ކުރެވޭ އެކިކަހަލަ އަނިޔާތަކާއި، އަންހެނުންނަށް ކުރެވޭ އެކިކަހަލަ ގޯނާތަކާއި، ވައްކަމާއި ފޭރުމާއި އެނޫންވެސް އެކިއެކި މައްސަލަތަކެވެ.

މިއީ އަޅުގަނޑުމެން މިއަދު މިކަމަށް ފުންކޮށް ވިސްނައި، އާ ގާނޫނެއް ލިބިގެންދާއިރު އައު ހިތްވަރަކާއި އަޒުމަކާއެކު އެންމެން އެކުގައި، ވަކިން ހާއްސަކޮށް ފުލުހުންގެ ބޭފުޅުން މަސައްކަތަށް ނުކުންނަ އިރު މުޅި ގައުމުގެ ހުރިހާ އެންމެން ވިސްނަންޖެހޭނެ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ގައުމުގައި ހުރި މައްސަލަތަކަކީ އެއީ ވަކި އާއިލާއަކަށް އަދި ވަކިބަޔަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫންކަމަށާއި ގައުމުގައި ހުރި ހުރިހާ މައްސަލަތަކަކީ އެ މައްސަލަތައް ހުރުމުން އެ ގައުމުގެ އެންމެހައި ރައްޔިތުންނަށް އޭގެ ސަބަބުން ހިތާމަޔާއި ދަތި އުނދަގޫތައް ކުރިމަތިވާ ކަންތައްތައް ކަމުގައެވެ. އަދި ވަކިން ހާއްސަކޮށް ފުލުހުންގެ ހިދުމަތް ލާމަރުކަޒުކޮށް އެ މަސައްކަތް ރަށު ކައުންސިލުތަކާއި، ޖަމިއްޔާތަކާ އަދި ރައްޔިތުންނާ ގުޅިގެން ކުރަމުންދާއިރު، ކުށްކުރުން ހުއްޓުވުމަށް ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެއްޓެއް ގާއިމުކުރުމަކީ އެއީ އެންމެންގެ މަސްއޫލިއްޔަތެއްކަން ދަނެގެން އެ އަމާޒަށް ވާސިލުވުމަށްޓަކައި ދިވެހި އެންމެހައި ރައްޔިތުން މަސައްކަތްކުރުމަށް ގޮވައިލެއްވިއެވެ.

އޭގެ އިތުރުން، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތެއްގައި އަބަދުވެސް ވިސްނަންޖެހޭނީ އިންސާނީ ކަރާމާތާއި، މީހުންނަށް އިހުސާންތެރިވުމާއި، ވަކި މީހަކަށްވީތީވެ އިންސާފު ލިބޭނޭ ކަމަށް ގަބޫލުނުކުރުމާއި އަދުލުވެރިކަން އެއީ އަޅުގަނޑުމެންގެ އިސްލާމްދީނުން އަޅުގަނޑުމެންގެ މައްޗަށް އެންމެބޮޑަށް ބާރުއަޅާ ކަންތައް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ކުރާ ކޮންމެ ކަމެއްގައި އިންސާފުވެރިކަމާއެކު ކަންތައްތައް ކުރުމާއި އަދުލުވެރިކަންމަތީ ދެމިތިބުމަކީ އެއީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވިސްނާ

    ހުސްދޮގު ޙުވާގަވެސް އޮޅުވާލުން ރައްޔިތުން ބަލަންޖެހޭ އޮތް އެއްޗެއް ކުރީގަ އަދި މިހާރު

    23
  2. ފިދަނަ

    ރަށްޔަތުމީހާ ދުލުގަ ހި ފަހައްޓާ އޮބަހައްޓާ މަންޒަރު ފެންނަނީ.

