ހައި އިމްޕެކްޓް ކޮމިއުނިޓީ ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ސްކީމްގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ 11 މަޝްރޫއަކަށް ބޭނުންވާ 11.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރާއްޖެ އަށް ފޯރުކޮށްދީފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ހާމަކޮށްފިއެވެ.

މި ފަންޑުގެ ދަށުން އިންޑިއާ އިން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރާއްޖެ އަށް ފޯރުކޮށްދީފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ އެޗްއައިސީޑީޕީތަކާ ގުޅޭ ގޮތުން 2019 ވަނަ އަހަރުގެ މާޗް މަހު ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި ސޮއިކުރި އެމްއޯޔޫގެ ދަށުން އިޖްތިމާއީ ގޮތުން މުހިންމު 12 މަޝްރޫއެއް ފާހަގަކޮށް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އެމްއޯޔޫގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 5.6 މިލިއަން ޑޮލަރު (85 މިލިއަން ރުފިޔާ) އެވެ.

މި މަޝްރޫއުތަކަކީ ރަށްތަކުގެ ރައްޔިތުންގެ ބޭނުންތައް ދެނެގަނެ، އެ ބޭނުންތައް ފުއްދުމަށްޓަކައި ފަންޑް ކުރެވި، ލޯކަލް ކައިންސިލްތަކާއި މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން ހިންގޭ މަޝްރޫއުތަކެކެވެ.

އެޗްއައިސީޑީޕީ ސްކީމްގެ ދަށުން މިވަގުތު ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ސިޓީގެ މަރަދޫ، ހިތަދޫ އަދި ހުޅުދޫގައި ގާއިމް ކުރާ ތިން މަސް ޕްރޮސެސިން ޕްލާންޓްގެ މަޝްރޫއު އާއި އައްޑޫ ސިޓީގެ ފޭދޫ، މީދޫ، ހިތަދޫ، ހުޅުދޫ އަދި މަރަދޫ ގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ 5 ޓޫރިޒަމް ޒޯންގެ މަޝްރޫއު އާއި ހއ. ހޯރަފުށީގައި ގާއިމު ކުރާ ފެން ބަންދު ކުރާ ޕްލާންޓްގެ މަޝްރޫއު ހިމެނެއެވެ.

މީގެއިތުރުން އައްޑޫ ސީޓީ ހުޅުދޫގައި ގާއިމު ކުރާ ޑްރަގް ޑީޓޮކްސް ސެންޓަރު މަޝްރޫއު އާއި ހދ. ހަނިމާދޫ އެގްރިކަލްޗަރަލް ރިސާޗް ސެންޓަރުގައި ގާއިމް ކުރެވޭ ސޮއިލް ޓެސްޓިން ލެބް މަޝްރޫއު ހިމެނެއެވެ.

ހައި ކޮމިޝަނުން ބުނި ގޮތުގައި އިންޑިއާ އިން ދޫކުރި ދެ ވަނަ އިންސްޓޯލަމަންޓްގެ ބޭނުމަކީ މަޝްރޫއުތައް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދިއުމަށް އެހީތެރިވުމެވެ.

މިދިޔަ މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖެއިޝަންކަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި އެޗްއައިސީޑީޕީ ސްކީމްގެ ދަށުން އިތުރު މަޝްރޫއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ނ. އަތޮޅު ކެނދިކުޅުދޫގައި މަސް ޕްރޮސެސިން ޕްލާންޓެއް ގާއިމު ކުރާނެއެވެ. އަދި މި މަޝްރޫއު ވެސް ދާދި އަވަހަށް ފެށިގެން ދާނެ ކަމަށް ބެލެވެއެވެ.

