މޭ/ޖޫންގައި ކުރިން ބާއްވަން އޮތް އޭ ލެވެލް އިމްތިހާނު އެޕްރީލް ފަހު ކޮޅަށް އެޑެކްސެލްއިން އަވަސްކުރުމުން ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން އެޗްއެސްސީ އިމްތިހާން މަހަކަށް ފަސްކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލު ގެނައީ ކުރިން ވެސް ކަނޑައަޅާފައި އޮތް ގޮތަށް އޭ ލެވެލް ބޭއްވޭތޯ އެޑެކްސެލްއާ އެކު ކުރި މަޝްވަރާތަކުން ވެސް އަލި މަގެއް ނުފެނުމުން ކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެޑެކްސެލް އިން އޭ ލެވެލް އަވަސްކުރަން ނިންމީ މިނިސްޓްރީ އާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އާ ވެސް މަޝްވަރާކުރުމެއް ނެތި ކަމަށެވެ.

އެޗްއެސްސީ އިމްތިހާނު ބާއްވަން މީގެ ކުރިން ހަމަޖެއްސީ، އޭ ލެވެލް ބާއްވާތާ ދެ ހަފުތާ ފަހުންނެވެ. ނަމަވެސް އެޑެކްސަލް އިން އޭލެވަލް އިންތިހާނު އަވަސް ކުރުމުން އެސްއެސީ އިމްތިހާނު ވަނީ އެއް މަހަށް ފަސްކޮށްފައެވެ. މިހާރު ނިންމާފައި ވަނީ އަންނަ ޖޫން 13-17އާ ދެމެދު އެޗްއެސްސީ އިންތިހާބު ބާއްވާށެވެ. .

ކޮވިޑް ކޮންޓްރޯލް ނުކުރެވި ކުރިއަށް ދާތީ އޭ ލެވެލް އިމްތިހާން އަންނަ މެއި/ޖޫންގައި ނުބާއްވާނެކަން އެޑެކްސެލް އިން މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެންގި އެވެ. ނަމަވެސް ރާއްޖެއިން ކުރި މަސައްކަތާ އެކު މެއި/ޖޫންގައި އިމްތިހާން ބާއްވަން ފުރުސަތު ދިނީ ކަމަށް ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

މިދިއަ އަހަރު ރާއްޖޭގައި އޯ ލެވެލް ވެސް އަދި އޭ ލެވެލް އިމްތިހާން ވެސް ބާއްވާފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދަރިވަރު

    މިކަމުން ދަރިވަރުންނަށް ކުރާ އަސަރާ މެދު ކަން ބޮޑުވަނީ ކިތައް މީހުންތޯ😭😭😭😭

  2. މިނޫން ގޮތެއް

    ހެޔޮނުވާނެ މިނޫން ގޮތެއް ހަދައިދީ😠😠😠

  3. ބެލެނިވެރިއެއް

    ކިހާ ރީތި. ކުދިންނަށް ހުރިހާ އުނދަގުލެއް😠 ކުދިންގެ އިޙްސާސް ތަކަށް ނުބަލާ ނާޤާބިލް އެޑިއުކޭޝަން😠😠😠😠😠 ކަންކަން ކުރަން ނޭނގެންޏާ އިސްތިއުފާ ދީފަ ގެއަށް ދޭބަލަ😠 އަހަރުމެންގެ ދަރިންގެ ކިޔެވުން ހަލާކު ކުރަން އުޅޭނެކަމެއްނެތް😠😠 ކުރިން އެޑެކްސެލް އިން އަދި ރަނގަޅަކަށް ފަސް ކޮށްދިނީމަވެސް މި ނޫނީ ކަމެއް ވާ ބައެއް ނެތްކަން ދައްކަން އުޅުނީމަ ރީތި ގޮތެއް ވެފައެއްނު މިއޮތީ😑😑😑