މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުނުވެ އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންމެ ކެމްޕެއިން އަކާއި ދިމާކޮށް ތިމާއަކީ ރައްޔިތުންގެ މީހެއް ކަމަށް ދައްކަން ކޮރަޕްޝަން އާއި ދެކޮޅު، ޑިމޮކްރެޓިކް މީހެއް ކަމުގެ ތާޖު ބޭފުޅަކު އަޅުއްވާ ކަމަށެވެ. އަދި ގޭގޭގެ ކުނި ކަހާ އެދު ތަންމަތި އަޅާދީ މޮޅެތި ވާހަކަދައްކާ މީހުންގެ ވާހަކަ އަށް މިހާރު ރައްޔިތުން ނުހެއްލޭނެ ކަމަށް ޝޭހް އިލްޔާޒް ވިދާޅުވިއެވެ.

އިލްޔާސްގެ ވާހަކައިގައި ވަކި ބޭފުޅެއްގެ ނަން ވިދާޅުވެފައި ނުވި ނަމަވެސް އެ ވާހަކަތައް ރައްދުވަނީ ރައީސް ނަޝީދަށް ކަމަށް ބެލެވެނީ ދާދިފަހުން ރައީސް ނަޝީދު ކުނިކަހަން އިން މަންޒަރު ފެންނަ ފޮޓޯ އެއް މީސްމީޑިއާގައި ދައުރުވެ އެއީ އިންތިޚާބާއި ދިމާކޮށް ކުޅުއްވާ ޑްރާމާއެއް ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވަމުން ދާތީއެވެ.

އަދި ޑިމޮކްރެޓިކް މީހެއް ކަމަށް ދައްކަން ތާޖު އަޅާ ކަމަށް ވިދާޅުވެފައިވާ ވާހަކަތަކަކީ ވެސް ރައީސް ނަޝީދު އަށް އަމާޒުކުރެއްވި ވާހަކަތަކެއް ކަމަށް ބެލެވެއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ދޮރުން ދޮރަށް ހިނގުމުގެ މަސައްކަތުގައި އަމަލީ ގޮތުން ރައީސް ނަޝީދުގެންދަވަނީ ބައިވެރިވެވަޑައި ގަންނަވަމުންނެވެ. އަދި ބައެއް ގޭގެ އަށް ވަޑައިގެން ގޭގެ ކަންކަމުގައި އެހީތެރިވެވަޑައިގަތުމާއި ބައެއް މީހުންގެ ޝަކުވާތައް ދަނީ އައްޑު އައްސަވަމުންނެވެ.

މިގޮތަށް ކެމްޕެއިން އަށް ވަައިގަންނަވާއިރު ބައެއް މީހުންގެ ނުރުހުމާއި ފާޑުކިޔުމާއި ވެސް ރައީސް ނަޝީދަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ކެފޭއަކަށް ވަނުމުން އެތަނުން އެމަނިކުފާނު ބޭރުކޮށްލި ވީޑިއޯއެއްވެސް މީސްމީޑިއާގައި ދައުރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނަޝީ ދު

    ތީ މަގޭ ވާހަކަ ދޯ ކަލޭ ތި ދައްކަނީ؟

    36
  2. ކެހިވެރި އެޖެންޑާ

    މަނިކުފާނު ވިދާޅުވެ ދެއްވަ ބައްލަވަ ކެމްޕޭނަށް ދުޢާ ދެއްވި ވެރިމީހާގެ ވާހަކަ ދެން މަނިކުފާނު ތިކަހަލަ ވާހަކަ ދެއްކީމަ ހަމަ ހިނިއަންނަނީ.

    69
    3
  3. ޚަލޯ

    އަދިވެސް ޖާހިލުންގެ އޮޑިއަށް އަރާ ހުރޭ. ޝޭޚުންގެ ޢިއްޒަތާ ނަފްސު ވެއްޔާ މޮޑެލި ބައިގަނޑާއިއެކު މެނުވީ ފެންފޮދެއް ވެސް ދިރުވާނުލެވެއެވެ.

    58
    2
  4. ޢަޒު

    ޝެއިޚް ލަދުގަންނަން ޖެހޭނެ މިއަދު ތިވާހަކަ ދައްކަންވެސް މާތްﷲ ދުޢާދަންނަވާފައިވާ މީހެކޭ ބުނީ އިބޫއަކީ އެހެން ބުނުމމުން ދުޢާދެއްވި ތަ؟އިސްލާމްދީނަށް ބަދުބަސް ބުނި ބަޔަކާއެކުވެ އުޅޭނީވެސް އޭގެ ބައިވެރިން ޢިޔާޒް އާއި އިލްޔާސް އަދި ޢިމްރާން ޒައިދު މީމުނާފިގުން ނޫންތޯ؟ވެރިމީހާއާއި ރނަޝީދު އަކީ އެކަށްޗެއް އުޅެނީ އެއް އޮޑިއެއްގަ އެއްބައެއްގެ ގޮތުގަ އެކަން ސޯލިހު ރަނގަލހު ކޮއްގެން ނަޝީދު ނުބަެިއި ކުރާއިރު ވެރިކަން ހިންގަނީ ނަޝީދުގެ އޯޑަރަށް އެނައަށް ފެންނަ ގޮތަކަށް އެކަން އިބޫ އޯކެ

