"ޢުންޞުރު" ނުފެންނަނީސް ދަޢުވާ ކުރުމަކީ ބޭއިންޞާފެއް ކަމަށް ޕްރޮސެކިޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖެ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރަން ނިންމެވީ ކޮރަޕްޝަންގެ އަމަލު ހިންގި މީހަކު ނުވަތަ ބަޔަކަށް ލިބުނު ފައިސާ ޖަމާވި އެކައުންޓެއް ނޭނގޭތީ ކަމަށާއި އެ މައްސަލައިގައި ދައުވާ ނުކުރީ އުންސުރު ފުރިހަމަ ނުވާތީ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

އަދި ވެންޓިލޭޓަރު މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެފަހަރަށް ތަހްގީގު ކުރުމަށް ފަހު ފޮނުވުމުން ވެސް އެ މައްސަލައިގައި ދައުވާކޮށްފައި ނުވާތީ ޕީޖީ އަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

ޝަމީމް އޭނާގެ ސިލްސިލާ ބްލޮގުގައި މިއަދު އާއްމު ކުރެއްވި ލިޔުމެއްގައި ވާގޮތުން ޕްރޮސިކިއުޓަރަކަށް ޢުންޞުރާ ނުލައި ކޯޓުގައި ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދިޢުންޞުރާ ނުލައި ދަޢުވާ ކުރުމުން ދެ ނަތީޖާއެއް ނުނިކުންނާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

"ޢުންޞުރު ހަމަނުވަނީސް ދަޢުވާއެއް ކުރުމަކީ، އެދަޢުވާ ލިބޭ މީހަކަށް ކޮށްދެވޭ ހެޔޮކަމެކެވެ. އެއީ، ކުށެއް ސާބިތެއް ނުވާނެއެވެ. އޭގެ ފަހުން، ހެކި ލިބުނަސް، ޢުންޞުރު ފެނުނަސް، ފަހުން ދަޢުވާއެއްވެސް ނުކުރެވޭނެއެވެ."ޕީޖީ ވިދާޅުވިއެވެ.

މީގެ އިތުރުން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް މީހަކު ވެއްދުމަކީ ވަރަށް ޒިންމާދާރުކަމާއި އެކު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީޖީ އިން ވެންޓިލޭޓަރ މައްސަލައިގައި ދައުވާ ނުކުރުމުން އަމާޒުވި ފާޑުކިޔުންތަކަށް ފަހު އޭސީސީގެ ރައީސް ޝިއުނާ އާއި ޕީޖީ ޝަމީމްގެ އިތުބާރުނެތް ކަމަށް މަޖިލީހުން ފާސްކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ރޭ ވަނީ ވިދާޅުވި ކަމަސް ބުނާ ވާހަކަތަކެއް ވެސް ފެންމަތިވިއެވެ.

އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ޕީޖީ ޝަމީމާއި އޭސީސީގެ ރައީސް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވުމުން، އެކަމަށް ބައެއް މެމްބަރުން ތާއީދުކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނަޝީދު

    ކަލޯ ހޭބައްޔާ ރައީސް ޔާމިން އަށް ދައުވާ ކުރިއިރު ތި ހުރިހާ ކަމެއް ބަލަން ނުޖޭހޭތަ ވެންޓިލޭޓަރގެ ހިޔާނާތުގެ ފައިސާ ކަލޭވެސް ނެގި އެކަމުގައި ބައިވެރިވެހުރެ ކޮން ދައުވާއެއް ކުރެވޭނިިިި ....

    26
    2
    • ހާމިދު

      ޔާމީނައް ދައުވާކުރީ އުންސުރުގެ ބަދަލުގައި ފަންސުރާއި ގަލަމާއި ރަބަރު ފެންގިންތޭ..

      2
      1
  2. ކޮވިޑް

    ޢުންޞުރު ފެންނަން ދެން ރިހާކުރު ފުޅި އެކޭ ކިޔާ ތަޙުޤީޤް ކުރަން ވީނު. ބަލަ ރައީސް ޔާމީނަށް ވެސް ހެދީ އެހެންނެއް ނޫންތޯ؟ދައުވާ އަކާ ހުކުމަކާ ދިމާ ނުވޭނޫންތޯ؟ ދެން މިއަދު މޮޅު ވާހަކަ ތި ދައްކަނީ. އަނިޔާ ދޭން ބޭނުން މީހުނަށް ޢުންޞުރު ނުފެނި ފަންސުރު ފެނުނަސް ޝަމީމު ތިދަނީ ދައުވާ ކުރަމުން ނޫންތޯ؟

    28
    1
  3. ކެޔޮޅު

    ކަލެޔަށް އުންސުރާ ފަންސުރު ފެނުނިއްޔާ އެނގޭނެބާ ބޯހަލާކު މިއީވެސް ޕީޖީގެ ވައްތަރެއްވިއްޔަ.

