ދިވެހިރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދު ބައްލަވާލައްވާފައިވާ ކަމަށާއި، އެ ޤަވާއިދުގައި ދީނީ ގޮތުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ދިވެހިރައްޔިތުކަން ދޫކޮށްލުމާއި ބެހޭ ޤަވާއިދު މިމަހުގެ 25 ވަނަ ދުވަހު އާއްމު ކުރުމާއި އެކު އާއްމުންނާއި ބައެއް ސިޔާސީ ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. އެގޮތުން ދިވެހި ރައްޔިތުކަން ދޫކޮށްލާ މީހާ އަށް ހަ މަސް ދުވަހުގެ ތެރޭގައި އެހެން ޤައުމެއްގެ ރައްޔިތުކަން ނުލިބޭ ނަމަ އޭނާ އަކީ ދިވެހިރައްޔިތުކަން ގެއްލިފައިވާ މީހަކަށް ނުބެލެވޭނެ ކަމަށް ބުނާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަބަބަކީ އެ މުއްދަތުގައި އެ މީހަކަށް އިސްލާމް ދީން ދޫކޮށްލާ އެހެން ދީނަކަށް އުޅުން ނޫނީ، ދީނަކަށް ނޫޅުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެއެވެ. ޤާނޫނު އަސާސީ ބުނާގޮތުން ދިވެހިރައްޔިތަަކަށް ވެވޭނީ މުސްލިމަކަށެވެ.

އެހެން އޮތް ނަމަވެސް މިހާރު އޮތްގޮތަށް ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ޤަވާއިދު ބާއްވައިފި ނަމަ، ރައްޔިތުކަން ދޫކުރާ މީހާ އިސްލާމް ދީނުން ބޭރުވާ ފަހުން އެހެން ގައުމެއްގެ ރައްޔިތުކަން ނުލިބި ދިވެހިރައްޔިތުކަން އިޔާދަވާ ގޮތަށް އޮތުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެެއެވެ.

އަދި އެއީ ބޭރުގެ ޤަައުމުތަކަށް ރާއްޖޭގެ ރައްޔިތަކަށް އޮތީ މުސްލިމުން އެކަނި ކަމަށް އޮތް އޮތުން ބަދަލުކުރަން ބާރު އަޅަން ލިބޭނެ ފުރުސަތެއް ކަމަށް ވެސް އިދިކޮޅު ބައެއް ފަރަތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

މި ބަހުސް މިގޮތަށް ހިނގަމުން ދަނިކޮށް ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު ސަރުކާރުން ގެޒެޓު ކުރެއްވި ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ޤަވާޢިދުގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ ގަވާއިދަކީ ދިވެހިރާއްޖޭގެ ސިޓިޒަންޝިޕް ގާނޫނުގައި ދިވެހި ރައްޔިތުކަން ދޫކޮށްލުމާ ބެހޭގޮތުން ކަނޑައަޅާފައިވާ ދިވެހި ރައްޔިތުކަން ދޫކޮށްލުމާބެހޭ މައުލޫމާތު އާންމު ކުރުމަށާއި ފަސޭހައިން ބެލޭނެ ގޮތް ގާއިމު ކުރުމާއި، ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އަމަލުކުރާނޭ ނިޒާމެއް ކަނޑައެޅުމަށް އެކުލަވާލި ގަވާއިދެކެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުންނަން ޖެހޭ ޝަރުތުތަކަކީ އުމުރުން 18 އަހަރު ވެފައި ވުމާއި ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ ނަތީޖާ އެނގޭ މީހެއް ކަމުގައި ވުމުގެ އިތުރުން އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވުމާއި އެހެން ގައުމެއްގެ ރައްޔިތުކަން ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާ ފަރާތަކަށް ވުމެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ޖުލައި

