ސަރުކާރުން ވައްކަން ކުރާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފްވެވަޑައިގަތަސް، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ވޯޓެއް އިތުރު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަންކުރާ ސަރުކާރަކާ އެކީ އޮންނަން އެ ޕާޓީ ނޭދޭނެ ކަމަށެވެ. އެކަން ބަދަލުކުރަން ޖެހޭނެ ކަމަށާއި ރައްޔިތުންނާ އެކީ އެމަނިކުފާނު ވެސް ހުންނެވީ ދޫދެއްވަން ނޫން ކަމަށް ވިދާޅުވިއެވެ.

ނަޝީދު އެގޮތަށް ވާހަކަފުޅު ދެއްކެވީ ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަންމާ ގުޅިގެން ދައުވާ ނުކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވުމުންނެވެ. ޝަމީމްގެ ނިންމެވުމާ ގުޅިގެން އޭނާ އަށް އެންމެ ބޮޑަށް ފާޑު ކިއުން އަމާޒުވީ ވެސް ނަޝީދުގެ ފަރާތުންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ވައްކަން ކުރާ ސަރުކާރެއް ކަމަށް ނަޝީދު ވިދާޅުވުމަކީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައިގެ ހަގީގަތް އެމަނިކުފާނު ގަބޫލު ކުރައްވާ ކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ނަޝީދުގެ އިއުތިރާފުން އެމްޑީޕީ އަށް ވޯޓެއް އިތުރު ނުވާނެ ކަމަށާއި ވަގު ސަރުކާރެއް ތަމްސީލް ކުރަން އެ ޕާޓީ އަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރުގެ ކޮރަޕްޝަނަކީ "ސްޓޭޓް ސްޕޮންސާޑް ޑޭ ލައިޓް ރޮބަރީއެއް" ކަމަށެވެ. އަދި އަމީން ދީދީގެ ވެރިކަމުން ފެށިގެން ހިނގާފައި ހުރި ކޮރަޕްޝަން މި ވެރިކަމުގައި އަމުދުން ނުބެލޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ފަހަރަކު ގުނބޯ ހޯދަންވީމަ ރައްޔިތުން ގުނބޯ ހެއްދޭނެ ކަމަށް ހީނުކުރޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން ފައިސާ ދެއްކިއެވެ. ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އެ މުއާމަލާތުގައި އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް މައްސަލަ ފޮނުވުމުން ޕީޖީ ޝަމީމް ނިންމެވީ ދައުވާކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ަްއަހުމަދު

  ޙަމަ އެމްޑީޕީ އަށް ލިބޭނި އާދަނާ ދިވެހިން އެއަށްވުރެ ގަމާރު ވާނެ

  8
  6
 2. ވަތަނީ

  ރާއްޖޭގައި ކުރާ ހުރި ހާ ވައްކަމެއްގައި އޭނާގެ އަތެއް،ފައެއް
  ނެތި ނުދާނެއެވެ. މމޕރސ ވައްކަމުގެ ފައިސާއިން މީ ހާ
  ތާ ހިރުވެގެން ހުރެ، ކުރާ ބިޔަ ވައްކަންތައް ޖަމާވަނީ މީ ހުންނަށް ރޭކާނުލާނެ ހެން ރާއްޖޭގެ ފުޅަފުން ބޭރަށެވެ. އެހެ ހެންނަމަވެސް އެ ފައިސާތައް ސަރުކާރަށް ހހިފާނެދުވަސް އޮތީ ދާދި ކައިރީގައެވެ.

  4
  1
 3. ސަކޫން

  މިކަލޭގެ ވެރިކަމާ ހެދި ހޭބަލި ވެގެން އިބޫގެ ދުވަސް ދުއްވާލާނެ ބެސްޓް ފްރެންޑެއް ޅިޔަނަކަށް ނުބަލާނެ ވެރި ކަމާ ޖެހުނީމަ.ހަދިހަސަން ރަސްގެފާނު ވެސް ދަރިުޅަށް ވެރިކަންދީފަ ދަރި ޢިއްޒަތުގަ ހުކުރަށް ދާތަން ފެނުނީމަ ބުނިކަމަށްވަނީ ވެރިކަމަކީ ދަރިއަކަށް ވެސް ދީގެން ހުރެވޭފަދަ ޢިއްޒަތެއް ނޫނޭ