    30
    1
  5. ފައްލަންބޭ

    އިލްޔާސް މެންނަށް ވައްކަން އޯކޭ ތޯ؟ ކަރަޕްޝަން އާއި ރޭޕްވެސް އޯކޭތޯ؟ މިއީ ކޮންކަހަލަ ޝޭޚުންނެއް ތޯ؟ އަނެއްކާއަށް ހަޖޫ ޖެހުމާއި ބަދުބަސްތަކުން ދިމާކުރުމުގެ ބަދަލުގައި، އަނގަ ހުޅުވާފައި ރޭޕްކުރުމާއި ވައްކަންތަކާއި ކަރަޕްޝަންތަކާއި ދެކޮޅަށް އެއްޗެއް ބުނެބަލަ! ވަގުން ދިފާއުކުރުމުގެ ބަދަލުގައި.

    30
    1
  6. އަޙްމަދު

    ދިވެހި ރައްޔިތުން ނުހެއްލުނަސް އިލްޔާސް ހުސައިން ހެލޭކަން މުޅި މި ދިވެހި ޤައުމުވެސް ދައްނަ ބޮޑުހަޤީޤަތެއް.

    30
    1
  7. ރަސޫލާ ދުޢާ ދެންނެވިފަދަ ވެރިއެއް..

    ތިއީ ދެން ހުރި ގޮތްނޭންގޭ އަގުވެއްޓިފައި އޮތް ސިޔާސީ ސޭކު.

    33
    1
  8. ދެފުއްދެގޮއް

    ތީދެން މިހާރު މާތާހިރު މީހެއް ނޫން އެހެން މީހުންނަށް ފާޑުކިޔާކަށް.

    33
    3
  9. ކޮންވައްތަރު ހުންނަނީ؟

    އެއްކަލަ އިންތިޚާބީ ދުވަސްވަރަށް ހޭއަރާ ސިޔާސީ ޝޭޚު!

    34
    3
  10. އެލެސްބޯއީ

    ކޮބާތޯ މަސް އަލަޔަކީ ރައްޔިތުން ގުނބޯ ހައްދައިގެން ޕާޓީތައް ހަދާ ގާނޫނެއްގެ އަލީގައި ޖީއެސްޓީގެ ނަމުގަ ފައިސަނަގަމުން އެފައިސާއިން ބޮޑުމުސާރަޔާ އިނާޔަތާ ނަގަމުން ދާއިރު ބަހެއް ބުނާނެ މީހަކުނެތް އެންމެފަހުން ދަރިޔަކުއިއްފައްތެރިކަމާއެކު ބޮޑުކުރެވޭނެކަމުގެ ޔަގީންކަމެއް ނެއް ފައިސާފޮއްޗެއް ރައްކާ ކުރެވޭނެ ކަމުގެ ޔަގީންކަމެއްނެތް ފުރާނަޔައިގެން އަނބުރާ ގެޔައް އާދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް އެކަމަކު ތިލަފަތައެް ވޯޓް އަޅާށޯ ބަޔަކުއެތިބީ ވޯޓްދޭން ތައްޔާރައް ކޮޓަރީގަ މޮޕް އަޅަ ކުނިކަހާދިނީމަ ބޯހަލާކް

    25
    3
  11. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

    އެއްވެސް މީހަކަށް މަލާމާތް ކޮށް، ނެތި މޮށުމަކީ ދީނީ މީހުން ކޮށްގެން ވާނެ ކަމެއް ނޫން. ނެތި މޮށޭ މީހާ އެ ނެތި މޮށުން ރައްދުވާ މީހާގެ މަރުވެފަ އޮތް މަސްގަނޑު ރޮލާ ހަފައިގެން ކޭ-ފަދައެ !

    15
    1
  12. ކުރަނޑިބެ

    ކަލޯދުއާދެއްވި ވެރިންގެފަރާތުން ބިރުވެރިކަންތަށްތަށްފެންނަންފެށީތަ އަހަރުންނަށްހީވަނީ ކަލެޔަށް ހުވަފެނެއް ފެނުނީހެން އޯކޭ އިސްލާހުވޭ ފުރުސަތުއެބައޮތް ވަގުތުނަގާނުލާ......

