ކެންސަރަށް ފަރުވާ ހޯދުމަށް ފަހު ރާއްޖެ އައި ދިވެހި އަންހެނެއްގެ ސިއްހީ ލިޔުންތަކާއި ފައިސާ ހުރި ދަބަސް ގެއްލިގެން، އެ ދަބަސް ހޯދަން އާއްމުންގެ އެހީ އަށް އެދިއްޖެއެވެ.

ފާތިމަތު އަލްމާ އަލީލް އަކީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ލޭގެ ކެންސަރަކަށް ކީމޯ ތެރަޕީގެ ފަރުވާ ހޯދަމުން އައި މީހެކެވެ. ފަރުވާގެ ކަންކަން ނިންމުމަށް ފަހު އޭނާ އެނބުރި ރާއްޖެ އައީ މިދިޔަ ބުދަ ދުވަހުކަން ފާހަގަކޮށްލެވެއެވެ. އޭނާގެ ދަބަސް ގެއްލުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ސަރަހައްދުން ކަމަށާއި، އެ ސަރަހައްދުން އޭނާ ކާރަކަށް އެރީ ހަނދާން ނެތިގެން އޭނާގެ ދަބަސް ބަހައްޓާފައި ކަމަށް އޭނާ ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެ ދަބަސް ހޯދައިދިން މީހަކަށް 5،000ރ ދޭނެ ކަމަށް އޭނާ ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. އެއީ ރިޕްކާލް ދަބަހެކެވެ.

" އެ ދަބަހަކީ ވަރަށް މުހިންމު ކަމެއް. ސިއްހީ ލިޔެކިޔުންތަކުގެ އިތުރުން ެވސް މުހިއްމު ތަކެތި މި ދަބަހުގައި ވަނެ. އަހަންނަށް އެހީވެދީ،" އާންމުންގެ ކިބައިން އަލްމާ ވަނީ އެދިފައެވެ.

އަލްމާ ވަނީ އެ ދަބަސް ފެނިއްޖެ ނަމަ 9998667 އަށް ގުޅާ އެކަން އަންގާ ދިނުމަށް އެދިލައްވާފައެވެ.

"ވަގުތު" އާއި ވާހަކަ ދައްކަމުން އަލްމާ ބުނީ ދަބަސް ގެއްލުނީ އެ ދުވަހު ވެހުނު ބޯ ވާރޭގައި ގެއަގެއަށް ދާން އުޅުމުގެ ތެރޭގައި ކަމަށެވެ. އަނބުރާ އައީ ވަރަށް ގިނަ އެއްޗެހި ހިފައިގެން ކަމަށާއި، ދަބަސް ގެއްލުނުކަން އެނގުނީވެސް ޖެހިގެން އައި ދުވަހު ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

" ކޮފީ ކްލަބް އާއި ހަމަ އަށް ވެސް ބޭގް ގެނެވުނު. ޓްރޮލީ މަތިގައި. ވަރަށް ބޮޑަށް ވާރޭވެހުނު. ދެން އެތަން އެހާ ހިޔާ އެއް ނޫން ވަރަށް އަވަސް އަރުވާލަން ޖެހުނު. އެހާ ދުވަސް ކޮށްފައި އައީމައި ވަރަށް ލަގެޖް ގިނަ. ކަރުދާސް ފޮށި ވެސް ހުރި. ހީވަނީ ޓްރޮލީގަ ބޭންދުނީެން. ވަރަށް މީހުންވެސް ގިނަ ގަޑި އެއް އެއީ." އޭނާ ބުންޏެވެ.

ގެއްލުނު ދަބަހުގައި މުހިންމު ލިޔެކިޔުންތައް ހުރި އިރު އަލްމާ އަދި ބޭސް ފަރުވާ އަށް އަންނަ މޭއި މަހު އިިންޑިއާ އަށް ދާން ޖެހެއެވެ. އެކަމަށް ބޭނުންވާ ފައިސާވެސް އެ ދަބަހުގައި ހުރި އިރު އެއީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ޔަޤީނެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޫން

    ހާދަ ކަޑަ އިންޓަރނޭޝަނަލް އެއަރޕޯޓް އެކޭ. ސީސީ ކެ މެރާ އެއްހާ ހިސާބުވެސް ނެތް ދޯ.

  2. ހިކި ހިކި ކުއްޖާ

    ޓެކްސީ އަށް އަރާ ތަނުގަ ހުނާނެ އެމް.އޭ.ސީ އެލް މީހަކު އަބްދުވެސް. އަދި ކެމެރާވެސް ހުނާނެ. ޕޮލިހުން ކީއްވެބާ ތިކަމުގަ އެއްބާރުލުމެއް ނުދެނީ. ޢެމީހުންނައް ބެލޭނެ

    10
  3. ދަބަހޭ

    ދަބަހުގެ އުންސުރެއް ހަމަ އެއް ނުވޭނޫންތޯ އެހެންވީމަ ފެންނާނެ ކަމުގެ އުންމީދެއް ނެތޭ ބުނެވާނީ އެއީ ތޮށިގަނޑު ދަށުގަ ވަރައްިނައިން މީދާއުޅޭ ވެދާނެނީންތޯ މީދާކަލީކަމައް

    4
    1
  4. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    އާދައިގެ ރައްޔިތެއްގެ ކަމެއްނަމަ ވެރިން ނޫޅޭނެ އެއްވެސް އެހީޔެއް ވެދޭކައް......