ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ރިޔާސީ އިންތިޚާބަށް ވާދަކުރައްވަން ޝަރުތު ހަމަވެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ކޯޅުން ބޮޑުވެފައިވާ ދަނޑިވަޅުގައި ޤާސިމް ނެރުނު ބާޔާނެއްގައި ވިދާޅުވީ، "އެމްޑީޕީއިން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ކަނޑައަޅާފައިވަނީ މިއަދުގެ ޙާލަތަށް ބަލާއިރު ޝަރުތު ހަމަވާ ބޭފުޅެއް ނޫންކަން ހިތާމައާއެކު ފާހަގަ ކުރާ"، ކަމަށެވެ.

އަދި ރައީސް ނަޝީދުއާއި އެމްޑީޕީއިން ބައެއް ކަންތައް ނިންމަމުންދަނީ މަޝްވަރާ ނުކޮށް ކަމަށް ވިދާޅުވެފައިވެއެވެ. ޤާސިމް ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ރައީސް ކަމުގެ މަޤާމް އެމްޑީޕީ ނޫން އެހެން ބަޔަކަށް ޙައްޤު ކަމަށް އެޕާޓީއިން ޤަބޫލު ނުކުރާ ކަމަށެވެ.

"އަދި އަޅުގަނޑު އާދޭހާއެކު މިބަޔާންކުރާ، އެއްވެސް މައްސަލައެއް ނެތް ސާފު ކެންޑިޑޭޓަކު ދައްކަން ހުށަހަޅާ ވާހަކަ ވެސް ޤަބޫލު ކުރައްވާތަން ނުފެނެއެވެ." އެމްޑީޕީއަށް ފާޑުވިދާޅުވަމުން ޤާސިމް ވިދާޅުވެފައިވެއެވެ.

އިއްތިޙާދުގެ ކޯލިޝަން ބައިވެރިންނަށް، އެމަނިކުފާނާއި ޖުމްހުރީ ޕާޓީއާށް ޤަބޫލު ކުރެވޭ ގޮތާއި ޝުޢޫރުތައް ޙިއްސާ ކޮށްލަން ކަމަށްވިދާޅުވެ މިރޭ ކުއްލިޔަކަށް ނެރުނު ބަޔާނުގައި އެމްޑީޕީއާއި ރައީސް ނަޝީދުގެ ގިނަ ކަންކަމަށް ގާސިމް ފާޑު ވިދާޅުފައިވެއެވެ. މިގޮތުން ބޭރުގެ ބައެއްގެ އެހީގައި ވެރިކަން ބަދަލު ކުރުމުގެ ވާހަކައާއި ދެ ސަރުކާރެއް އެކުލަވާލުމުގެ ވާހަކަ ރައީސް ނަޝީދު ދައްކަވާފައިވާތީ، އެކަމަށް ރައްދުދެއްވަވާ ވިދާޅުވެފައިވަނީ މިފަދަ ވާހަކަތައް ދެއްކެވުމުން މުޅި ކޯލިޝަން ނަންވާނެ ކަމަށާއި ނަމަވެސް މިފަދަ ކަންކަމަކީ ޖުމްހުރީ ޕާޓީގެ ވިސްނުމާއި ފިކުރުގައި ނެތް އަދި މަޝްވަރާއަށް ދާނެ ކަންކަންވެސް ނޫން ކަމަށެވެ.

ޤާސިމްވަނީ ރިޔާސީ އިންތިޚާބަށް "ސާފު ޕެއަރ" އެއް ނެރުމަށް ކޯލިޝަނަށް ގޮވާލާފައެވެ. އަދި ޖޭޕީއިން ދެވެން އޮތް ދުލެއް ދޭން ފަސްނުޖެހޭނެ ކަމަށާއި މިވެރިކަން ބަދަލު ކުރުމަށް ކުރެވެން އޮތްހާ ކަމެއް ކުރައްވާނެ ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހުސޭނުބެ

    ތީނައާއި އެކު ބައިޢަތު ހިފީ ތިމުޞީބާތް ޖެހޭނެކަމަށް ނޭނގި ދޯ.

  2. ޙާޖީ

    ތިފެންނަނީ ޖެނެރަލް އަދުރޭމެން ބުނިތަން ، ހުރިހާވެސް މައްސަލައަކީ އަންނިގެ ބޯހަރުކަމާއި އަމިއްލައެދުން ބޮޑުކަން

  3. ޝިދަާތާ

    ބަލަ އެނަ ގެ ގޮތް ކަލެޔަށް ނޭގޭތަ 2008 ހޮވައި ދިނީމަވެސް ކަލެޔަށް ބޮނޑިދިނީ ހަމަ ކެނެރީގެ ސޮނިފޯލި

  4. ޑީޑީ

    ތީވާވު ގާސިމް ބޮޑު ދެއްފުކެހުރު

  5. މަލާމެލި

    ޔާމީނަށް ރައީސް ކަން ލިބުނީމާ ނަޝީދަށް އިދިކޮޅު ލީޑަރ ކަން ލިބޭނެ. އެހެން މީހަކު އުޅެގެން ވެރިކަން ލިބުނީމާ ނަޝީދަކީ މީހެއްނޫން. ލޮލް

  6. މާމިގިލީ މީހާ

    ގާސިމް އަކީ އެއްވެސް ކަމަކަށް ކުފޫ ހަމަވާ މީހެއް ނޫން..