ހައި ކޮމިޝަނުން ބުނި ގޮތުގައި އިންޑިއާގެ އުންމީދައަކީ މި މަޝްރޫއުތަކުގެ މަސައްކަތް އަވަހަށް ނިމި، ރާއްޖޭގެ ރަށްތަކުގެ މުޖުތަމައުތަކަށް މި މަޝްރޫއުތަކުގެ ފައިދާ ލިބެންފެށުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކޮވިޑް

  ތީ ގެން ހިންގާނެ އޮތީ ހަމަ އެއްމެ މަޝްރޫއު އެއް އެއީ މިފަހަރުގެ ކައުންސިލް އިންތިހާބު ގަތުން . ތީ ބަލަ އެމް.ޑީ.ޕީ އޭ ހައްގު ގޮތުގައި އެއްގޮޑިވެސް އިންޝާ ﷲ ނުލިބޭނެ.

  25
 2. އަހުމަދު

  މިއީ ޗޮކެއްނުން. ޗަމްޕާމެންވެސް މިއަށްވުރެ ގިނައިން ސީއެސްއާރައް ހަރަދު ކުރޭ. އެމްޑީޕީ ކުދިން ހާދަހާ މޮޔަބައެކޭ. އިންޑިއާއިން އެއްލާ ހުސްބުޅި އެތިބެނީ ކާލާގެން އަތް ޖަހާލަ ޖަހާލަ.

 3. އައިމަން

  މި ދިޔަ އަހަރުންފެށިގެން އަންނަ މަ ހު އޮންނަ ވޯޓާ ހަމައަށް ރާއްޖެ ލާމަރުކަޒީ ކުރުމަށް ދެއްވި އެ ހީގެ ވާ ހަކަ ރާއްޖޭގައި ހުރި ބޭރުގެ ހައިކޮމިޝަނަކުން ޢާއްމުކޮށް އެންގުމަކީ ރާއްޖޭގެ ބާރު ހިގާ ފޮރިން މިނިސްޓްރީއެއް ނެތީބާއޭ ހިތަށް އަރަނީ...
  ރާއްޖޭގައި އެބަ ހުރި އެ ހެން ޤައުމުތަކުގެ ހައިކޮމިޝަންތައްވެސް އެވެނި އެއްޗެއް ދީފީމޭ މިވެނި ކަމެއްކޮށްދިނީމޭ ނުބުނޭ...
  ދެއްތޯ؟

  5
  1
 4. ބޯގޯސް

  ކެމްޕޭނައް ދިން އިސްތައްޓެއްތީ ގެރިމޯދީ

 5. ޢަހުމަދު ނަސީރު ހަސަން

  ކޮބާކުރިންލިބުނު 400 މިލިޔަން ޑޮލަރު އެވެސް އާތްވައް އެރީކަމައްވަނީ ކޮންމެ އިންތިހާބަކާ ދިމާކޮށް އިންޑިޔާއިން ރައިޔަތުން ބޮލައްގެރިގުއި އަޅާނެ މިހާރު މަޖިލިސްގެ ރައީސް ކާޅު އުޅޭހެން ފެންހެދިފަ ހުންނަ ތަންތަނުން ފުމެމުން ދުވަނީ މުޅިމާލޭގަ ......

 6. ކޮބާކަލޭ

  ތިޔައީ އެމްޑީޕީގެ ކެމްޕެއިން ގެ މަސްރޫއު ތައްދޯ؟

 7. މަބޭ

  ޢިންޑިޔާގަ އެބައުޅޭ ދުވާލު 1ވަގުތުކާންނުލިބޭ އެތައްބަޔަކު އެބައުޅޭ ރާއްޖެޔައް މިހާ ހަރަދެއްމިކުރަނީ ހަމައެއްވެސް އެދުމެއްނެތި ކިހިނެއްމިކަންގަބޫލުކުރާނީ

 8. ކޮސްބެ

  މާލޭގައި 5 ބުރީގެ އިމާރާތެއް ހަދަނަވެސް ތިވަރން ނުވާނެ.
  އަދީބުމެން ކަޓވާލީވެސް ބިލިޔަނުން.