    މަށީދު އާއި އެއްތަށިން ކައިފި މީހަކު ހުންނާނީ ހަމަ ނަށީދުގެ ފިކުރު

    41
    2
  2. ޢަހުމަދު

    ބައްލަވަ ހަމަ ތި މައުމޫނު ދެއްތޮ ބުނުއްވީ ރައީސް ނަޝީދަކީ ލާދީނީ މީހެކޭ އޭނަޔަށް ފަންޑުކުރަނީ އިސްލާމްދީނާ ދެކޮޅު ޣައިރު މުސްލިމުންނޭ. އެކަމު މިއަދު ހަމަ އެއްކަލަ ނަޝީދު ފަހަތުގަ. މިއަދުވެސް ހަމަ ނަޝީދު ދައްކަނި ހަމަ އެދުވަހު ދެއްކި ވާހަކަ.

    39
    1
  3. ....

    ޝަމްޝުލް މަޢާރުބުލް ކުބްރާއިން ކިޔަވައިގެން އައިސް ދީނީ ވާހަކަ ދެއްކިދާނެބާ....ދިވެއްސެއްގެ ހައިސިއްޔަތުން މައުމޫން ދީނީ ވާހަކަ ނުދެއްކުމަށް އެދެން....މައުމޫނު އަކީ ދީނާ ހިލާފް ދީނުން ބޭރުވާ އެތައްކަމެއް ކޮށްފަ ހުރި މީހެއް...ދީނީ އިލްމުވެރިން ގެ ސިފަ އަކާއި ދިމާނުވޭ

    34
    1
  4. ކާފަބޭ2020

    އިދިކޮޅަށް އެއްޗެއްބުނެފިނަމަ ސައްޕެއްޖަހަންމަންޑިދަނޑިބުރި އޮތީތައްޔާރަށް(ނޯކޮންފިޑެންސް) އިތުރުމިނިސްޓަރަކަށް ކުރިމަތިވާނެ! ތުންމަޅިއަޅުވާފައޮންނައެއްޗަކަށް ކުރެވޭނެމާބޮޑު ކަމެއްނޯވޭނޫންތޯ؟ އަނެއްއޮޑިއަށްއެރޭތޯ ޙީލަތްތެރިކަމާއެކު ތިޔަކުރާމަސައްކަތްކާމިޔާބުވާނީ ތޮށިގަނޑުމައްޗަށްއަރާ ހިންދެމިލައިގެންކަންދަންނަންޖެހޭނެ! ބޮޑުބަރަވެލިހެދިފަ ތޮށިގަނޑުތެރޭގައޮވެގެން ބިސްމަޅިދޫކުރިޒަމާންއެއީމާޒީ!

    25
  5. ގަރުދިޔަ!

    މިކަލޭގެވެސް މީ މިޤައުމަށް ޖެހިފަވާ ވަބާއެއް!!

    33
    1
  6. ކޮވިޑް

    ކަލޭ ވެއްޖެ ދޯ ތިޔަ އަނގަ މައިތިރި ކޮށްގެން ހުންނަން. ކިހާ ދެރަކަމެއް މިހާރު ތި ދައްކާ ވާހަކަ އަށް ސަމާލުކަން ދޭ ބަޔަކު މި ޤައުމުގަ ނެތް ތި އާއިލާ ނޫނީ،

    33
    1
  7. މޫސަ

    މައުމޫނު ބުންޏަސް އޭގައި ކަންބޮޑު ވާންޖެހޭ ކަންތައް ތަކެއް އެބަހުރި. އެއީ ތަފާތު ދީންތައް ރާއްޖެއަށް ފަތުރަން ހުޅުވާފައިވާ ދޮރެއް.

    35
  8. ކޮސްބެ

    މިސާލަކަށް ދިވެއްސަކު ރައްޔިތުކަން ދޫކޮށްލާފައި އެނބުރި އައިސް މުސްލިމް އެއްބަނޑު އެއްބަފާ މީހުންކައިރީ ދިރިއުޅެމުން ގޮސް އަދި ރާބުއިމާއި ޒިނޭކުރުމާއި މިފަދަކަންކަން ހިންގިޔަސް އަދަބެއްނުދެވުމަކީ ލާދީނީ ފަލްސަފާ ފެތުރުމަށް ހުޅުވޭ މަގެއް.
    މައުމޫނު މިކަމުގައި ބައިވެރިވުމުން ދެރަވޭ.

