ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިނިވަން މުއައްސަސާތަކަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި މި ސަރުކާރުން މުއައްސަސާތަކަށް ބިރު ދައްކާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ސާބިތުކުރުމަށް ބޭނުންވާ އުންސުރުތައް ފުރިހަމަ ވެދާނެކަމަށް ނުފެންނާތީ ކުރިންވެސް ނިންމި ގޮތަށް ދައުވާ ނުކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމުމުން ވެރިކަންކުރާ އެމްޑީޕީގެ ތެރެއިންނާއި، އިދިކޮޅުން ވެސް ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރިއެވެ.

އެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުން އައިގޮތް ދިފާއުކޮށްފައެވެ. އެގޮތުން ދިވެހި ދައުލަތާ ރައްޔިތުންގެ ހައްގުތައް ނަގަހައްޓައި އެ ހައްގުތައް ކަށަވަރު ކުރުމުގައި، ކަމާބެހޭ މުއައްސަސާތަކުން ކުރާ އެންމެހާ މަސައްކަތްތައް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރާނެ ކަމުގެ ޔަގީން ކަން ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވަނީ ދީފައެވެ.

ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރާއިރު، މި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ކުރިކަމެއް ބުނެދީ ސާބިތުކޮށް ދިނުން މުހިންމު ކަމަށެވެ.

"އަޅުގަނޑަށް ފެނުނުތާ ސަރުކާރުން މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުންދޭ، ބިރެއް ނުދައްކާ،" ރޮޒެއިނާ ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައިގެ ބަހުސް އަނެއްކާވެސް ހޫނުވެފައި މިވަނީ އެމައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ނިންމުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެމަންޖެ

    އެއްވެސް ގޮތަކައް ތިތާގެ ވެރިޔަކީވެސް ހުރިގޮތައް ހުރި އަލިފެއް.

    25
  2. ސޯސް

    އަމިއްލަ އެދުމުން ފޯވެފަ.

    29
  3. ސައްތާރު

    ދައްކާ. ފޮނި ވާހަކަ ނުދައްކާ މަޑުންހުންނެވުން އެދެން

    26
  4. ކޮވިޑް

    ހާދަ ހީވެޔޭ މި މީހުން މި އުޅެނީ ފޫނުބެއްދޭވަރުގެ ބޮޑު ޖަރީމާ އެއް ހިންގަންހެން. މިހާ ފޯރި ނާރުވާނެ ދޯ އެހެންނޫނީ ، ބަލަ މިހާރު ތިޔަބައިގަނޑު ގެ ޕްރޮޕެގެންޑާ ދަސް ވާހާ ދުވަސް ވެއްޖެ ހުވާ،

  5. Anonymous

    އައްޑޫ ވަގު

  6. ކޮއާޓަރ

    މީދާކާލި އެއްޗެއް ކިހިނެއްތޯ ހޯދޭނީ އެންމެ ރަގަޅުވާނީ މީދަބޭސް ގެނެސް ގެން މީދާތައް މަރާލީމަ މިހާރު އަތިރިމަތީގައި ވަރައް ބޮޑެތި މީދަތައް އުޅޭ