    25
    1
  4. ހުސޭނުބޭ

    އުންސަރުތައް ވީ ކަލޭގެ އެކައުންޓުގައި. އެޔެއް ދެން އެހެން މީހަކަށް ނުފެންނާނެ ދޯ!

    22
    1
  5. ޒާ

    ގާނޫނުގެ މާއްދާއާ ހިލާފަށް ލާރިދިންކަމަށް އެއްބަސްވީމަ ދެން ކޮން އިތުރު އުންސުރެއް ތިހޯދަނީ؟ އުންސުރު ކިޔާމީހެއްތަ؟
    ވަންކަން އެބައޮތް ފެންނަން. ނިޔަތް އޮތްކަން މަޖްލިހުގައި ދެއްކިވާހަކަ ތަކުން އެނގޭ. ދެން އެކްޓަސް ރިއަސްއާ މެެންސްރިއާ ނުވަތަ ކުށުގެ އުންސުރު ނުވަތަ ރުކުންތައް އެއޮތީ ފެންނަންނު. އެހެން ނޫނަސް ކޯޓުގެ ކަމެއް ޘާބިތުވާކަން ނުވަތަ ނުވާކަން ކަނޑައެޅުމަކީ. ޕީޖީގެ މަސްއޫލިޔަތަކީ. އެކަށީގެންވާ ހެކިހުރިނަމަ ދައުވާކުރުން. ބަހަނާ ދައްކަނީ. ނާޖާއިޒު މަންފާ ލިބިފަ އޮތުމުން ނުވަތަ ޕީޖީ ކަމުގެ މަގާމުގެ ފެންވަރާ ލިޔާގަތާ ގާބިލިއްޔަތު ނެތުމުން.

    8
    1
  6. އަހުމަދު

    ކަލޭ އަންނި ބުނިހާ ގޮތަކަށް ޔާމީނާ ދޭތެރޭގައި ކަންކުރަމުން ދިޔައީ. މިއަދު ކަލޭ ފަހަތުން އަންނި އެދުވަނީ. ބޭއިންސާފުން ކަންތައް ހިންގަންޏާ އެމީހަކާ އިންސާފުއަރާ ހަމަކުރާނެ. މިއަދު މިއޮތީ އެދުވަސްއައިސްފާ. ކަލޭގެ މަސައްކަތަކަށްވީ ސަރުކާރު ބުނާހާ ގޮތަކަށް އިދިކޮޅު ލީޑަރުންގެ މައްޗަށް ދައުވާކޮށް އިންޑިއާގެ އެޖެންޑާ ކުރިއެރުވުން. މިހާރު ފައިދޮށުން ބިންގަނޑު ފަޅައިގެން އެދިޔައީ. ކަލޭވާނީ މިހާތަނަށް އައި އެންމެ ބޭއިންސާފު ރައްޔިތުން ނުރުހޭ އަދި ކީއްތަ ޕާޓީ މީހުންވެސް ނުރުހޭ ނަފުރަތުކުރާ ޕީޖީއަށް. ދެންވެސް އުންސުރު ހަމަކުރަން ނުހުރެ އިސްތިއުފާދީފައި ފަތަން ދޭ

    10
    1
  7. ކެންބޮނޑި

    ހައްހައް... މުންޓްސޫރި އޭ އެކޯޗެއް.. މުންސިރެއް ފަންސުރެއް ވަކިވޭތަ ކަލެއަށް...ކަލޭ ދޭ ރީނދޫ ދިދަ ހިފައިގެން ދުވަން.