    22
  3. ކާފަބޭ2020

    ދިވެހިންނަކަށްނޫން ހިތްހަމަޖެހުންލިބޭނީ ރާއްޖޭގަތިބި މަދުޚާއިނުންކޮޅަކަށް އާރާބާރުއޮތީމަބޭނުންހާސަކަރާތެއްޖަހާ ކިތަންމެވަރެއްކުރިއަސް ތާއަބަދުދުނިޔެއަކު ނުތިބެވޭނެ ދުނިޔޭގެ ހެއްލުމަކީގެއްލުމެއްކަމުގައިދެކި އާޚިރަތުގެ ނިޢުމަތާ ޘަވާބުލިބޭތޯ މަސައްކަތްކުރާށެވެ

    19
  4. ތޮރާ

    އަދި މިހާރަށްވުރެ ބޮޑަށް އަނިޔާ ކުރުމުގެ ފުރުސަތު ބޮޑު ވާނެ

    19
  5. ސަހީ

    ގާނޫނުގައި ކޯޗެއް ނެތިގެންތަ ހިދުމަތް ނުދެވިގެން މިދަނީ.؟ އަދި ރަށްޔިތުން ފުލުހުންނަށް އިތުބާރު ނުކުރަނީ؟ ވާގޮތަކީ ލާދީނީ މީހެއް ފުލުހުން ގެ ބޮޑަކަށް ލައި އަދި މުނާފިގަކު ވުޒާރާއަށް އައްޔަނު ކޮށްފައިވާތީ..

  6. ކިބޫ

    ކިޔެއްތަ ވާނީ ކަލޭމެން މޫނު އަޅާގެން އުޅެ މީހުންނަށް ވަޒީފާ ދިނިއްޔާ.. ވަޒީފާ އަށްކުރިމަތިލާ އިރަށް މިބުނަނީ މޫނު އަޅާ މީހުންނަކަށްވަޒީފާ އެ އް ނުދެމޭ... އެކަމް އެޔެއްނޭނގެ އިބޫ ހޮވަންވެގެއް ރައްޔިތުން ކުރިމަތީ މޫނު އަޅާ މީހުންނަށް ވެ ސް ވަޒީފާދޭނަމޭ ބުނި.. އެކަމް ކޮންތާކުބުހުތާނު ދޮގު... ބަލަ އި ސްލާމް ދީނަކީ ހަމަހަމަ ދީނެކޭ. ...

  7. ޙހހ

    ކަލޭމެނގެ އެއްގާނޫނަކުން އެއކަކަށްވެސް ހިތްހަމަޖެހުމެއްނުލިބޭނެ. ކަލޭމެންގެ އަމިއްލަފައިދާއަށް ހަދާ ގާނޫނުތަކެއްތީ. ވެރިކަމުގަ ބައްދައިގެނެގެން އޮވެވޭނެގޮތަކަށް ހުރިހާކަމެއް ރާވާބައެއްތީ. ބޮލަކުން އިނޑިއާސިފައިން ގެނެސްގެން ތިއުޅެނީ މިތަނުގެ ސިފައިން ކަލޭމެންނާ ދެކޮޅުހަދާ ފާނެތީ އެކަމާ ބިރުން.

  8. މާމީ

    ރީނދޫ ބޮޑިބަތް ކޭން ބެއްލެވިއްޔާ ތެދެއްނަހަދާނެ

  9. އޭސަހަރޯ

    ބަލަތިހެން ކިޔައިގެންނު ސަރުކާރު ގެނައި ދެން ކޮން ހިންހަމަޖެމެއް ރައްޔިތޔުންވާނީ ވަރައް ހިންހަމަ ޖެހޭނޫންތޯ ސަދޫމުގަވާ ހިމާރު ގަނައިމީހާ ކުއްވެރިވެ ހުކުން ކުރި މިގައުމުގަ މިހާރިމިދަނީ އެވެރުވެސް ނުވެ ރައްޔިތުން ކާޅައްދީފަ މިތިބީ ގަދަމީހަ ގަދަ މާތް ﷲ އާވަކީލް ކޮއްލައިގެން ގިނަ ރައްޔިތުންމިތިބީ އެއްވެސް ސަލާމަތްތެރިކަމެއްނެތް ވަކިކަމެކޖޭ ކިޔާނެ ކަމެއްނެތް ވައްކަންކުރުމާއި ފޭރުމާއި ރޭޕްކުރުމާއި މަސްތުވުމާއި މިހެންގޯސް ނަން ހުސްކޮއް ކުއްކުރަމުން އެދަނީ ފާޅުގަ ވީޑިއޯފެންނަމުންދާއިރުވެސް ހެކިނެތިގެން ބަންދުކޮއްފައި ބޭތިއްބޭނެ ތަނެއް ނެތިގެން ކުއްވެރިން ހީރޯއިންގެ ގޮތުގައި