ޅ. ހިންނަވަރުން މީހަކު ކުއްލި ގޮތަކަށް ނިޔާވުމުން އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށައިފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 63 އަހަރުގެ ފިރިހެނެކެވެ. އެމީހާ ނިޔާވެފައި ވަނީ ނޭވާލާން އުނދަގޫވެގެން ނައިފަރަށް ގެންގޮސް، ޅ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ހިންނަވަރަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮވިޑް މިހާރު ފެތުރިފައި އޮތް ކަމަށް ބެލެވޭ އެއް ރަށެވެ. އެއީ ހިންނަވަރުގައި ކަރަންޓީންގައި ނެތް މީހަކު އިއޔްެ ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެންނެވެ. އެމީހާ އަށް ބަލި ޖެހުމާ ގުޅިގެން ރަަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ހިންނަވަރަށް އަރައި ފޭބުން މަނާކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހިންނަވަރުން ކޮވިޑް-19 އަށް ފައްސިވީ ރޯގާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން ހާމަކުރެއެވެ.

ހިންނަވަރަށް އަރާއި ފޭބުން މަނާކުރިއިރު މިވަގުތު އެއަތޮޅު ނައިފަރާއި ފެލިވަރު ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. ރާއްޖޭގައި މިވަގުތު ކޮވިޑް-19 ގެ ބިރުވެރިކަން ބޮޑުވެފައި ވަނީ ބައެއް ރަށްރަށުގައެވެ. އެގޮތުން މިވަގުތު 10 އަށް ވުރެ ގިނަ ރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.

ރާއްޖެ އިން މިހާތަނަށް 23،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 66 މީހުން ވަނީ ނިޔާވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިންނަވަރު ކަޅު ބަބުރު

    އާދެސްކޮށްފަ މި ބުނަނީ ވަޅުލުމުގެ ކުރިން ޓެސްޓް ކޮށްފައި ޕޮޒިޓިވް ކުރޭ، ވަޅުލީމަ ނެގެޓިވް ކޮށްލާ އެއީ އެޗް.ޕީ.އޭގެ ފައްކާ ތަންކޮޅަކީ ، އާއިލާއިން މައްސަލަ ޖެއްސީމަ ބުނޭ އެރޯ އެރީޔޭ 🙆

  2. ރިމް

    ކީއްވެތަ އޮއްބާލަން އުޅެނީ؟ ކޮވިޑް19 ވެކްސިން ޖެހިފަހުން ރާއްޖޭގައި ކުއްލިމަރު ގިނަވެއްޖެ. މިކަން ބަލާނެ މުއައްސަސާއެއް ނެތީތަ!!!!؟

    9
    2