    10
    1
  8. ައަހުމަދު

    މިކަހަލަ ތާކުންތާކު ނުޖެހޭމީހުން ޕީޖީ އަށް ލީމަ ވާނެގޮތްމިވަނީ ، ކިތަށް މައްސަލަ މީނަ މިގޮތަށް ދައުވާނުކޮށް ދޫކޮށްފައިވޭބާ؟

  9. Anonymous

    އުންސުރެއް ފަންސުރެއް ކިޔާކައް ނުޖެހޭ އެބައެނގޭނޫންތޯ ވެންޓިލާޓަރ ތަކެއްގެ މަސް އަލައެއް އަބައުޅޭނޫންތޯ ދައުލަތުގެ ރައްޔިތުންގެ ފައިސާ ޙަރަދުކުރިކަން

    7
    1
  10. އެދުރުބޭ

    ދައުލަތުގެ ފައިސާ ވަންތަނެއް ނޭގުމަކީ އެ ބަލަހައްޓަން ތިބި ބަޔަކަށް ދަޢުވާ ކުރެވޭނެ ކަމެއް. ކޮން އުންސުރެކޭ ފަންސުރެކޭ ކިޔާކަށް

    13
  11. ސޮނީ

    ޔާމީން ފައިސާއާއި ހެދި ހޭބަލިވެފަހުރިވަރުން ހެދުނު ނުހެދުނު އެއްޗެއްވެސް ނޭގުނު. އެތިކޮޅެއް އެކައުންޓަށްވެސްލީ

    1
    3
  12. ރުންކުރު

    އުންސުރު ނުފެނިގެން ތިއުޅެނީ ކޮންތާކައް އެސޮރު ދިޔައީ ކަލެޔައް ބެލެންޖެހޭނެ ދިޔަތަނެއް ޒިންމާއަދާނުކުރެވޭތަން ތިފެންނަނީ ދެން ރަނގަޅުވާނީ އަވަހައް އިސްތިއުފާދިނިއްޔާ

  13. ސޯލިހުބޭ

    މީނާއެއްނޫންތަ ބުނީ އަދީބަށް 700އަހަރުގެ ޖަލުހުކުމް އަންނާނޭ.

  14. ޢަހު

    ފަސްކުޅަނދުން 2ކުޅަދު މަދުމީހަކު ޕޖ އަކަށް ލީމަ މިހެންނޭ ވާނީ ކުޅަނދު ހަމަ މީހަކު ޕީޖީ އެދައްކާކަހަލަ ވާހަކައެއްނުދައްކާނެ

  15. ޙައިލަމް

    ކަނޑަ އެޅިގެން ބޮޑު ދޮގެއް. އުންޞުރު ނުފެންނަ ކިތައް މައްސަލަ ވެއްދީ. ޒިންމާދާރެއްނުވިތާ.
    އޭގެ ނަތީޖާ މިއަދު ތި ފެންނަނީ. ﷲ ގެ އަޅަކަށް ދެރައެއްދީފައި ސަލާމަތެއްނުވާނެ ކަން މި ފެންނަނީ. ޢިސްތިއުފާދިނުން އައުލާކަން ބޮޑީ ވަކި ކުރުމަށްވުރެ. ޥަކި ކުރީމާ ރެކޯޑް ހަޑިވާނެ.

  16. ސަތަރި

    އުންސުރު ނުފެންނަނީސް ދަޢުވާކޮށްގެން ނުވަނީ މިމައްސަލައެކަނިދޯ އުންސުރު ފެނިފައިހުރި ކޭސްތައްކޮބާ؟ އެ ވަޅޫޖަހައިފި

  17. ރެކިދިޔެ

    މިހާރު އުންސުރު ފެނިއްޖެ.ދެންމެ ބަލާލި އިރު އެބައޮތް އުންސުރު ފަންސުރެއްހެން.ދެން ދައުވާ ކުރަންވީނުން. ބޯ ހަލާކު.

    2
    1
  18. އަހުމަދު

    ރައްޔިތުންނަށް އިތުބާރު ކުރަން ދަތިވާފަދަ ކަންތައް ތަކެއް މި ޕީޖީގެ ކިބައިން އެބަ ފެނޭ.
    އެމް ޑީ އެން ގެ މެންބަރަކަށްވުން
    އެމްޑީއެންގެ ރައީސްކަން ކޮށްފައިވުން
    އެމްޑީއެންގެ އެއްވެސް މައްސަލައެއް ސަރިއްޔަތަށް ހުށައަޅާފައި ނުވުން.
    އަދީބުގެ ވަކީލެއްގެ ގޮތުގައި އުޅުން
    އަދީބަށް 700 އަހަރުގެ ޖަލުހުކުމް ސާބިތު ކުރެވޭވަރުގެ ހެކި ލިބިިފައި ވާކަމަށްބުނެފާމެ ކުރިން ކޮށްފައިިވާާ ހުކުމްތައްވެސް ލުއިކުރުން.
    އަދީބުއާއެކު ޑީލުހެދުން
    މިހާރުގެ މައްސަލަ