މިރޭ ހުޅުމާލޭ ގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނީ ކަސްރަތު ކުރަން ނިކުމެ އުޅުނު މީހަކަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައި ވާއިރު އޭގެތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ. ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ގެންދަނީ 24 އަހަރުގެ ޒުވާން ފިރިހެނަކަށެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ސީރިއަސް ޒަހަމްތަކެއް އޭނާ އަށް ލިބުނީ ޖޮގިން އަށް ނިކުތުމަށް ފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިއެކްސިޑެންޓް ހިނގީ މިރޭ 21:20 ކަންހާއިރުއެވެ. ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ އަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ.

އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެމީހުންގެ ތެރެއިން އެކަކަށް އިތުރު ފަރުވާ ދިނުމަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ތިން ވަނަ މީހާ އަށް އަދިވެސް ފަރުވާދެމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލްގައެވެ.

މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ހުޅުމާލޭ ގިނަ ސަރަހައްދުތައް ވަރަށް ބޮޑަށް އަނދިރިކޮށް އޮންނާތީ މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަހްމަދު

    މަގުތަ ގޯސްވަނީމި.ދުއްވާލެ މަޑީހަމަ.

  2. ބީވަ

    އަނދިރިކޮށް އޮންނާތީ ނޫން ހެސްކިޔާ ބާރަށް ދުއްވަނީ. ބާރަށް ނުދުއްވާށޭ ކިޔާފަ ހުންނަ ބޯޑު ޖަހަންެޖެހޭ. މިއުޅޭ ބްރޯތަށް ދުއްވަނީ ތިހެނެއް ނޫން.

  3. އަލިތަކުރު

    ވަރަށް ހިތާމަހުރި ކަމެއް.. ޒުވާނުންގެ ސިޓީ ގައި ޓްރެފިކް ވައިލޭޝަން ތަކާއި، ވައްކަމާއި މަސްތުވާތަކެތީގެ ވަބާ އިންތިހާ އައްބޮޑުކަމަށް ފާހަގަކުރެވޭ.. މާލެއާއި ހުޅުލެ ހުޅުމާލެ ގުޅުވާދޭ ބްރިޖް ހުޅުވާލާއިރަށް މިހުރިހާ މައްސަލަތައް އިންތިހާއަށް ބޮޑުވެގެންދާނެކަމަށް ބެލެވޭ.. ކަމާބެހޭ މުއައްސަސާ ތަކުން ވަކިން ޙާއްސަކޮށް ޕޮލިސް ފޯސް އިތުރުކޮށް ފުލުހުންނަށް ޒަމާނީ ވަސީލަތްތަކާ ތަމްރީނުތައްދީ މިކަހަލަ ކަންތައް ތަކައް ކުރިމަތިލެވޭ ވަރުގެ އެލީޓް ފޯހެއްބޭއްވުން ވަރަށް މުހިންމު ކަމުގައި ދެކެމެވެ. އެހެނީ ހުޅުމާލެ އަކީ ގިނަ އަދަދެއްގެ ފަތުރުވެރިންވެސް އައިސް އުޅޭތަނަކަށްވެފަ ރާއްޖޭގެ ރީތިނަންވެސް މިކަހަލަ ކަންތައްތަކުގެ ސަބަބުން ނެތި ހިނގައިދާނެ..

