ކޮވިޑް-19 ބަލީގައި ދެބައި އުމުރުގެ އަންހެނުންނަށް ބޮޑުވަރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދިރާސާ އިން ދައްކާ ގޮތުގައި ދެބައި އުމުރުގެ ދެ ޖިންސުގެ މީހުންގެ ތެރެއިން އަންހެނުން ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާ ދިނުމަށް ފަހު ވެސް ވައިރަހުގެ އަލާމާތްތައް ފެންނަމުންދެއެވެ.

އެ ދިރާސާ އިން އެނގުނު ގޮތުގައި 70 އިންސައްތަ މީހުންނަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ނޭވާ ކުރުވުމާއި ގައިގައި ރިއްސުން ފަދަ މައްސަލަތައް ހިމެނެއެވެ. މި ދިރާސާގައި އެމީހުންނަށް ބަލީގައި ކުރި އަސަރުތައް މާ ތަފްސީލްކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މި ދިރާސާ ކުރީ ޔޫރަޕުގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައިވާ 1،000 އަށް ވުރެ ގިނަ ބަލި މީހުން ބައިވެރި ކޮށްގެންނެވެ. އޭގެ ތެރެއިން 70 އިންސައްތަ މީހުންނަކީ ހޮސްޕިޓަލުން ދޫކޮށްލި ފަހުން ފަސް މަސް އިރުގައި ވެސް މުޅިން ބަލިން ރަނގަޅު ނުވާ މީހުންނެވެ. އޭގެ ތެރޭގައި ގިނައިން ހިމެނިފައި ވަނީ ހަމަ އަންހެނުން ކަން ދިރާސާގައި ވަނީ ފާހަގަ ކޮށްފައެވެ.

ދިރާސާއިން އެނގިގެން ދިޔައީ 50 އަހަރުން ދަށުގެ އަންހެނުންނަށް ނޭވާ ކުރުވުމާއި އެފަދަ ކޮވިޑް-19ގެ އަލާމާތްތައް ފެނުން އެ އުމުރުގެ ފިރިހެނުންނަށް ވުރެ ގާތް ކަމަށެވެ. ކޮވިޑް-19 އަލާމާތްތަކުގެ ސަބަބުން 18 އިންސައްތަ މީހުން ވަޒީފާއަށް ދިއުން ހުއްޓިފައިވާ އިރު، އަނެއް 19 އިންސައްތަ މީހުންނަށް ވަނީ ވަޒީފާ ބަދަލު ކުރަން މަޖުބޫރުވެފައެވެ.

ޔޫރަޕުގެ ހޮސްޕިޓަލުތަކުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ 327 މީހުންގެ ތެރެއިން، 50 އަހަރުން ދަށުގެ އަންހެނުން ހަތް މަސް ދުވަހުގެ ކުރިން ކޮވިޑް-19 އިން މުޅިން ރަނގަޅު ވުމުގެ ފުރުސަތު ކުޑަ ކަމަށް ދިރާސާއިން ދައްކައެވެ.

ބަލި ޖެހުމަށް ފަހު ސިއްހީ ގޮތުން އާންމު ހާލަތައް އައިސްފައި ނުވާ މީހުންގެ ތެރޭގައި އަންހެނުން ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު