ހުޅުމާލޭގައި ހިނގި އެކްސިޑެންޓެގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ އެހޮސްޕޮޓަލަށް 21:20 ހާއިރު ގެންދިޔަ ތިން ޒުވާނަކަށް ފަރުވާދެމުންދާ ކަމަށާއި އޭގެތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެމީހުންގެ ތެރެއިން އެކަކަށް އިތުރު ފަރުވާ ދިނުމަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ތިން ވަނަ މީހާ އަށް އަދިވެސް ފަރުވާދެމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ.
މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.
ހުޅުމާލޭ ގިނަ ސަރަހައްދުތައް ވަރަށް ބޮޑަށް އަނދިރިކޮށް އޮންނާތީ މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ވެއެވެ.
އަދިވާވަރު މަދު ހުޅުމާލެޔަކީ ރޭސްޓެރެކެއްވިޔާ.މުޅި ރަށް މި އޮންނަނީ އަދިރިކޮއްފަ.ހިގާފަމަގުހުރަސްކުރާމީހުން ނުފެނެ.ބަންޕަރުތަށްވެސް ފެންނަނީ އަރާހަމަވީމަ.އަނެއްކާ ހުޅުމާލޭގަ ތިބޭނީ ވަޒީފާދީފަ ކޯނުތަކަކަށް.އެއްޗެހި ނުބުނާނެދޯ އެއްޗެކޭ.
ތިންމީހުންގެ ތެރެއިން އެކަކު އެއީ ޖުޑީޝަލްއެޑްމިނިސްޓްރޭޝަނުގައި އުޅޭ ސެކިއުރިޓީއެއް. ޢުމުރު ނުބުނާނަން. ހޮސްޕިޓަލުން ހާމަނުކުރާތީ. ހެހެހެ
އަނދިރިކޮށް އޮންނާތި ވާ ގޮތެއްނޫން ތީކީ.. ބައެއް މީހުން ހޭބޯ ނާރައިގެން ދުއްވާތި ގިނަ ފަހަރަށް ތިކަންތައް ދިމާވަނީ
ދުވާލުމެންދުރުވެސް އަދިރިވީމަތޯ ނުފެންނަނީ ހަމަ ބަލާލާ ު ނުލާއުޅޭތީ ވާގޮތް
އެކަކެ ނިޔާވެއްޖެ އިންނާލިއްލާހި ވައިންނާ އިލައިހިރާޖިއޫން