  7. ބާބަ

    ބަލަގަ ކަލެއެއްނުން ބުނީ ދުވަހަކުވެސް ކެނެރީގޭ ނަސީދަކާ ނުގުޅޭނަމޭ އެހެންބުނިތާ މާކަގިނަ ދުވަހެއްނުވޭ ނަސީދުއާ ގުޅުންއިރަކު ގާސިމޫ ކަލޭވެސްތީ ހަމަ އަނގަ ފދއ ކަލޭމެން އެންމެންވެސް ތިތިބީ އަމިއްލަ އެދުމުން ފޯވެފަ ކަލޭމެން ތިއުޅެނީކީ އެއްގޮތަކައްވެސް ގައުމައްށާ ރައްޔިތުން ނައް ހެވެއްއެދިގެނެއް ނޫން

  8. ކެނެރީ ސޮނި މުގާބޭ

    ދެން އަތްޖަހާ... ހާހާ ހާ ދެން ބާރަށް އަތްޖަހާ... ހޫން ހޫނ ދެން ބާރަށް އަތްޖަހާ... ލާލާލާ ދެން ބާރަށް އަތްޖަހާ...

  9. ޗިއްލޫ

    ނަޝީދަކީ ހަމަހަގީގަތުގަވެސް މުޅިމިދުނިޔެ ނުދެކޭވަރުގެ ކަނޑުކޮހެއް!

  10. ާައަލީ

    މުޅި މިރާއްޖޭގެ ހަލާކަކީ ގާސިމް މީނަގެސަބަބުން ހުރިހާ ކަމެއް ދިމާވެގެން މިއުޅެނީ.

  11. ޕޮފުބާ

    ކެނެރީގޭ ސޮނިފޯލި ގައުމު ހަލާކުކޮއްފި

  12. ދިވެއްސެއް

    ނަޝީދު ކިއި އަބަދު މައުމޫނޭ ހުރީ 30އަހަރުވެސް، ވެރިކަމާ ހެދި ބޫތު ކައިފަޔޭ، މިހާރު ކާކުބައި، ހަމަ ހުސް މައުމޫނު. އެއްފަހަރު ފުރުސަތު ދެވިއްޖެ ދޯ. ފެއިލް ވީ. ސޯ ބޭބޭ ޔޫ މަޑުކޮށްލާފަ އެހެން މީހަކަށް ޕާޓީން ފުރުސަތު ދޭން ފެނޭ. ރަނގަޅު މީހުން އެބަ ތިބި. ޤާސިމް ބުންޏަކަސް އެއީ ތެދެއް. ނަޝީދު ތަސައްވަރު ނުފުދޭ.

  13. މަވެސް ޖޭޕީ

    ގާސިމަކީ މިގައުމައް ޖެހިފަހުރި މުސީބާތެއް

  14. ޙިސާނު

    ކޮބާ ހީވޭ ގާސިމް ވެސް އެއީ ސަރުތު ހަމަވާ
    މީހެއް ނޫން.

  15. ބޭބެ

    ތިތާ ނެތޭ މިރާއްޖޭގެ ގާނޫނު ބުނާގޮތުން ޝަރުޠު ހަމަވާ އެކަކުވެސް އިބޫ ފިޔަވާ!! ނަޝީދު ، ގާސިމް ، އިމްރާން ، ކާނަލް ނާޒިމް މިތާކު ނެތެއްނު ޙުކުމެއް ނެތް އެކަކުވެސް!! ދެން ހުރީ ގާނޫނު ބުނާ އުމުރު ހަމުނުވާ ބޭފުޅެއް!! އެއީ މައުމޫނު!! ކަލޭމެން އިބޫލައިގެން ތިޖަހާ ސަކަރާތެއް ޖަހާ ބަލަ!! ނެތް އިތުރުގޮތެއް!! ދެންތިބި މީހުން ތިބެންވީ ދުރުގަ ކުޅިބަލަން!! ނެތް ވެރިކަމާ ހަމަޔަށް އާދެވޭކަށް!!

