ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިޔަސް އަނިޔާތަކެއް ލިބުމުން ފަރުވާދެމުން ދިޔަ 24 އަހަރުގެ މުޙައްމަދު ޞޮބާޙް ނިޔާވެއްޖެއެވެ.

ޞަބާހް ނިޔާވެެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ޞަބާހް ގައިގައި ޖެހުމުންނެވެ.

އެކްސިޑެންޓްގައި ސައިކަލްގައި ތިބި ދެ ޒުވާނުންނަށްވެސް އަނިޔާ ވެފައިވާއިރު 3 ޒުވާނުންވެސް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ހުޅުމާލޭ ހޮސްޕިޓަލްއިން ވިދާޅުވީ ނިޔާވި ޒުވާނާ އަކީ ޖޮގިން ނިންމާފައި ގެޔަށް ދިޔަ ޒުވާނެއް ކަމަށެވެ. އޭނާ ޓްރީޓޮޕް ހޮސްޕިޓަލްއަށް ބަދަލު ކުރީ އާއިލާގެ އެދުމަކަށެވެ.

އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ ދެ ޒުވާނުންގެ ތެރެއިން އެކެއްގެ ބޮލަށް އަނިޔާވެފައިވާއިރު އޭނާއަށް ދަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އަދި އަނެއް ޒުވާާނާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައިއެއް ނުވެއެވެ.

މިދިޔަ ހަފްތާގައިވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގާ އެކަކަށް ސީރިޔަސް އަނިޔާތަކެއް ލިބުނެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ލައިސާޓު

    އަދިވެސް ލަކިލަކި ޖެއްސޭތޯ ބަލާބަލަ

    • މޮޔަ ނުގޮވާ

      އިނގޭ ދޯ ނިޔާވި މީހާގެ ކުށެއް މި ހާދިޘާގައެއް ނެތްކަން؟ މިވަރު ކަމެއް ހިނގައިގެން ދާއިރު ހަމަ ކަލޭމެންގެ ހިތުގަ ހަމްދަރުދީއެއް ނުވަނީތަ؟ ވަށް ބަހުން ޖަހަން ދޭ އެހެން ތާކަށް. މި ނެގަޓިވް ޚިޔާލު ފަތުރާ މީހުން ފޫހިވެސް ނުވޭ ބާއޭ ހިތަށް އަރާ. ނިޔާވި މީހާއަށް ހެޔޮ ދުޢާކޮށް ރަނގަޅު ގޮތުގަ މީހުން ހޭލުންތެރިވޭތޯ ބަލާބަލަ.

      • ޙާލަތު

        ޜަގަޅު ވާހަކައެއް

      • ލައިސާޓު

        ނިޔާވި މީހާއަށް ހަމްދަރުދީވަން ސުވަރުގެ ދެއްވުން އެދި ދުޢާކުރަން..އޭނާގެ ކުށެއް ނޫނަ..މިބުނަނީ ލަކި ލަކި ލައްވާފަ ނުފަރިތަ މީހުންނަށް ލައިސަންސް ބަހާކީމަ ވާކަންކަމޭ މިއީ..ސަރުކާރު ޒިންމާވާން ޖެހޭނެ.

      • ޜިޒާ

        ބަލަގަ ހަމްދަރްދީ ވާތީ މިބުނަނީ ލަކިލަކި ޖައްސައިގެން މީހުންގެ ފުރާނަޔަށް ނުރައްކާވާ ގޮތަށް ސައިކަލު ދުއްވުމުގެ ލައިސަންސް ނުވަތަ ސައިކަލު ދުއްވުމަށް ކުފޫހަމަވާކަމުގެ ހުއްދަ ނުދޭށޭ!ަަަ
        އަދި ބާރު ސްޕީޑްގައި ދުއްވާ ދުއްވުން ހުއްޓުވައިދޭށޭ!
        މަރުވެގެންވެސްްްްްް އެދިޔައީ ހަމަ އަރެންގެވެސް އަޚެއް މުސްލިމެއްގެ ހައިސިއްޔަތުން. ޢެއީވެސް ޒުވާނެއް..

  2. ޙދ

    ޢެއްލަކިން ވ.ހިތާމަވެރި ކަމެއް

  3. އަދުރޭ

    ތިވާނީ އެއްލަކިން ލައިސަންސް ނެގި ބަޔަކަށް

    • ހުސެން

      އެއްލަކިން ކީއްކުރަން! ސައިކަލް ދުއްވީ ލައިސަންސް ނެތް ކުއްޖެއް.