    33
    1
  9. މާމީ

    30 އަހަރު ވެރިކަން ކޮއްފަ ހުރިމީހާ ދައްކާ ވާހަކަ ތިހިރީ ދެން އެންމެން ރައްޔިތުކަން ދޫކޮއްފަ އުޅޭނެ ގޮތަކައް އުޅެން ހުޅުވާލާ

    30
    1
  10. ކައްބެ

    މައުމޫނަކީ ހަމައެމޫނު ބަދަލެއްނުވާ ލާދީނީންނަށް ހިތްވަރުއަރުވާ މޫނު ދެން ބުނާނެއެއްޗެއްހަމަނެތް ވަށްސަލާމް.

    29
  11. ދަންބެރު

    ބަދަލުނުވާ އެމޫނު ލާދީނީންނަށް ހިތްވަރު އަރުވާ އެމޫނު ބޯގޮވައިފި.

    26
  12. ޓަކަފިރޯށި

    މީނަ މީ ފަސާދަކުރަން އުޅޭ މީހެއް! މީނަގެ ބަސް ގަބޫލު ކުރަންހެޔޮ ނުވާނެ ބޮޑުދޮގުވެރިއެއް!

    28
  13. ކޮރޯނާ

    މީއްޗާ، އެ އުޅޭ ބުއްޅަބެ މިދުނިޔޭގަ ހުރިހާ ހިނދަކު މި ރާއްޖެ ސަލާމަތެއް ނުވާނެ.

    30
  14. ހުސޭނުބޭ

    އެތައް ޖީލެއް ހަލާކުކުރި މީހާ ތިހެން ބުނާނެ! ޒަމާނެއްގައި ކަލޭވަރުގެ ބޮޑު ޢިލްމުވެރިޔަކު މުޅި ދުނިޔޭގައި ނެތްކަމަށް ހެދިގެން އޮޅުވާލައިގެން އުޅުނަސް މިއަދު ކަލޭ ކިޔާ އެއްޗެއް ޤަބޫލުކުރާ މީހަކު ނެތ\ް

    30
  15. ޙުއްބުލް ވަޠަން

    ކަލޯ އަކީ ޢިލްމުވެރިއެއް ނޫން. ކަލޯގެ ބަހަށް ހެއްލެނީ ބަޔަކު ކަލޯ އަކީ މާ މޮޅު ޢިލްމުވެރިއެއްކަމުގައި ޕްރަމޯޓް ކުރުމުން. ކަލޯއާއި ކަލޯގެ އަނބިދަރިން އެތިބިގޮތް ފެނި ކަލޯ އަކީ އިސްލާމީ ޢިލްމުވެރިއެކޭ ބުނުމަށް ވުރެން ރަނގަޅުވާނީ މުސްލިމުން ﷲ ގެ މަގުން ބޭތުކުރުމަށްޓަކައި މިޞްރުން އުނގެނިގެން އައިސް ހުރި މިޝަނަރީ އެޖެންޓެއް ކަން.
    ހާދަ ބަޔަކު މަގުފުރައްދާލި މިބައި ނުލަފާ މީހެކޭ މިކަލޯއަކީ. ޔާﷲ މިގައުމު މިނުބައި ޚާއިނުންގެ މަކަރުވެރި ނުބައި ރޭވުންތަކުން ސަލާމަތްކުރައްވާނދޭވެ! އާމީން ޔާ ރައްބު!

    10
  16. އެމީހާ

    ކަލެއައްކަންބޮޑުވާހަމައެކަނިކަމަކީ ޔާމީން މިނިވަންވެދާނެތީ އޮތްކަންބޮޑުވުން. ކިޔަވައިގެން ހުރި ސީދާ މުނާފިގެއް. ލިބުނު ޝަރަފާއި ޤަދަރު ދަމަހަށްޓައް ނޭގުނު ގަމާރެއް.

