ހޯމް މިނިސްޓަރު އަޒްލީން - ވަގުތު އިމޭޖެސް

ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭސް ފުޅާކުރަން މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދޭ ކަމަށާއި އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިސްލާމިކް ފައިނޭންސް ވޯކްޝޮޕް ފައްޓަވައި ދެއްވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ އިސްކާމިން ފައިނޭސް އަކީ އާ ދާއިރާއެއް ނޫން ކަމަށާއި އެކަމަކީ މީގެ ސަތޭކައަށް ވުރެ އަހަރު ކުރިން ވެސް ކުރަމުން އައި ކަމެއް ކަމަށެވެ.

"އަޅުގަނޑު ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން ރައީސް އަބްދުﷲ ޔާމީން އަށް ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވައި ދެމެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތައް، އަދި އިސްލާމިކް ފައިނޭންސް ޕްރޮމޯޓުކޮށް ޒުވާން ކުދިންނަށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ވިޔަފަރީ ކުރުމަށް ހިތްވަރުދޭ ހުރިހާ ފަރާތަކަށް ޝުކުރު ދަންނަވަން،" މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރ އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ އަމާޒަކީ އިސްލާމިކް ފައިނޭންސް ރާއްޖޭގައި ފުޅާކޮށް އިސްލާމިކް ފައިނޭންސް އަށް ދާން ބޭނުންވާ ފަރާތަތަކަށް މަގު ފަހިކޮށްދިނުން ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިސްލާމިކް ފައިނޭންސްގެ އެހީގައި ރާއްޖޭގައި ފައިނޭންސްގެ ދާއިރާ ހަރުދަނާ ކުރުން ކަމަށެވެ.

ADS BY SHEESHA

މިއަދު ގައުމީ ޔުނިވާސިޓީގައި ފެށިގެން ދިޔަ މި ވޯކްޝޮޕްގައި ރާއްޖޭން ބޭރުގެ ފެސިލިޓޭޓަރުން ކިޔަވައި ދެެއްވާނެއެވެ. އަދި އިސްލާމިކް ފައިނޭންސް އާއި ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަން އާއި އަޑުއެހުންތައް ހުށައެޅިގެން ދާނެއެވެ.

ADS BY ASTERS

Comments are closed.