  4. ލަކިންގެ ލަކި

    އެއްލަކިން ލައިސަންސްދެވޭލެއް އަދިވެސްމަދީ.

  5. ާއިން

    ދުއްވާ ބަޔަކު ދުއްވާނެ ލަކި ނުޖެހިޔަސް ?

    • ޤައުމު

      ވަރަށް ފުރިހަމަ ޖަވާބެއް .... ސަޅި

  6. ފަޓާސް

    ވެރިކަމަށް އަންނަ ކޮންމެ މީހަކަށްވެސް ހީވެފަ އޮންނީ ތިމާއަށް ވެރިކަމުގަ ހުރެވޭނީ ގޭންގު ކުދިންކޮޅަށް ކަންކަން ކޮއްދީގެންނޭ މިހިރީވެރިމީހާ ބަލިކަށިވެފަ ހުންނަވަރު މިގަމުގަ އަދިވެސް ގިނައީ ސަލާމަތުން ތިބިމީހުން ކަމާއި މެދު އެއްވެސް ޝައްކެއްނެއް ސުވާލަކީ ސަރުކާެރު މިގޭންގު ތަކުގެ ދަށުވެގެން މިއުޅެންޖެހެނީ ކޮންގޮތަކުން ކޮންފައިދާއެއް ވާތީބާވައެ

    • Anonymous

      ގޭންގްތައް ކޮންްޓްރޯލް ކުރުމަކީ ސަރުކާރުގެ އެކަނި ޒިއްމާއެއް ނޫން...ފުރަތަމަ ގޭންގްތަކުގައި އުޅޭ މީހުންގެ މައިންބަފައިންވެސް ޒިއްމާވާން ޖެހޭ. ކޮންމެ މިކަހަލަ ކަމެއްގައި ސރުކާރުގެ ބޮލަށް ކަޑާނުލަމާ

  7. Anonymous

    މިޒުވާނުން މައިތިރި ކުރަން ވެއްޖެނުންތަ ކިހަާދެރަކަމެށް މީ ކަމާ ނުގުޅޭ އެތެއް ބަޔަކަށް
    މިދަނީ ބޮޑެތި ގެއްލުން ވަމުން

  8. މާމިގިލީ މީހާ

    ތީ ހަމަ އެއްލަކިންގެ މީހަކަށް ވާނީ. އަދިވެސް ލަކިލަކި ކިޔާފައި ތަބަކެކަށް ލައިސެންސް ލައިގެން ބަހާދޭތި.. ކިހާ ދެރަ. ކަމާ ނުބެހޭ މީހެއް އެއްލަކިން އެ މަރާލީ..

  9. ދުވާފަރު މީހާ

    މަށަށް ގޯހީ ތިކުދިން ދުއްވި ސައިކަލް.. ބައެއް ފަހަރު ލައިގެން ހުންނަ ޓީސާޓުވެސް ގޯސްވޭ

  10. މޮޔާ

    ލަކިން ކުރާނެ ކަމެއްނެއް. ސައިކަލް ދުއްވާއިރު ހަމަ ބަލަންވާ ވަރަށް ނުބެލެނީ.

  11. ލަކިން

    މީގެކުރިން މިކަހަލަ ހާދިސާތައް ހިނގާފަނުވޭތަ.

    ކޮންލަތްކެއް ކިޔާކަށް. މިއީ ފަރުދީ ޒިންމާ

    ޢަދާނުކެރެވޭތީ ދިމާވާ ހިތާމަވެރި ހާދިސާތައް.

    މައިންބަފައިން ދަރިންނަށް ވިސްނައިނުދީ

    ރަނގަޅު ތަރުބިއްޔަތު ދިނުމުގައި

    ނުކުޅެދިފައިވުން. މިނިވަންކަންނޫން އެހެން

    ޢެއްޗެއް ދަރިންނަށް ދަސްކޮށްދީފައި ނެތުން.