    17
  13. ފޭކް

    ކޮބާ ފެނޭތަ ޑިމޮކްރަސީ މިގައުމުގައޮތްލެއް ފުޅާކަމުން ތިއުޅެނީ އަނގަހުޅުވާލަން ނުކެރިގެން މިނިވަން މިލަފްޒުގެ ބޭނުންކޮއްލިޔަސް މަގާމް ދޫކޮއްލަންޖެހޭނީ އެކަމަކު ކުރީގެ ބައެއްސަރުކާރުތައް އޮތްއިރު ބަދު ދުއާވެސް ކުރެވުނު މިއަދު ނުކެރޭނެ އަނގަވެސް ހުޅުވާލާކައް

    16
  14. ޝުއައިބު ވިދާޅުވީ

    މިރޭގެ އިންޓަރވިއުގައި މޑޕ މމބރ ފުރަހަނި ޝުޢައިބު ތިވާހަކަ ދެއްކި. ކޮންމެ އިންތިޚާބަކާއި ދިމަކޮށްފައި ހަވާދު ފުނޑާ ގޮތް ދައްކައި ނަހަދާށޭ. އެއަށްވުރު ބޮޑަށް ކޮންމެވެސް ރަނގަޅު މަސައްކަތަކާއިގެން އަންނާށޭ ...

    "އަންނިގެ ކިބައިން އެމްޑީޕީ މިނިވަން ކޮށްގެން ނޫނިއްޔާ މާލޭގެ ރައްޔިތަކަށް ވެސް، ރާއްޖޭގެ ރައްޔިތަކަށް ވެސް ހަމަޖެހިގެން ނޫޅެވޭނެ. ކަޅު މުހައްމަދު ރަސްގެފާނުގެ ޒަމާނުގައި އޮތް ހާލަތައް މިއަދު ދިވެހިރާއްޖެ ވެއްޓިފައި މިއޮތީ އަންނިގެ ސަބަބުން." ޝުއައިބު ވިދާޅުވިއެވެ."
    އަދި އިތުރުވާހަކަވެސްތައް ބުނި. ފުލް އިންޓަރވިއު ބަލާލީމަ ރަނަގަލާށް އެނގޭނީ. ޗެނެލް 13 ފޭސްބުކް އިން ފެންނާނެ.

    15
  15. ފާއިޒު

    ރައްޔިތުން ގުނބޯ ހައްދަނީ ދޯ

  16. ރައޫފް

    ކަލޯ ! ރަސޫލާ ދުޢާދެންނެވިފަދަ ވެރިޔެއްގެ ވެރިކމުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފޫއެވެ، ﷲ ތަޢާލާގެ ޒާތުފުޅަށް އަރައިގެންފޫއެވެ. މާތްރަސޫލާއަށް މަލާމަތްކޮށްފޫއެވެ. ކީރިތި ޤުރުއާނަށް ހަޖޫޖަހައިފޫއެވެ. ޅަދަރިންގެ ޢިއްފަތް ލޫޓުވައިފޫއެވެ. ބަނގުރާ ޢާއްމުކޮށް ތިޔާގިކޮށްފޫއެވެ. ވައްކަން ހެސްކިޔާފަ ކޮށްފޫއެވެ. މަގުމަތީގައި އަންހެނުންގެ ގަޔަށް އަރައިގެންފޫއެވެ، ޕާޓީ އޮފީހުގައި އަންހެނުންގެ އުރަމަތި އަނބުރާފޫއެވެ. އަދިވެސް ނަޝީދު ހެއޔެވެ؟ ބަލަގަ މި ހުރިހައިކަމެއް ފޮރުވައިގެން އަޅާުނުލައި އެހުރީ ތިޔަ ވިދާޅުވާ ދުޢާދެއްވި މީހާއެވެވެ.

  17. ދރ

    ދީނީ ތާޖް އަޅުއްވާގެން ތިބެ ކޮސްގޮވުން ނަސީދު ޖެހި މަޅީގަ ނުޖެހޭ މީހެތްނޫން ކަލެއަކީ ތިޔައީ އިސްތަށި ބާލާކަލަ ސޭހުން ވަރައްސަލާން

  18. ކެޔޮޅު

    ދޮގު ނުހަދާ ވައްކަން ނުކުރާ ބަޔަކާ އެކުގަ ނަސީދަކައް ނޫޅެވޭނެ!!

    7
    1
  19. އަޙްމަދް

    މިބައި މީހުން ދީން ކިޔެވީ މީސްތަކުން ނަށް ދީން އުނގައްނަދީ މީސްތަކުންނަށް ތެދުމަގު ބަޔާން ކޮއްދޭން ނޫންބާއެވެ.؟
    އެކަމަކު އަބަދުހެން ފެއްނަނީ ސީޔާސީ ވެގެން ކޮއްމެވެސް ސީޔާސީ މީހެއްގެ ފަހަތުން ބައެއްފަހަރު އެއްކޮޅަށް އަނެއްބައިފަހަރު ދެކޮޅަށް ނުކުމެ އެމީހެއްގެ ފަހަތުން ނުނެެއްޓެވިގެން އުޅޭތަނެވެ.