    10
  17. އަންނޯ

    ކަލޯ.. މީ އިސްލާމިކް މިނިސްޓަރުތަ؟

  18. ރައްޔިތުމީހާ

    ދިވެހި ފަސްގަނޑަށާއި ރައްޔިތުންނަށް ގައްދާރުވެފަ ތިބި ސަރުކާރެއް މީ. އެމް. ޑީ. އެން ސަކިންދާ ގުރޫޕް ބޭނުންވާ ގޮތަށް ކަންތައް ވެގެން ނިދަނީ. މީ އެކިޔާ އަދިރި ދައުލަތަކީ. މިވެރިކަމުގައި ސިއްކަ ޖެހޭ ދުވަސް ވަނީ ދާދި ގާތުގަ.

  19. އަލިބެ

    މައުމޫންތަ ނޫނީ ދުންޔާ ދައްތަތަ ޑޜ ޝަހީދު ހުރިތަން ރިޕްލޭސް ކުރުމަށްދަނީ..އެކަހަލަ މަޤާމެއްގެ ރަހަ ލައިގެން މައުމޫން އުޅޭހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެ

  20. އަޔަސް ދާނަން

    ބަލަ ތިޔަމީހާގެ ވެރިކަމުގަ އެއްނޫންތޯ ދިވެހި ބަހުން ބައިބަލް ތަރުޖަމާ ނިކުތީ ތީމުގޭ ބޭފުޅަކު ހިންގާ ކުލިނިކެއް ފަޅާ އެރީ އަދި ފޮޓޯގުރާފަކު ކުއްވެރިވީ މަސް އަލަޔަކައް ނުހަދާ ނަސޭހަތަކުން ނިންމާލީ އަސްލު މިއަދު މިއިނގެނީ މީނާޔަކީވެސް މިކަމުގައި ސާމިލްވާ މީހެއްކަން މުޅިގައުމުގެ ހަލާކް އެމްއެސްއްލްގައި އޮއްކަމައް ބުނާ 98 އާގްބޯޓްތަކައް ވީކީއްތޯ ބުނެދެއްވަ ބައްލަވާ އެއަރމޯލްޑިވްސް މަދިންދާބޯޓްތައް ކޮބާތޯ މިއަދުވެސް ރައްޔިތުން ކުރާ މަސައްކަތުން ނަގާ ޓެކްސް ޕޭ ރުފިޔާއިން މުސާރަޔާ އިނާޔަތާ ނަގައިގެން ގައުމުގަ ހިންގާ ހުރިހާކަމަކައް އެއްބާރުލުންދީގެން ބަލަ ފިރުއަނައް ހުރެވުނުތޯ މުޅިއުމުރައް ދުނިޔޭގަ

  21. އަހުމަދު ޗާބީބޮކާ

    މައުމޫނު ވަރު މުނާފިގަކު މިގަރުނުގަ ނުއުފެދޭ

  22. ފިރުތީނު

    ވާގޮތަކީ މިސްރޭކިޔާތަނެއްގަ އުފަންވިމީހެއް އެއީ މޫސާގެފާނު ފިރު އައުނު މިމީހާވެސް އެތަނުން ކިޔަވަން އެހާގިނަ ދުވަހުއުޅުނީމަ ވާރުތަ ކުރީކަންނޭގެ އެއްނޫންތޯ މިހާރުމިފެންނަނީ އަސްލުސޫރަ މީނާއެއްނޫންތޯ ރައްޔިތުން އަޅުވެތި ކުރީ ބޯހިޔާވަހިކަމައް ދެން ކޮން ކުލުނެއްތޯ ހުންނާނީ

  23. ޜޮބަޓް

    ތިއީ ދީނީގޮތުން އެއްޗެއް ބުނެވޭނެ މީހެއްކަ މަކަށް ރައްޔިތުން ޤަބޫލެއް ނުކުރޭ.