  12. ނ

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون

  13. ތިމަންނަ

    ޒުވާނުންގެ ހިތްވަރު ހަމަ ގަދައީއެވެ

  14. މޯހަން

    މަގޭ ހުޅުމާލެ ނުރައްކާ ތެރި ތަނަކައްވެނިމިއްޖެ. ބްރިޖް އެޅީމަ އަދި ފޯރި ގަދަވާނީ

  15. ޙ

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون

  16. ޢައިޝާ

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون

  17. ހައްގުބަސް

    ކޮމެންޓް ތަކުގަ ބުނެފަ ހުރި އެއްލަކިން ލައިސަންސް ނުދޭ އިރު އެކްސިޑެންޓް ތަކުގަ މަރުވެ ދިޔަހާ މީހުން ފުރާނަ ދިޔަޢީ ކިތައް ލަކިންބާ ކީކޭ ބުނާނީ ފުކެއް ބޮޑުވަރު

  18. މާރިޔާ

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون ހެޔޮނުވާނެ ހެލްމެޓް އެޅުން މަޖުބޫރު ކޮއްދެއްވާ

    • ހެހެ

      ހިނގާ މީހުންވެސް ދޯ

      • ދުވާ މީހާ

        ދުވާ މީހުންވެސް!!

  19. ލަކިލަކި

    އެއްލަކިން ލައިސަންސް ދީގެންތަ އައްޑޫއިން މަހެއްގެމައްޗަށް އެތައްބައެއް މަރުވެ ނުކުޅެދޭހާލަތަށްދިޔައީ... ހުޅުމާލޭގަ މީގެކުރިން ކިތައް އެކްސިޑެންޓްހިގާފި... ކިތައްމީހުން މަރުވެއްޖެ... ލަކިލަކި ނެތްއިރުވެސް... ވީމާ ހަގީގީ މައްސަލައަށް ވާހަކަ ދައްކާ... ސިޔާސީވީމާ ހުރިހާކަމެވެސް ހުންނާނީތިހެން...

  20. ގެރި

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون

  21. އަހުމަދް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  22. ޙަސަނުބެ

    އޮތީ އެންމެ ހައްލެއް އެ ބާރަށް ދުއްވާ މީހުންނައް ވުރެ ނުބައި ގުރޫޕެއް މަގުމައްޗައް ނިކުނެ ތިވެންވީ ތިބެފާ އެދުއްވާމީހުން އެގޮތައް ދުއްވާފާ އަންނަފެށީމާ ކުރިމަތިން ފަލަ ކަންވާރެއް ދަމާނީ ނުުނީ މޮހޮރު ފިލާގަނޑު ތަކެއް ހަދާފާ ސްޕީޑްގާ ދުއްވާފާ އަންނަތަން ފެނުނީމާ ކުރިމަތީ އަތުރާލާނީ އެރުން ހުންނާނީ ރާކަނި މަސް ކުވިފާ އެވަރގެ ބައެއް އުފެދެންވީ އެނޫން ގޮތެއްނެއް

  23. މީ

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون

  24. ޙެޔޮވި

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون

  25. ދިސްވޭ

    ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އެކަކު މަރުވެއްޖެ ނަމަ އެއީ ހިތާމަ ކުރަން ޖެހޭނެ ކަމެކެވެ. މިކަން މިހެން މިވަނީ އެއީ ހުޅުމާލޭގެ ޓްރެފިކް ޕޮލިހުގެ ފަރުވާކުޑަ ކަމުންނެވެ. ހުޅުމާލޭގައި ތިބޭ ޕޮލިހުން ވެސް ކައިކައިގެން ނިދަނީ ވިއްޔާ. ދެން އަނެއް ކޮޅުން އެޗްޑީސީން ހުޅުމާލޭގެ މަގުތައް ހަދާފައިވާ އިރު ކޮންމެ 30 މީޓަރަކުން ހަމްޕްބެކްސް ތައް ހަރުކޮށްފައި ހުންނަނަމަ މިފަދަ ހިތާމަވެރި ހާދިސާ ތައް ނުހިނގާނެއެވެ. ހުޅުމާލެ އަށް ސައިކަލް އެރުވުން މަނާ ކުރަންވީއެވެ. ދަ ރާއްޖެތެރޭން ހޭބަލިވާ ތައް އައިސްގެން ތެޔޮ ބޮއިގެން ތިބެ ހޭދެބައިވެގެން ހުޅުމާލޭގެ މަގުމަތީގައި ދުއްވަނީ އެތަން ޓްރެފިކް ޕޮލިހަށް ނުފެނުން މީ ހިތާމަ ކުރަން ޖެހޭނެ ކަމެއް. ޕޮލިހުންނަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަތުލައި ނުގަނެވޭ އެމެން ބުނަނީ އެއީ ޖިނާއީ ކަމަކަށް ނުވާތީވެ އެމެން ބަލަން ޖެހޭނެ ކަމެއް ނޫން ކަމަށް ދެން ޓްރެފިކް ޕޮލިސް ވެސް ބުނާނީ ބާރަށް ދުއްވުން އެއީ ޖިނާއީ ކަމަކަށް ނުވާތީވެ އެއީ އެމެން ބަލަން ނުޖެހޭނެ ކަމެއް ކަމަށް. މިރާއްޖޭގައި ހުރިހާ ކަމެއް ގޯހުން ގޯހަށް މިދަނީ ޕޮލިހުން ފަރުވާ ކުޑަވެފައި އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަންކަން ކުރާތީއެވެ. ޕޮލިސް ކަމިޝަނަރަށް ފެންނަން ޖެހޭނެ މިހުރިހާ ކަންކަން ފެނިގެން އޭނާގެ ޒިންމާ އެއް މިކަން ކަން ރަނގަޅު ކުރުމަކީ. ޕޮލިސް ކަމިޝަނަރަކަށް ހުންނަ މީހަކު އަބަދުވެސް ބަލަނީ ކަޓެއް ޖައްސައިގެން ވެރިކަން ވައްޓާލެވޭނީ ކިހިނެއްތޯ އެމީހުންގެ އަސްލު މަސައްކަތް ހުންނަނީ ބަހައްޓާފައި.