  16. އަސްމާ ބޮޑޭ

    ތަޅާ ފޮޅާ ސާބަހޭ އެއް ކެނޑިޑޭޓް ތިއޮތީ ނެރެވިފަ ގާސިމަކީވެސް ޝަރުތު ހަމަވާ މީހެއްތަ ކިހާދެރަކަމެއް ބާރަށް އަތްޖަހާ 4 ވަނަ ކަށި ޖަހައިފި

  17. ސްޓޮރަޓެޖީ ރަނގަޅު

    ގާސިމް އަކީ އެއްވެސް ހާލަތެއްގާ ނަޝީދާ ގުޅެވޭނެ މީހަކށް ނުވާނެ. ގާސިމްއަކީ ހަރުކަށި ބޯދާ ދިވެއްސެ. އަނެއްހެެން ބުނާނަމަ ގާސިމް އަކީ ގަރުދިޔަ އިން ބައްޓަން ވެފާ ހުރި ރަށްފުށުގެ ވެށީގެ މަރަމޯލި އެއް. ދެފޫޓު ދުރަށް ފޮކަސް ކޮށް ލޮލުގެ ފެނުމާ ދުރު ވިސްނުން ވަރަށް ހަނި ގޮތަކަށް އުފެދިފާ ހުރި މީހެއް/ ސިޔާސީ މަންފާއަކަށް ނަޝީދު ގާސިމް ގެ ދިފާއުގާ އެއްޗެ ބުނިކަމުގާ ވިއަސް ގާސިމް ގެ އުނދަގޫ އިން ޔާމީން ގެ އެހީގާސަލާމަތް ވެފާ މިހާރު އޮތް މަރުހަލާގާ އޮތުމަކީ ނަޝީދު ވެސް ބޭނުންވާނެ ގޮތް. އަދި ނަޝީދު އަށް ވެރިކަން ނުލިބޭ ހާލަތެއްގާ ޔާމީންއަކީ އެހެންމީހަކީ ނަޝީދުއަށް ވާންޖެހެނީ އެއްވަރު. ޔާމީން ހުރެގެން ޚުދުމުމުޚްތާރު ސިފަ އޮތް ވެރި ކަމެއްގާ ނަޝީދުއަށް އިސްލާހީ ކަންތަށް ހިންގަން މާ ފަސޭހަވާނެ. އެހެންބަލާއިރު މިހާރު ވެސް ވަނީ ވަރަށް ގިނަ ކުރިއެރުންތަ ހޯދިފާ. ސްޕްރީމް ކޯޓުގާ ތިބި ނުކުޅެދޭމީހުން ބޭރު ކުރެވިއްޖޭ. ލާރިއަށް ވިކެމުން ދިޔަ މެމްބަރުން ގެ ދުވަސް ދުއްވާލެވިއްޖެ. 30 ަހަރުގެ ޖައްބާރުކަން ދައްކާ އިތުރަށް ކިލަބު ކުރަން މަސައްކަތް ކުރި ހަރުކަށި މުސްކުޅި މީހާ ހުރަގެއށް ލެވިއްޖެ. ރާއްޖޭގާ އެންމެ ފަސޭހަކޮށް ކަންތަ އިސްލާހު ކުރެވޭނެ އެންމެ ރަނގަޅު ވެއްޓެ މިހާރު ވަނީ އުފަން ވެފާ.

  18. ދީދީ

    ޤާޞިމް އެވިދާޅުވީ %100 ތެދުފުޅެއް، އެވާހަކަ އެއްވެސް މީހަކަށް ދޮގެއް ނުކުރެވޭނެ، އެބުރި ސަރުކާރާއި ބައިޔަތު ހިފުމަށް ޤާސިމަށް ދަންނަވަން އެންމެ ރަގަޅު ގޮތަކީ އެގޮތް

  19. ޒިޔާ

    އަސްލު މި ގައުމް ހަލާކު ކޮއްލީ ގާސިމް. ވޯޓް ނުލާ ހުއްޓަސް ގާސިމަށް ވޯޓް ނުދޭނަށް؛ މާތްﷲ މުއްސަދިކަން ދެއްވީ ސުކުރު ނުކުރާ މީހެއް ގާސިމަކީ.

  20. ބާބޫ ނާޒް

    ގާސިމޫ ތިޔަބޭފުޅާއަށް ﷲ ދެއްވި މުއްސަނދި ކަމާއެކު ﷲ ގެ ކިބަފުޅައް ޝުކުރުވެރިވެ ނަމާދުކުރުން މަތީ ދެމިހުންނަވާށެވެ ސިޔާސީކަންކަމުން ތިޔަބޭފުޅާއަށް ލިބިލެއްވީ ކޮންލައްޒަތެއްތޯ އަދިވެސް ހޭއަރާކަށް ނުވޭތޯ!

  21. ތަރައްގި

    ގާސިމް އިބްރާހިމް އަކީ ވެރިކަމަށް ކުރިމަތިލާ ވަރު މީހެއް ނޫން. އަމިއްލަ ކުންފުނީގެ މުވައްޒަފުން ވެސް ގެން ގުޅެނީ އަޅުވެތިކޮށްގެން. މުސާރަ ނުދީ އަޅުވެތި ކޮށްގެން. ކުންފުނީގެ ހާލު ދެރަ ވާހަކަ ދައްކާނީ، އެކަމަކު ނުބައްދަލު ހަރަދުތަށް އެހާ ގިނަ. ދިވެހި ރައްޔިތުން މީނަ އަށް ވޯޓު ދޭނީ އަދަވަޅަކަށް ވެއްޓެން ކަން ހަމަ ޔަގީން.