  24. ދާލު

    ބޭބެ ދެން އަނގަ މަޑުންލައިގެން ހުރެބަލަ..ބޭބެގެ ވާހަކަ އަޑު އެހުމުގެ އެއްވެސް ސައުގެއްނެތް މިހާރަކު..

  25. ސަދަސ

    މިއީ ކުރިން ހާދަ ރަނގަޅު ކުއްޖެކޭ. މިއުޅޭ ވަކަރުގޭދަރިންނަށް ބައިއަތު ހިފިފަހުން ހާދަ ގޯސްވެއްޖެއޭ.

    10
  26. ބޮލުރޮދި

    މީނައަށް ކުރަމުންދިޔަ ކުޑަ އިހްތިރާމް ކޮޅުވެސް މިހިސާބުން މިނިމުމަކަށް އައީ. ވައްސަލާމް.

    11
    1
  27. އެދުރުބެ

    ބަލަ ދިވެއްސަކަށް ވެވެނީ އިސްލާމަކަށް ވެގެން ކަމަށް އޮންނަ މާއްދާ އޮތްހާހިނދަކު ކޮން ކަންބޮޑުވުމެއް؟ ދީން ދޫކޮށްލާ މީހާ އެހެންގައުމަކުން ބަލައިނުގަނެފިނަމަ އަނެއްކާ ދީނަށް ވަދެގެންދޯ ދިވެހިރައްވެއްސަކަށްވާނީދީނަކީ އިންސާނެއްގެ ހިތުގަ ފޮރުވިފަވާ އަގީދާއެއް ޕާސްޕޯޓާ ޑްރައިވިން ލައިސަންސް ނަގާހެން ނަގާ ފާހެއްނޫން އެއީ ހިތު ން މިގައުމުގަ މިހާރުމިތިބީ ހުސް މުސްލިމުންދޯ؟ މިގައުމުގަތިބީކީ ހުސް މުސްލިމުންނެއްނޫން އެމީހެއްގަބޫލުކުރާގޮތް ހާމަކުރުމުގެ ފުރުސަތު މިގައުމުގަ ނެތީ

    5
    2
  28. ކޮރަލް

    ކޭކުން ބައެއް ގެއްލިދާނެތީ ކޮންމެ ފަދަ ކަކާ ވެސް އެއްބަސް ވެދާނެ އެވެ. ދުނިޔެ އާހެދި މޮޔަ ވެފަ އެވެ.

  29. ބޯގޯސް

    ކާކުތަ ބުނީ މިގައުމުގަތިބީ ހުސް މުސްލިމުންނޭ ބަލަ ނަމެއްގަ ސަތޭކަ ޕަސެންޓް އެހެންވީވެސް ބަޔަކު އަޑުހަރުކޮއް އިންސާނީ ހައްގޭ ގޮވަންފެށިފަހުން މިހާރުފާޅުގަ ގޮވަމުން އެދަނީ މުސްލިމެއްނޫންކަމައް

  30. ޢަޒު

    ތެލާ ފެނާ އެއްކުރަން ކިތަންމެ މަސައްކަތެއް ކުރިޔަސް އެއްވާނީ ވ ކުޑަވަގިތު ކޮޅަކަށް އެވެސް އިރުކޮޅަކު ދެބާވަތް އެއްކޮށް މިކްސް ކުރުމުން އެކަން މަށުޖެހެއިރަށް ދެބައި ވަކިވެ އެނގެން ހުންނާނެ

  31. ދަރަނި ދަންތުރަ

    ދިވެހިރައްޔިތުކަން ދޫކޮށްލާ ހުރިހާ މީހުން އިސްލާމްދީން ދޫކޮށް ކާފަރުންނަށްވެ ފަހުން އެމީހުން ދިވެހިރައްޔިތަކަށްވާން ބޭނުންވެ އަދި އެމީހުންނަށް ދިވެހިރައްޔިތުކަން ދޭން މަޖިލީހުން ގާނޫނެއްފާސްކުރީމަ ، ދެން މައުމޫނު ބުނާނީ ކީކޭބާ ....