‏މޭ/ޖޫންގައި ކުރިން ބާއްވަން އޮތް އޭ ލެވެލް އިމްތިހާނު އެޕްރީލް ފަހު ކޮޅަށް އެޑެކްސެލްއިން އަވަސްކޮށްފައިވާއިރު، އެ ދަރިވަރުން ބޭނުން ނަމަ މިއަހަރުގެ އޮކްޓޫބަރު/ ނޮވެންބަރު ގައި އޮންނަ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އޭޕްރިލް/މެއި ގައި ބާއްވަން ނިންމާފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް12ގެ ދަރިވަރުންނަށް އެ ކުދިން ބޭނުންނަމަ މިހާރު އެޕްލިކޭޝަން ވިތްޑްރޯ ކުރުމަށްފަހު މި އަހަރު އޮކްޓޯބަރު/ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ވިތްޑްރޯ ކުރާ ދަރިވަރުންނަށް ސްކޫލް ނަމުގައި އަލުން ބައިވެރިވެވޭނެ ކަމަށެވެ. އަދި މިގޮތަށް ވިތްޑްރޯ ކުރެވެނީ އައިއޭއެލްގެ މާއްދާތައް އެކަނި ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެޗްއެޗްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އެ އިމްތިހާނު މިހާރު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވަނީ އިމްތިހާނު ވިތްޑްރޯ ކުރުމަށް ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ސްކޫލް މެދުވެރިކޮށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އެންގުމަށް އެދިފައެެވެ.

"ގަދަ 10އަކަށް ދަރިވަރުން ހޮވުމުގައި ސްކޮލަރޝިޕް ދިނުމުގައި ބަލާނީ އޭޕްރިލް/މެއި ގެ އިމްތިހާނުގެ ނަތީޖާއަށް ކަމުގައިވެސް ދަންނަވަމެވެ". މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    ކޮބައިތޯ މީގަ ކު ދިން ބާކީ ނުކުރުމުގެ ސިޔާސަތު އެބުނާ އޮކްޓޯބަރ ނޮވެމްބަރު ގަ އިމްތިހާނު ހަ ދާ ދަރިވަރުންގެ ހައްގު .އެހެންވީމަ މީ ދެވޭ ފުރުސަތެއް ނޫން މީ މިނިސްޓްރީން ވަކިގޮތެއް މަޖުބޫރުކޔރުވުން މާ ދަމާ އެބޭފުޅުން ބުނާނީ އަޅުގަނޑުމެން ބެލެނިވެރިންނޭ ގޮޔް ނިންމީ .މިފަ ދަ ދަނޑި ވަޅެއްގަ ދަރިވަރުން ވަރަށް ތަޅުވަ އެބަ .މީ އެމް އޯއީން ވެސް ކަންކަން ބަލާވަރުން ވެގެން އުޅެޭ ގޮތެއް ވަރަށް ސަލާމް

  2. ބޯގޯސް

    ސަރުކާރުގެ ހުރިހާ ހިސާބެއްގަވެސް އިހުމާލް މީގެ ވެސް ހަޤީގަތަކީ ބައެއްގެ އިހުމާލް

  3. އަހުމަދު

    ތިޔައޮތީ ނުސީދާކޮށް ނުކޮށްދޭނަމޭ ބުނެފަދޯ. ގަދަ10 އެއްް އަދި ސްކޯލާޝިޕް އުނިކޮށްފައި. އަނެއްކާ 11 އަކަށް ފުރުސަތެއް ނުދޭ

  4. ކަބުލޮ ރ މަޑުއްވަރީ

    ދެރަކަމެއް މީ ދެންބޮޑުވަރު ކިޔަވާކުދިންނަށް ވެސް ބޮޑު
    ގެންލުމެއް އިސްތިއުފާދީފަ ގެއަށްދޭ ސަރުކާރުން ކިޔަވާކުދިންނަށް ވެސް ކުރަނީޖެއްސުން މިބުނާގޮތުންވިއްޔާ އިމްތިޙާނު ހަދާ ކުދިންނަށް ނެއްއެއްވެސް ރަގަޅުގޮތެއް ސުކޯލާސިޕެއްނުލިބޭ ގަދަ10ގަލައްވައެއްނުލާ އިމްތިޙާނުގަ އަންގަފަވާ ތާރީޚު ބައިވެރިނުވިއްޔާ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް އިސްތުފާދިފަގެއަށްދޭ

  5. ހޯހޯ

    މި ވެސް ކުޅޭ ކުޅިވަރެއްތަ؟ ކޮބާތަ ކުދިން ބާކީ ނުކުރުމުގެ ސިޔާސަތު.އޮކްޓޯބަރ ނޮވެންބަރ ގަ ހަދަން ބޭނުންވާ ކުދިންގެ ހައްޤުތައް ނެތީތޯ. ދެން މާދަމާ މިނިސްޓްރިން ވިދާޒލުވާ

  6. ޙައްވަ

    ކަމެއް ކުރީމޭ ބުނަން ކުރި ކަމެއް ތިއީ ހަމަ. މިދެން ކިހާ ދެރަ ކަމެއްތަ.ތި އޮޕްޝަން ނުދިނަސް ރަނގަޅު ވާނެ😡😡

  7. ބޮޑުކަމެއް ހުވާ

    ސަހާދެއް މިބުނި ހަދާނެ ނުހަދާނެ ގޮތެއް ނޭންގިގެން އުޅޭ ބައެއް
    ދަރިވަރުން ހޭބަލިވެގެން އުޅޭއިރުވެސް އެކުދިން ބުނާ އަޑެއް އަހަނީކީއެއްނޫން މައުލޫމާތެއް ދެނީކިއެއް ނޫން
    ދެން ހުރެލާފަ ނެރޭނީ ބަޔާނެއް... އެވެސް ގިނަ ފަހަރަށް ވަނީ ޖެއްސުމަކަށް

  8. ހޯހޯ

    އެއްވެސް ދަރިވަރަކު ބާކީނުކުރުން ސުޔާސަތު ކޮބައިތޯ. ޚޮބައިތޯދެން އޮކްޓޯބަރ ނޮވެމްވަރުގަ ހަދަންބޭނުންވާ ކުދިންގެ ހައްޤު . މީވަކި ގޮތަކަށް ބަޔަކު ނިންމާފަ އޮތްކަމެއް މާދަމާ މިނިސްޓުރީން ބުނުއްވާނީ މީބެލެނި ބަރިން ނިއްމި ގޮތޭ .ހަޤީގަތަކީ ފާދަކަށް މަޖުބޫރު ކުރުމެއް މީ. ޢެއްދުވަސް ތެރޭ ބެލެނި ވެރިންނާ ދަރިވަތުންނަށް ނިންމަން ވަރަށް އުނދަގޫ ކަމެއް މީ މިފަދަ ދަނޑިވަޅެއްގަ

  9. ކޮސްބެ

    އޮކްޓޫބަރ ޖެހެންދެން މަޑުނުކުރަންވީ ކީއްވެ ؟
    ކާކު ކިހިނެއްވެގެން މި ތެޅިފޮޅެނީ ؟