  26. ނިދާލާ

    ހުޅުމާލޭގައި އެކްސިޑެންޓްސް ތައް ހިނގާއިރު ޓްރެފިކް ޕޮލިސް ކޮބާތޯ އެވެ. ހުޅުމާލޭގައި ތިބޭ ޓްރެފިކް ޕޮލިހުން ކިއެއްތޭ ކުރަނީ ކައިކައިގެން ނިދަނީތޭ. ދެން އެޗްޑީސީ އަށް ހުޅުމާލޭގެ މަގުތަކުގައި ހަމްޕް ބެކްސް ނުބެހެއްޓެންވީ އެއީ ކީއްވެތޭ. ތިޔާއީ އައްޑޫ ގައި ބާރަށް ސައިކަލް ދުއްވާ އެއްޗެހި ތަކޭ މާލެ ސަރަަހައްދަށް އައިސް ހޭބަލި ވެގެން ސައިކަލް ތައް ބާރަށް ދުއްވަނީ މިފަދަ ކަންކަން ހުޅުމާލޭގައި ހުއްޓުވަން އުޅޭށޭ އެނޫން ނަމަ ކުށެއް ނެތް އެތައް ބަޔެއްގެ ފުރާނަ ހިނގައިދާނެއޭ މަމެންނަށް ހެވޭ ބާރަށް ސައިކަލް ދުއްވާ މީހާ ގޮސް ތަނަކަށް އުރި އޭނާ އަށް އަނިޔާވިނަމަ ވެސް އެކަމަކު މަގުމަތީގައި ހިނގާފައިދާ މީހުންނަށް އަނިޔާވެގެން ނުވާނެއޭ މިކަން ކަށަވަރު ކުރުމަކީ އެއީ ޕޮލިހުންނާއި އަދި އެޗްޑީސީގެ ޒިންމާ އެކޭ. ހުޅުމާލޭގެ މަގުގައި ބެރިކޭޑް ބެހެއްޓިދާނެ ތަންތަން ކޮޅުން އެއިރަށް ބާރަށް ނުދުއްވޭނެ ނޫންތޭ. މިކަން މިގޮތަށް ކޮށްގެން ނަމަވެސް އެބަޖެހޭ ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްސް ތައް ހުއްޓުވަން. ޕޮލިސް ނިދާލާ ނިދާލާ ނިދާލާ.

  27. ސައީދު

    ކުދިންބޭވެ. ބާރަށް ވެސް އަދި މަޑުންވެސް ދުއްވިދާނެ.ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ހެދުފަ ހުންނަ ގަވާއިދުތަކަށް ބަލާބަލަ.ކުށެއް ފުރާނައެއް ތިބާކުރިކަމަކުން އެދިޔައީއެވެ.ފުރާނަ ދިޔަ ކުއްޖާއަށް ހެޔޮރަހުމަތް ލައްވާށިއެވެ.