  4. ޭހޭބޯނާރާ

    މޮޔަވެގެން ދުއްވާނަގާވަރުން ކަންކަން ވަނީ ...މިތާ މަގަކަށް ނިކުންނަވެސް ބިރުގަނޭ

  5. އައްޓަމަސް

    އަނދިރީ ލޯތައް ރޯމާދުވާލު އެކްސިޑެންޓްވަނީޔޯ؟! އިރުގެއަލިކަން ފަނޑުކަމުން؟! ލިޔުންތެރިންވެސް މިހާރުގެ މުޖުތަމައުއަށްހޭނި ފެނަށްދިރިފަ ތިބޭތީ އަބަދުވެސް ބަލަނީކޮންމެވެސް މުއައްސަސާއެއް ކުއްވރިކުރެވޭތޯ! ދުއްވޭލެއް މަޑުކަމުން ވާގޮތްއެޔީ! ސައިކަލަކަށް އެރުނީމަހީވަނީ މަގުއޮތީ ހުސްކޮންނޭ މައެކަންޏޭ މިތާއުޅެނީ؟! މަގުވެސް ހާދަފުޅަލޭ1 މިއެތިހާދަމަޑުންނޭދުވަނީ (އެކަމަކު އޭރު ސްޕީޑުހުންނާނީ 70 ނޫނީ 80 ގަ، ދުއްވާމީހާ އިންނަވާނީ ހޭހޭގަ އެހެންވެ މިހެންވަނީ! މީހަކަށް މަގަށްވެސް ނުކުމެވެން ނެތީ! ކަސްރަތަށް ނުކުތީމަ ސައިކަލުން، ފައިސާކޮޅެއްޖީބުގަ ހުރިއްޔާ ވަޅިން، ގޭގަތިބިއްޔާ ވަގުން ! މިހަކު ހައްޔަރު ކުރެވޭކަށްވެސްނެތް ނުކޮއްވާކަށްވެސް ނެތް1 ކޮއްފިއްޔާ ސިޔާސީމީހުންގެ ފަޔަށްހިނިއަރާނެ 1 ހައްގުތައް ހޯދަދޭން ދުވަންފަށަާނެ! ހާލަތުދިމާވިމީހާ ބަލި އެނދުގަ އަނބިދަރިން ނުކައި ބަނޑަށް

  6. އިޔާ

    ނަވާޒުއަށްވެސް ރަނގަޅަށް އިގޭނެ ބަލާނުލާ ބާރަށް ދުއްވާތީކަން މިކަހަލަ ކަންތައްވަނީ. ވީމާ އަނދިރިއޭނުލިޔޭ.

  7. ސަމްރާ

    ބަންޕަރުތައްވެސް ހުންނަނީ އަޑިކޮށް! މިވާހަކަތައް ހަބަރުތަކުގަ ލިޔެބަލަ!

  8. ޙަސަން

    މަގު ގޯސް ނުކުރޭ ..ހަމަ އެއްލަކިން ތިޔޮތީ ގޮސްފައި..

    • ޓިތީ

      އެއްލަކިން މަގުވެސް ހެދިފަ ހުރީ!

  9. ނަސީރު

    ޢެނގި ހުރެ ބުނާ ވާހަކައެއް ޕޮލިހުން ހިފަހައްޓާފައި ބަލާ ފާސްކުރަނީ މަޑުންދުއްވާފައި ދާ ފިނިބުރުޖަހަން ދާ ދެމަފިރިން ބާރައް ދުވްވާ އެކަކުވެސް ނުހިފައްޓާ.

  10. އިންނަ

    މަގުތައް ދޯ އަނދިރިވީ. ބޮޑު މަގެއް ރީތިކޮށް ހަދާފަ އޮތީމަ ދުއްވޭ ވަރެއް އެއްވެސް މީހަކަށް ނޭންގޭ.

  11. ދިވެއްސެއް

    އާޓިކަލް ނިންމާލަމުން ބުނެފައި މިއޮތީ މަގު އަދިރިވީމަ ހިގި އެކްސިޑެންޓެއް ކަމަށް. ބަލަ މަގުއަދިރިވެގެންނެއް ނޫނޭ ބާރަށް ދުއްވަނީކީ. ދުއްވިލެއް ބާރުކަމުން މިއޮތީ މީހެއްގެ ފުރާނަ ދުއްވާލާފަ. ކިތައްމެ އަދިރިއަކަސް ސައިކަލުގެ ހެޑްލައިޓް ހުންނާނެދޯ.