  28. ރުމާލު

    ހެލްމެޓް އެޅިދާނެ ދުއްވާފަ ދާ މީހާ އަށް! ހިނގާފަ ދާ މީހާ ކޯންޗެއް އަޅަނީ؟

  29. އިބޫ ހުޅުމާލެ

    ވަރަށްވެސް ހިތާމަވެރި ކަމެއް، އަޅުގަނޑު ހިތަށް އެބައަރާ ހުޅުމާލޭގެ މަގުތަކަކީ ހިނގާބިގާއުޅޭ މީހުންނަށް ވަރަށްފަސޭހަ ގޮތަކަށް ދުވާރު ހަދާފައިވާ ހިނދުވެސް ކީއްވެބާއޭ މަގުމަތިން ހިނގަންވީ މިބުނީ ދުއްވިމީހުންގެ މައްސަލައެއް ނެތޭކޭނޫން އަދި އޮތެކޭވެސްނޫން ގައިމުން ދުވާރުމަތިން ހިނގާފައި ދިއަނަމަ މިކަހަލަގެ ހިތާމަވެރި ޙާދިސާތަށް މަދުވާނޭ...!!

  30. ---

    ކުދިންނޭ ގަވާއިދައް ހިތަންވާނެ ހުރިހާއެންމެންވެސް. ހަމައެކަނި ސަރުކާރު އަދި ޕޮލިހުންގެ ބޮލައް ހުރިހާކަމެއް ޖެހުމަކުން ނުނިމޭނެ. ގަވާއިދު ތަކެއް ހެދިފާ ވާއިރު ކީއްވާނީ އެގަވާއިދުތަކައް އަމަލު ކުރިއްޔާ. ކޮންމެ މީހަކައްވެސް ސައިކަލެއް މައްޗައް އެރޭއިރައް ދެންއެދުނިޔެ ރަންވީ. ހިނގާ މީހަކައް ދުއްވާ އެހެން އެއްޗަކައް ބެލުމެއްނެއް. ދެން އެކްސިޑެންއެއް ވާއިރައް އެއްލަކި. ބޮޑުއުނދަގުލެއް. ސަރުކާރު ގޯސްކުރާއިރު ކީއްކުރަންތަ އެމީހުން އެހާވާ ހަޑިއަތެރެއައްގޮސް ވަންނަނީ. މިހުރިހާ ކަމެއްވެސް ދިމާވަނީ ކޮންމެ މީހަކައްވެސް އަމިއްލަ މީހާފެނި އެހެން މީހުންނާ ދޭތެރޭ ކުޑަކޮއްވެސް ވިސްނާ ނުލާމީހުން މިޤައުމުގާ އުޅޭތީ. ޢެކަހަލަ މީހުންގެ ސަބަބުން ކިތައްކުދިންގެ ފުރާނަ އެކުދިންނާ ވަކިވެގެން އެދިއައީ. އަދި އެތަކެއް އާއިލާ ތަކެއް އެކުދިން ވަކިވެ އެހިތާމަ އުފުލަން އެޖެހެނީ.

  31. އެންމެން ވިސްނާ

    ކުދިންނޭ ގަވާއިދައް ހިތަންވާނެ ހުރިހާއެންމެންވެސް. ހަމައެކަނި ސަރުކާރު އަދި ޕޮލިހުންގެ ބޮލައް ހުރިހާކަމެއް ޖެހުމަކުން ނުނިމޭނެ. ގަވާއިދު ތަކެއް ހެދިފާ ވާއިރު ކީއްވާނީ އެގަވާއިދުތަކައް އަމަލު ކުރިއްޔާ. ކޮންމެ މީހަކައްވެސް ސައިކަލެއް މައްޗައް އެރޭއިރައް ދެންއެދުނިޔެ ރަންވީ. ހިނގާ މީހަކައް ދުއްވާ އެހެން އެއްޗަކައް ބެލުމެއްނެއް. ދެން އެކްސިޑެންއެއް ވާއިރައް އެއްލަކި. ބޮޑުއުނދަގުލެއް. ސަރުކާރު ގޯސްކުރާއިރު ކީއްކުރަންތަ އެމީހުން އެހާވާ ހަޑިއަތެރެއައްގޮސް ވަންނަނީ. މިހުރިހާ ކަމެއްވެސް ދިމާވަނީ ކޮންމެ މީހަކައްވެސް އަމިއްލަ މީހާފެނި އެހެން މީހުންނާ ދޭތެރޭ ކުޑަކޮއްވެސް ވިސްނާ ނުލާމީހުން މިޤައުމުގާ އުޅޭތީ. ޢެކަހަލަ މީހުންގެ ސަބަބުން ކިތައްކުދިންގެ ފުރާނަ އެކުދިންނާ ވަކިވެގެން އެދިއައީ. އަދި އެތަކެއް އާއިލާ ތަކެއް އެކުދިން ވަކިވެ އެހިތާމަ އުފުލަން އެޖެހެނީ.

  32. ރަށުމީހާ

    އެއްލަކިޔާމީން